A wide advertisement which will be shown on all devices. (700 x 100)

ޑިމޮކްރަސީ އަކީ ވޯޓް ލުމަށްވުރެ ބޮޑަށް ވޯޓު ގުނުން: އީ-ވޯޓަކީ ކޮބާ؟

އިލެކްޓްރޯނިކްކޮށް ވޯޓުލުމުގެ 4 ގޮތެއް. ޑިމޮކްރެސީގައި ވޯޓަކީ އިތުބާރާ ޔަގީންކަމާއެކު ނިމިގެންދާ މަރުހަލާތަކަކަށް ވާންޖެހޭ.

ދިވެހި ޑިމޮކްރަސީގެ ކުރިއަށް ހުރި އިންތިޚާބުތަކުގައި އީވޯޓު ލުން ކުރިޔަށް ގެންދަން ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވުމާއެކު އީވޯޓުލުމާއި ގުޅޭ ގޮތުން ކިއުންތެރިންނަށް މައުލޫމަތުކޮޅެއް ގެނެސް ދިނުމަށް މަސައްކަތް ފަށަމެވެ.

އެންމެ ފުރަތަމަ އީ-ވޯޓިން އަކީ ކޮބައިހެއްޔެވެ؟

އީ-ވޯޓިން ނުވަތަ އިލެކްޓްރޯނިކް ވޯޓިން އަކީ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ވޯޓު ލުމެވެ. ނުވަތަ ވޯޓު ގުނުމެވެ. ކޮމްޕިއުޓަރުން ނުވަތަ ވޯޓުލުމަށް ޚާއްސަ ކުރެވިފައިވާ ކިއޮސްކުން (މެޝިނުން) ވެސް އިލެކްޓްރޯނިކް ވޯޓް ލެވިދާނެއެވެ. އީވޯޓްލުމަށް ޕަންޗު ކާޑް ވެސް ބޭނުން ކުރެވިދާނެއެވެ. ޓަޗް ސްކްރީނެއް ނުވަތަ އޮޕްޓިކަލް ސްކޭނާއަކުން ވެސް އީވޯޓް ލެވިދާނެއެވެ. މީގެ އިތުރުން މޯބައިލް ފޯނުން ވޯޓިން އެޕްލިކެޝަނެއް މެދުވެރިކޮށްގެންނާއި އެސްއެމްއެސް އަކުން ވެސް އީވޯޓު ލެވިދާނެއެވެ.

ފުޅާކޮށް ވިސްނާލާއިރު އީވޯޓު ލުމަކީ ވޯޓުލުމުގައި ހިމެނޭ މައިގަނޑު 3 މަރުޙާލާ ކަމަށްވާ ވޯޓްލާ މީހުންގެ ރެޖިސްޓްރީ ބެލެހެއްޓުމާއި ވޯޓުލުމާއި ވޯޓުގުނުމުގެ މަރުހަލާތަކުގައި އިލެކްޓްރޯނިކް ވަސީލަތް ބޭނުންކުރުމަށް އީވޯޓުލުމެވެ. ނަމަވެސް ހަނިކޮށް މާނަކުރާނަމަ އެއީ ހަމައަކަނި އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ވޯޓު ލުމެވެ.

އިންޓަރނެޓް ވޯޓިން/ އައި-ވޯޓިން

އޮންލައިން ވޯޓިން ނުވަތަ އިންޓަރނެޓް ވޯޓިން އަކީ އިންޓަރނެޓް މެދުވެރިކޮށް ވޯޓުލުމެވެ. ވޯޓުލާ މަރުކަޒަށް ނުގޮސް އިނޓަރނެޓްން ވޯޓުލުމަށް ރިމޯޓް ވޯޓިން ނުވަތަ އައި-ވޯޓިން އޭ ބުނެވެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މިގޮތަށް ވޯޓު ލެވިދާނެއެވެ. މިގޮތަށް ވޯޓުލާ މާހައުލަކީ ހުޅުވާލެވިފައިވާ މާހައުލެކެވެ. މިގޮތަށް މިހާރު ވޯޓުލާ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ސްވިޒަރލޭންޑާއި ނޯވޭގެ އިތުރުން އެސްޓޯނިއާ ހިމެނެއެވެ.

ވޯޓިން ކިއޮސްކް

ވަކި ޚާއްސަ މެޝިނަކުން ( އޭޓީއެމް ކަހަލަ) ވޯޓުލުމެވެ. މިގޮތަށް ވެސް ވޯޓުލާތަނަކީ ހުޅުވާލެވިފައިވާ ތަނކަށް ވާންޖެހެއެވެ. އެގޮތުްނ އާއްމު ތަންނަތުގައި ބޮޑެތި ޝޮޕިން މޯލްތަކުގައި މިފަދަ ކިއޮސްކްތައް އާއްމުން ވޯޓުލުމަށް ބެހެއްޓެއެވެ. އަދި ސިފައިންގެ މަރުކަޒުތަކާއި ނުވަތ އާމީބޭސްތަކުގައި ވެސް މިފަދަ ކިއޮސްކްތައް ބެހެއްޓެއެވެ.

އިލެކްޓްރޯނިކް ވޯޓިން މެޝިން

މިއީ ވޯޓްލާ މަރުކަޒުތަކުގައި ބެހެއްޓޭ ކޮމްޕއިޓރެއް މެދުވެރިކޮށް ވޯޓުލުމެވެ. ޓްޗް ސްކްރީނައެގައި އަތްޖައްސައިގެން ނުވަތަ ކީބޯޑުން ވޯޓުލެވއެވެ. ވޯޓުލުމުން ވޯޓުލީކަމުގެ ރަސީދެއް މެޝިނުން ދެއެވެ. މިފަދަ މިފަދަ މެޝިންތަކުން އެމެރިކާ ބްރެޒިލް އަދި އިންޑިއާގައި ވެސް ވޯޓުލައެވެ.

ސްކޭން މެޝިނުން ގުނުން

އޮޕްޓިކަލް ސްކޭން މެޝިންތަކުން ވޯޓު ކަރުދާސްކޮޅު ސްކޭންކޮށް ވޯޓްލާފައިވާ ގޮތް މެޝިނުން ގުނަނީއެވެ. ވޯޓުލާނީ އަސްލު ވޯޓު ކަރުދާސްކޮޅުގައެވެ. މިގޮތަސް ވޯޓުލުން އިތުރަށް ޔަގީން ކުރަން ޖެހިއްޖެނަމަ ކަރުދާސް ގުނާގޮތަށް އިންތިޒާމު ހަމަޖެހިފައި އޮވެއެވެ. މިފަަދަބައެއް މެޝިންތަކުން ވޯޓު ސްކޭން ކުރުމުން ވޯޓް ލާމީހާއަށް ވޯޓު ބަދަކުރުމަށް ނުވަތަ ޔަގީންކުރުމަށް އިތުރު ފުރުސަތެއް ދެއެވެ. މިފަދަ މެޝިްންތައް އެމެރިކާ އަދި ފިލިޕީންސްގައި ބޭނުންކުރެއެވެ.

އިލެކްޓްރޯނިކް ވޯޓް ރެޖިސްޓަރ

އިލެކްޓްރޯނިކް ވަސީލަތް ބޭނުންކޮށްގެން ޝައްކު ނުއުފެދޭ ގޮތަށް ވޯޓުލާމީހާ ރެޖިސްޓްރީ ކުރެއެވެ. މިގޮތަށް ވޯޓުލާ މީހުންގެ ލިސްޓް ހަދަނީ ގައުމުގެ ރައްޔިތުންގެ ރެޖިސްޓްރީ އާއިމެދު ޔަގީންކަން ކުޑަވެ އިތުބާރު ކުޑަ ވުމުންނެވެ. މިގޮތަށް ވޯޓްލާ މީހުން ރެޖިސްޓްރީ ކުރުމަށް މީހާގެ ބައޯމެޓްރިކް މައުލޫމާތު ނެގެއެވެ. އެގޮތުން ކާކުކަން ޔަގީންކަމާއެކު ރެޖިސްޓްރީ ކުރުމަށް އިނގިލީގެ ނިޝާނާއި ލޮލުގެ ރެޓިނާ، ފޭސް ރިކޮގްނިޝަން ފަދަ މައުލޫމާތުތައް ބޭނުން ކުރެވެއެވެ. އެފްރިކާ އަދި ބައެއް އޭޝިއާގެ ގައުމުތަކުގައި ވޯޓްލާ މީހުން މިގޮތަށް ރެޖިސްޓްރީ ކުރެވެއެވެ.

އިލެކްޓްރޯނިކް ގުނުން

އިލެކްރޯނިކް ކޮށް ވޯޓު ގުނުމަށް ބޭނުން ކުރަނީ ބާރުގަދަ ސްކޭންމެޝިންތަކެވެ. ވޯޓް ކަރުދާސްކޮޅު ސްކޭން ވެގެން ދާއިރު ވޯޓުގެ މައުލޫމާތު މެޝިނަށް ނަގައިގަނެއެވެ. މިގޮތަށް ގުނުމަށް، ގުނާނެ މަރުކަޒުތަކެއް ގާއިމުކުރެވެއެވެ. އިނގިރޭސިވިލާތުގެ ލަންޑަން އަދި ސްކޮޓްލޭންޑްގައި މިޓެކްނޮލޮޖީ ބޭނުން ކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !