A wide advertisement which will be shown on all devices. (700 x 100)

ތަރައްޤީގެ މަގުގައި ފުވައްމުލައް “ގޫގުލް ސްޕީޑް” ގައި ނުދަނީ ކީއްވެ؟

ފުވައްމުލަކުގެ މަގުތަކުގެ ހާލަތު ދެއްކުމަށް ސޯޝަލް މީޑިއާގައި ދައުރާ ފޮޓޯއެއް

ފުވައްމުލަކު ރައްޔިތުންގެ އަބަދުވެސް ޝަކުވާއަކަށް ވެފައިވަނީ ފުވައްމުލަކުގެ ތަރައްޤީގެ މަޝްރޫތަށް ދާންޖެހޭ ބާރު މިނުގައި ނުދާ ކަމުގެ ޝަކުވާއެވެ.

ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތްވެސް އެމްއާރުޑީސީ އާއި ހަވާލުކޮށް އެމަސައްކަތް ކުރިއަށްދާނެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފައި، މަސައްކަތް މިހާރު އެ އޮތީ ހުއްޓިފައި އެވެ. މިކަމާއި މެދު ކަންބޮޑުވާ ބަޔަކު ނުއުޅޭ ކަހަލައެވެ.

ރަށްގިރުމުގެ ވާހަކަވެސް ދައްކާތާ މިހާރު އެތަކެއް އަހަރެއް ވެއްޖެއެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ އަމަލީ ސިފައެއް ނާދެއެވެ. ހަމަ އެގޮތަށް ނަރުދަމާ އާއި ސާފު ބޯފެން މި ރަށުގައި ގާއިމުކުރާ ވާހަކަވެސް ދައްކާތާ އެތަކެއް އަހަރު ވެއްޖެއެވެ. މިހާރު މި މައްސަކަތް ކުރިޔަށް ދާކަމުގެ ފެހި ސިގުނަލް ރައްޔިތުންނަށް އެބަ ލިބެއެވެ. އެހެން ކަމުން މިއަދުގެ ސަރުކާރަށް ޝުކުރިއްޔާއެވެ. އެހެންނަމަވެސް އެމަސައްކަތް ކުރިއަށްދަނީ ރައްޔިތުން އެންމެ ބޭނުންވާ ސްޕީޑެއްގައެއް ނޫނެވެ.

މީ ވޭތުވެދިޔަ ކުރު މާޒީގައި ފުވައްމުލަކުގައި ބަނދަރަކާއި އެއާޕޯޓެއް ހެދުން ފިޔަވައި ތަރައްޤީގެ ބިޔަބޮޑު މަޝްރޫއެއް ކުރިޔަށް ގޮސްފައި ނުވާކަމީ ފުވައްމުލަކު ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ.

ސަރުކާރު ހިންގާ ޕާޓީގެ މަޖްލީސް މެމްބަރުން ތިއްބަވާ ދާއިރާ ތަކުގައި ތަރައްޤީގެ މަޝްރޫއުތަށް “ގޫގުލް” ސްޕީޑްގައި ބޮޑެތި މަގުތަކުގައި ތާރު އަޅައި ރަށް ވަށައިގެން ތޮށިލައި، ސާފު ފެނާއި ނަރުދަމާގެ ހިދުމަތްދީ ނިންމާއިރު، މަޖްލީސް ތަމްސީލް ކުރާ ތިން މެމްބަރުން، އޭގެ ތެރޭގައި މަޖްލީސްގެ ރައީސް ހުންނަވާއިރު، މި ރަށުގެ ތަރައްޤީގެ މަޝްރޫތަށްވެސް އެސްޕީޑްގައި ގޮސް ނިންމަވާ ނުލެވެންވީ އެއްވެސް ސަބަބެއް ނެތެވެ.

ލ.އަތޮޅު ފަދަ އަތޮޅުތަކުގެ ތަރައްޤީގެ ދުވެލި ބާރު ސްޕީޑްގައި ދަނީ އެ ދައިރާތަށް ތަމްސީލްކުރާ ސަރުކާރަތް ނިސްބަތް ވެވަޑައިގަންވާ މެމްބަރުން ސަރުކާރުތެރެއިން މައްސަކަތެއް ކޮށްގެންނެވެ. އަދި ތަރައްޤީގެ މަޝްރޫއުތަށް މެދު ކެނޑުމެއް ނެތި ކުރިޔަށް ދޭތޯ އެބޭފުޅުން ވަރަށް ކައިރިން ބައްލަވައެވެ.

އެއާއި ހިލާފަތް މި ރަށް ތަމްސީލް ކުރަން ތިއްބެވި، މެމްބަރުން ތިއްބަވަނީ ކޮންމެ ކަމެއް ވަރިހަމަ ކޮއްލާފައި ކަމަށް އެމެމްބަރުން އިންތިހާބުކުރި ގިނަ ބަޔަކު ބުނަމުން ގެންދެއެވެ. ސަރުކާރު ތެރެއިން މި މަސައްކަތްތައް އަވަސް ކުރުމަށް އެންމެ އެދެވޭ މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. މަސައްކަތް ކުރާނަމަ ފުވައްމުލަކުގެ ތަރައްޤީގެ މަޝްރޫއުތައް ވެސް ގޫގުލް ސްޕީޑުގައި، ދާނެކަމީ ޝައްކެއް އޮއްކަމެއް ނޫނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !