A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އެއާޕޯޓާއި މެދު ވިޔަފާރީގެ ނަޒަރަކުން ނުވިސްނަމާތޯ؟

ފުވައްމުލަކު އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ފްލައިޓެއް ޖެއްސި ތާރީޙީ ވަގުތުކޮޅު

ފުވައްމުލަކު ރައްޔިތުން މިފަހުގެ ތާރީހުގައި އެންމެ އުފާވި ދުވަހަކީ،ފުވައްމުލަކުގައި އެއާޕޯޓެއް، ހެދި ފުރަތަމަ ފަހަރަށް ފްލައިޓެއް ޖެއްސި ދުވަހެވެ.! އެެދުވަހު ފުވައްމުލަކު ކުދިބޮޑު އެތަކެއް ރައްޔިތުން އުފަލުން ގޮސް ރޮވުނެވެ.

އެދުވަހު ދަތުރުފަތުރު ކުރުމުގައި ފުވައްމުލަކުގެ 12000 ވުރެ ގިނަ ރައްޔިތުން އުފަލަމުންދިޔަ ވެނާއި އުދަގޫތަކުން މިންޖުވީކަން އެ ރައްޔިތުންނަށް ކަށަވަރުވިއެވެ.

އޭރުގެ އެމްޑީޕީގެ ސަރުކާރުން ބުނަމުން ގެންދިޔައީ ފުވައްމުލަކު އެއާޕޯޓް ވިޔަފާރީގެ ގޮތުން، ހިސާބު ނުޖެހުމަށާއި ފުވައްމުލަކު އެއާޕޯޓް ގުޅިފައިވަނީ ފުވައްމުލަކު ރައްޔިތުންގެ ހިތްތަކާއި ކަމަށެވެ.

ވިޔަފާރީގެ ގޮތުން ބަލައިފިނަމަ، ފުވައްމުލަކު އެއާޕޯޓުން ފައިދާއެއް ވާނެކަމަކަށް ނުދެއްނެވޭނެއެވެ. އެހެންނަމަވެސް، ފުވައްމުލަކު ރައްޔިތުން، ދަތުރުފަތުރު ކުރުމުގައި އުފަލަމުންދިޔަ ވޭނާއި އުދަގޫތަކަށް ބަލާފައި ފުވައްމުލަކުގައި އެއާޕޯޓެއް ހެދުމަކީ ސަރުކާރުން ނުކޮއް ދޫކޮއްލެވޭ ވަރުގެ ކަމެއް ނޫނެވެ.

ފުވައްމުލަކު އެއާޕޯޓް ހިންގަމުން އަންނަ އެސްޓިއޯއިން ފުވައްމުލަކު އެއާޕޯޓް ހިންގަމުން އަންނީ ގެއްލުމުގައި ކަމަށާއި،ވިޔަފާރީގެ ނަޒަރަކުން ބަލާނަމަ އެކަމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ރައިސް ޔަމީން ވަނީ ވިދާޅުވެފައެވެ.

“މިފަދަ ކަންކަމަކީ (ފުވައްމުލަކު އެއާޕޯޓަކީ) ވިޔަފާރީގެ ނަޒަރަކުން ވިސްނާއިރު ކުރެވިގެންވާނެ ކަމެއް ނޫން” ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި،އުދަގޫތަކުން، ރައްޔިތުން ސަލާމްތްކޮއް،އެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދއިދިނުމެވެ.އަދި މިފަދަ ކަންކަމުގައި ވިޔަފަރީގެ ނަޒަރަކުން ވިސްނައި ފައިދާއެއް ނުވާކަމެއް ކަމުގައި ވަނީނަމަ އެކަމަކީ ކޮއްގެންވާނެ ކަމެއްނޫން ކަމަށް ސަރުކާރުން ވިސްނުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ދެކެމެވެ.

ފުވައްމުލަކު އެއާޕޯޓުން އެސްޓިއޯއަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، އޭރުގެ ސަރުކާރުންވަނީ ރިސޯޓް ތަރައްޤީ ކުރުމަށް 2 ރަށެއް ދިނުމަށް ނިންމާފައިއެވެ.

މިދެންނެވި 2 ރަށް، ރިސޯޓުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށްފަހު، އެއާޕޯޓުން ލިބޭ ގެއްލުން ފޫބެއްދި، ވިޔަފާރީގެ ގޮތުން ބަލާނަމަވެސް ފުވައްމުލަކު އެއާޕޯޓަކީ ރަނގަޅު އިންވެސްޓްމެންޓަކަށް ވެގެންދާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވަނީ، އޭރު ވިދާޅުވެފައެވެ.

ކޮންމެ އަކަސް، ފުވައްމުލަކު އެއާޕޯޓުން، އެސްޓިއޯއަށް އެއްވެސް ފައިދާއެއް ނުވާތީވެ،އެސްޓިއޯއަށް ލިބެމުންދާ ގެއްލުމުގެ ބަދަލުދީފައި،އެއާޕޯޓު ސަރުކާރަށް ނެގުމަށް އިޤްތިސޯދީ މާހިރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މިއަދުގެ ރައީސް ޔަމީން ވަނީ، ނިންމަވާފައެވެ.

މިކަމުގައި އަޅުގަޑުމެން، ފުވައްމުލަކު ރައްޔިތުންގެ އެއްވެސް ޝަކުވާއެއް ނެތެވެ.! އެއާޕޯޓުގެ އޮޕަރޭޝަންތަށް ހުއްޓުމެއްނެތި ކުރިޔަށް ދާނަމަ ރައްޔިތުންނަށް އެ ނިމުނީއެވެ. ނަމަވެސް މިއަދު ފުވައްމުލަކު ރައްޔިތުންގެ ކަންބޮޑުވުމަކީ، އެއާޕޯޓުން ވިޔަފާރީގެ ގޮތުން ފައިދާ ނުވާކަމަށް ބުނެ، އެއާޕޯޓުގެ އޮޕރޭޝަން ހުއްޓުމަކަށް އައިސް ކުރިން، ދަތުރުފަތުރު ކުރުމުގައި އުފަލަމުންދިޔަ ވެނާއި އުދަގޫތަށް އިޔާދަ ވެދާނެތީއެވެ.! އުއްމީދަކީ އެގޮތަށް ކަންތައް ނުވުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !