A wide advertisement which will be shown on all devices. (700 x 100)

މިއީ ކީއްކުރަން ބަހައްޓާފައި ހުރި ފުޅިތަކެއް؟

ގެއެއްގެ ފާރުމަތީގައި ފެންފުޅިތަކެއް އަތުރާލާފައި ....

މިރަށުގެ ކޮންމެ ގެއެއްގެ ފާރު މަތީގައި ކަހަލަ ގޮތަކަށް 5 ލީޓަރު ގެ ފެންފުޅިތަކެއް ސަފަކަށް ވަނީ އަތުރާލާފައި އެވެ. މި ފެންފުޅިތަށް ފެނުމުން އެންމެ ފުރަތަމަވެސް އުފެދުނު ސުވާލަކީ މީ ކީއްކުރަން ކޮން ބޭނުމެއްގައި ބަހައްޓާފައި ހުރި ފުޅިތަކެއް ތޯ؟

ބައެއް ގޭގޭގެ ފާރު މަތީގައި އަތުރާލާފައި ހުރި ފުޅިތައް ފެނުމުން ކަމުގެ ހަގީގަތް ނޭގޭ މީހަކަށް ވާނީ ބޮޑު ޖޯކަކަށެވެ. ޚުދު އަހަންނަށް ވެސް މިކަން ވީ ބޮޑު ޖޯކަކަށެވެ. އެހެންކަމުން މިކަމުގެ ބޭނުމާއި ހަގީގަތް ހޯދުމަށް މަސައްކަތް ފެށީމެވެ.

ފާރުމަތީގައި ސަފަކަށް އަތުރާލާފައިވާ ފުޅިތަކާއި ބެހޭގޮތުން މި ރަށު ބައެއް މީހުންނާއި ސުވާލު ކޮށްލީމެވެ. އެ މީހުން ބުނީ އެއީ ފުރާޅު މައްޗަށް ބުޅާ އެރުނަ ނުދޭންވެގެން ކޮއްފައިވާކަމެއް ކަމަށެވެ. “މި ގޮތަށް ފާރު މަތީގައި ފުޅި އަތުރާފައި ހުރުމުން، ބުޅަލަށް ފާރު މައްޗަށާއި ފުރާޅަށް އަރަން އުދަގޫވާނެ ” ރަށުގެ މީހަކު ކިޔައިދިނެވެ.

ބުޅަލުގެ އުދަގުލުން ސަލާމަތްވުމަށް އަމިއްލައަށް އީޖާދު  ކުރި މި ވަސީލަތަކީ ވަރަށް ކާމިޔާބު ވަސީލަތެއް ކަމަށް މި ރަށުގެ މީހުން ބުނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !