A wide advertisement which will be shown on all devices. (700 x 100)

ނާވިލު ލިޔުމުގެ މުބާރާތުން 1 ވަނަ ރޯޒާއަށް

ނާވިލު ލިޔުމުގެ މުބާރާތުން އެއްވަނަ ހޯދި ރޯޒާ އަށް މަޑުލު ވަހީދު އިނާމު ދެއްވަނީ

ދިވެހި ބަހުގެ އެކަޑެމީން މިއަހަރު ހުޅުވާލި ނާވިލު (ޚިޔާލީ ދިގު ވާހަކަ) ލިޔުމުގެ މުބާރާތުން އެއްވަނަ، ފުވައްމުލަކު ދަޑިމަގު އަހިވަލިގެ ރޯޒާ އިބްރާހިމް ހޯދައިފިއެވެ. ރޯޒާ މިމުބާރާތުގެ އެއްވަނަ ހާސިލުކުރީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިންނާއި ވާދަކޮށްގެންނެވެ.

މިއަހަރު ދިވެހި ބަހުގެ އެކަޑެމީން ހުޅުވާލި މުބާރާތުގައި ބައިވެރިވެ ވަނަތައް ހޯދި ފަރާތްތަކަށް ބަހުގެ އެކަޑެމީން އިނާމު ދިނުން ބޭއްވީ އާރޓް ގެލަރީގައި މި ނޮވެމްބަރު މަހު 7 ގައެވެ.

މުބާރާތުން އެއްވަނަ ލިބުނު ރޯޒާގެ ވާހަކަ “މާދަމާ” މިއަހަރު ޑިސެމްބަރު މަހު ހިސާބުގައި އާއްމުންނާއި ހަމަޔަށް ފޯރުކޮށް ދިނުމަށް ދިވެހި ބަހުގެ އެކަޑެމީން އަންނަނީ ތައްޔާރު ވަމުންކަމަށް މައުލޫމާތު ލިބެއެވެ. މިވާހަކައަކީ ފުރާވަރުގެ އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ލިޔެފައިވާ ޓެކްނޮލޮޖީއާއި ސައިންޓިފިކްގެ ނާވިލެއް ކަމަށްރޯޒާ ހާމަކުރެއްވިއެވެ.

މިހާތަނަށް ވާހަކައަށް ކިޔާފައިވާ ފަރާތްތަކުން ވާހަކައިގެ ރީތިކަމުގެ ވާހަކައިން ތައުރީފު ކުރަމު އަންނަކަމަށް ރޯޒާ ހާމަކުރެއްވިއެވެ.

ރޯޒާގެ ވާހަކައަށް ވަނީ ގައުމީ އިނާމުވެސް ލިބިފައެވެ. މިއަހަރު ނޮވެމްބަރު 11 ފާހަނގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައިސުލް ޖުމްހޫރިއްޔާ ވަނީ މުޖުތަމިއަށ ްބޭނުްނތެރި މަސައްކަތެއް ކުރާ ފަރާތްތަކަށް ދެއްވާ ގައުމީ އިނާމު ރޯޒާއަށް ދެއްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !