A wide advertisement which will be shown on all devices. (700 x 100)

ހިސާބު ގެ މިނަމްބަރު ހެދުމަށް ބޯގާނާކަށް ނުޖެހޭނެ ދޯ؟

މިނަމްބަރު ހެދުމަށް މާކަބޮޑު، ބޯ ގޭނުމެއް ގާނާކަށް ނުޖެހޭނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟

ފޮޓޯގައިއެވާ ހިސާބު ނަމްބަރު ހެދުމަށް މާކަބޮޑު ވިސްނުމެއް، ބޯ ގޭނުމެއް ގާނާކަށް ނުޖެހޭނެ ކަމަށް ތިބާ ގަބޫލުކުރަން ހެއްޔެވެ؟ ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި 80 ގެ އަހަރު ތަކުގައި މިނަމްބަރު ރަގަޅަށް ހަދަން އެނގޭ މިންވަރާއި ގާތަށް ވެސް މިހާރުގެ ކުދިންނަށް މިނަމްބަރު ހަދަން ނެގޭ ކަން ހާމަވީ ދާދި ފަހުން ޖަޕާނުގައި ކުރެވުނު ދިރާސާއަކުންނެވެ.

ޖަޕާނުގެ ދިރާސާއިން ހާމިވިގޮތުގައި މިނަމްބަރު ހަދަން އެނގެނީ އެގައުމުގެ 20 އަހަރުގެ ކުދިންގެ ތެރެއިން %60 ކުދިންނަށެވެ. މިއީ 80 ގެ އަހަރުތަކުގައި %90 ކުދިން ރަނގަޅު ޖަވާބު ދިން ސުވާލަކަށް ވެފައި ފަހުގެ ނަތީޖާ ދެއްކި ގޮތުން ވަރަށް ބޮޑު ނުތަނަވަސް ކަމެއް މުޅި ޖަޕާނަށް ވެސް ކުރިމަތި ކުރުވިއެވެ. އަދި ވައިރަހެއް ހެން މިސުވާލު މުޅި ގައުމުގައި ފެތުރެން ފެށިއެވެ.

ތިބާއަށް މިސުވާލަށް އަންނަނީ ކޮން ޖަވާބެއް ހެއެޔެވެ؟

ގިނަބަޔަކު މިސުވާލު ހެދުމުގައި ގޯސްކޮށް ހަދާތަންތަން ވަނީ ފާހަނގަ ކުރެވިފައެވެ. މިހާރުގެ ގިނަ ދަރިވަރުން މިސުވާލު ކަލްކިއުލޭޓަރުން ނުވަތަ ގޫގުލް އިން ހަދަ އުޅެއެވެ. އެގޮތުން ފްރެކްޝަން ގެ ގޮތުގައި ހުރި (1/3) ބައި، 1+ 1/3 ÷3 – 9 މިގޮތަށް ކަލްކިއުލޭޓަރުގައި ނުވަތަ ގޫގުލްގައި ލިޔެލަނީ އެވެ. މީގެ ސަބަބުން ކަލްކިއުލޭޓަރަށް އަދި ގޫގުލް އަށް ވެސް އަސްލު ސުވާލު އޮޅިގެން ދެއެވެ.

މިނަމްބަރުގައި އެވާ ފްރެކްޝަނާއި ގެއްލާ ފާހަނގަ އެކައްޗަކަށް ވެ އޮޅިގެންދަނީ އެވެ. 1+ 3/1/3 – 9 މިގޮތަށް ސުވާލު ލިޔުމުން އަސްލު ސުވާލާއި އެއްވަރެއް ނޫނެވެ.

މިގޮތަށް ހެދުމުން ލިބޭ ޖަވާބެއް ބަލާލަމާ ހިނގާށެވެ.

1+ 3/1/3 – 9، މިގޮތަށް ލިޔުމުން އެންމެ އޮތް 3 ން 1 ގެއްލާނީއެވެ. އަދި ފުރަތަމަ 3ން 1 ގެއްލީމާ ލިބޭ 3 ދެވަނަ ފަހަރު 3 އިން ގެއްލީމާ ލިބޭނީ 1 އެވެ. ދެން މައިނަސް 1 އަދި ޕްލަސް 1 ސުމަކަށް ބަދަލުވެ ޖަވާބަކަށް ލިބެނީ 9 އެވެ. މިއީ އަދި ރަނގަޅު ގޮތެއް ނޫނެވެ.

1+ 1/3 ÷3 – 9  

1+ 3/1/3 – 9

1+ 3/3 – 9

1+ 1 – 9

9

ރަނގަޅު ޖަވާބު

އެއިގެ ބަދަލުގައި ފްރެކްޝަންގެ ބައި ވަކިކޮށްގެން ނުވަތަ ބްރެކެޓް ލައިގެން، 1+ (3/1) ÷ 3 – 9 ހެދުމުން މިމައްސަލަ ހައްލުވެގެން ދާގޮތް ބަލަމާ ހިނގާށެވެ. މިގޮތަށް ނަމްބަރު ކަލްކއިލޭޓަރުގައި ލިޔުމުން އެއަށް އަސްލު ސުވާލު ރަނގަޅަށް އެނގި ރަގަޅު ޖަވާބު ގެނެސް ދެއެވެ.

1+ (1/3)÷3–9

1+ (1/3)÷3–9

1+ (3)÷3–9

1+ 9–9

1

އެހެންގޮތަކަށް ބުނާނަމަ މިއީ ހިސާބު ހެދުމުގެ އަސާސްކަމުގައި ވާ ވަކިތަރުތީބަކުން (ބޮޑުމަސް ނުވަތަ ޕެޑްމަސް) ހެދުމުން އެއްވެސް އޮޅުމެއްނެތި ހެދޭނެ ފަސޭހަ ނަމްބަރެކެވެ.
ނަމްބަރުގައި ބްރެކެޓް ލިޔުމުން ފުރަތަމަ ސާފުކުރަން ޖެހެނީ ބްރެކެޓް ކަން ސާފުވެ ނަމްބަރު ރަނގަޅަށް ހެދުމަށް ތަރުތީބުވެގެން ދެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !