A wide advertisement which will be shown on all devices. (700 x 100)

ސްކޫލް ދަބަސް ރަނގަޅަށް އަޅާނީ ކިހިނެތް؟

ދަބަސް އަޅާ ބެއް ނުރަނގަޅު ގޮތާއި ރަނގަޅު ގޮތް

ދިރާސީ އާހައަރު ފެށިގެން ދާއިރު ކިޔަވާކުދިންގެ ގައިގައި ރަނގަޅު އާދަތަކެއް ހުރުމަކީ އެއްގޮތަށް ވުރެ ގިނަގޮތް ގޮތުން ފާއިދާ ކުރާނެ ކަމެކެވެ. އެގޮތުން ސްކޫލް ދަބަސް އެޅުމުގައި ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

މިހާރަކަށް އައިސް ރާއްޖޭގެ ކުދިން ސްކޫލަށް ދާން މުޅިންހެން ބޭނުން ކުރަނީ ބެކްޕެކް، ނުވަތަ ފަހަތުން އަޅާ ދަބަހެވެ. ތަންކޮޅެއް ކުރީގައި އެއްފަރާތުން އަޅުވާ ދަބަސް (ސައިޑް ބޭގް) ބޭނުންކުރި ނަމަވެސް މިހާރު އެވައްތަރުގެ ދަބަސް މަދުމަދުން ފެންނަނީ ލެޕްޓޮޕް އުފުލާ ދަބެއްގެ ގޮތުގައި މެދު އުމުރުގެ މީހުން އުފުލާތަނެވެ. ލެޕްޓޮޕް އުފުލުމަށް ވެސް ޒުވާނުންގެ މެދުގައި މަގުބޫލީ ބެކްޕެކެވެ.

ޒުވާން ކުދިން ފެށަނަކަށް ހަދައިގެން ނުރަނގަޅު ގޮތުގައި ދަބަސް އެޅުން އާދައަކަށް ހަދައިގެން އުޅޭތަން ފެންނަނީ މަދެއް ކޮށްއް ނޫނެވެ. ދަބަސް އަޅަންވާ ރަނގަޅު ގޮތް ނޭގެނީ ކަމަށް ވެސް ފަހަރުގައި ވެދާނެއެވެ. މިފަދަ ނުރަނގަޅު އާދައިގެ ގެއްލުން އެމީހަކަށް ވަގުތުން ނުކުރި ކަމުގައި ވިޔަސް، ހަޔާތުގެ ފަހު ބައިގައި އެކަމުގެ އަގު އަދާކުރަން ޖެހި، އެކަން ބޮޑު ތަކުލީފަކަށް ވެސް ވެގެން ދެއެވެ. ރަނގަޅު ނޫން ގޮތުގައި ސްކޫލް ދަބަސް އުފުލުމުގެ އާދައިގެ ސަބަބުން ބުރަކަށީގައި ރިއްސުމަކީ ވަރަށް އާއްމުކަމެއް ކަމަށް އިންޑިއާގެ ޑޮކްޓަރުން ފާހަނގަ ކުރެއެވެ.

ވީމާ ރަނގަޅު ގޮތުގައި ދަބަސް އަޅާނެ ގޮތް އެނގި، އެގޮތަށް އަމަލުތައް ބައްޓަން ކުރުމަކީ ކޮންމެ ދަރިވަރަކަށް ވެސް މުހިންމު ކަމެކެވެ.

އެއްފަރާތަށް ވާގޮތަށް ދަބަސް އެޅުން (ތަސްވީރު 1) ރަނގަޅު ގޮތެއް ނޫން

ބެކް ޕެކެ ދަބަސް އެޅުމުގައި އެއްފަޅިއަކަށް އެޅުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެގޮތަށް ދަބަސް އެޅުމުން ދަބަހުގެ ބުރަދަން ބެލެންސް ކުރުމަށް މީހާގެ ހަށިގަނޑު އެއްފަޅިއަށް ތިރިކޮށް ބަހައްޓަން ޖެހެއެވެ. މިގޮތަށް އެއްފަރާތަށް އަރިއަށް ހަށިގަނޑު ބަހައްޓައިގެން އުޅެން ޖެހުމުން މީހާގެ ހަށިގަނޑު ހެދި ބޮޑުމަނުންދާނީ އެގޮތަށެވެ. ރީތިކޮށް ދެފަޅިއަށް ހަމައަށް ހުންނަ ސިމިޓްރިކަލް ހަށިގަނޑެއްގެ ސިފަ ގެއްލުމަށް މަގު ފަހިވެގެން ދެއެވެ. މިގޮތަށް ދަބަސް އަޅައިގެން ތިބޭ މީހުންނަށް ފަރުވާތެރިކަމާއެކު ބަލައިފިނަމަ މިގުދު ފާހަނގަ ކުރެވޭނެއެވެ. މިފަދަ އައިބުތައް އަމިއްލައަށް ފާހަގަ ކުރެވެނީ ވަރަށް ގިނަ ދުވަހުންނެވެ.

މާ ދޫކޮށް ދަބަސް އެޅުން (ތަސްވީރު 3) ރަނގަޅު ގޮތެއް ނޫން

މާބޮޑަށް ދޫކޮށް ދަބަސް އެޅުމުން ދަބަހުގެ ބަރުދަން ހިފަހައްޓަން ޖެހެނީ ކޮނޑުގެ ބާރުގައި އެކަންޏެވެ. އަދި ދަބަސް ގަޔާއި ވަކި އެއްޗެއްގެ ގޮތުގައި އެލުވިފައި އޮތުމުން ކޮނޑަށާއި ހަށިގަނޑުގެ ތިރީ ބަޔަށް ކުރާ ބާރު ބޮޑުވެގެންދެއެވެ. ފަހަތަށް ވަކިން އެލިފައިވާ ދަބަހުގެ ބަރުދަން ހިފެހެއްޓުމަށް (ބެލެންސް ކުރުމަށް) ހަށިގަނޑުގެ މަތީބައިން ކުރިއަށް ގުދުކޮށް ލެވެއެވެ. މިހެން ވުމުގެ ސަބަބުން މީހާގެ ހަށިގަނޑު ސީދަލަށް ހުރުމުގެ ބަދަލުގައި ހަށިގަނޑުގެ މަތީބައިން މައިބަދަ ކުރިމައްޗަށް ގުދުވެގެން ދެއެވެ. މިއީ ވެސް ދަބަސް އެޅުމުގައި ހަށިގަނޑަށް ގެއްލުން ހުރި ގޮތެކެވެ.

ދަބަސް އަޅާނެ ރަނގަޅު ގޮތް (ތަސްވީރު 2)

ސްކޫލް ދަބަސް (ބެކް ޕެކް) އަޅަން ރަނގަޅު ގޮތަކީ ހަށިގަނޑުގެ ފަހަތުން މެދަށް ވާގޮތަށެވެ. ހަށިގަނޑުގައި ދަބަސް ރަނގަޅަށް ޖެހިފައި އޮންނަ ގޮތަށް، ވާފަށްތަކަށް ބާރުކޮށެވެ. މިގޮތަށް ދަބަސް އެޅުމުން ދަބަހުގެ ބަރުދަން ހަށިގަނޑަށް ބެލެންސްވެ އެއިގެ ބުރަދަން ލުއިކަމުގައި ވެސް އިހުސާސު ކުރެވޭނެއެވެ. ދަބަހުގެ ދެފަރާތުގެ ކޮނޑުގައިވާ ވާފަށުގެ ތިރީގައި ހަރުކޮށްފައި ހުންނަ ފަށް ހިމާއި ނުވަތަ މޭމައްޗާ ހިސާބުން ކުރިމަށްޗަށް (ބަކަލް) އަޅުވާލުމުން، ދަބަހުން ކޮޑަށް އުފުލަން ޖެހޭ ބުރަދަނުން ބައެއް ހިމުން (އުނަގަނޑުން) ނުވަތަ ހަށީގަނޑުގެ މަތީބައިން އުފުލާނެއެވެ. (ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !