A wide advertisement which will be shown on all devices. (700 x 100)

އެމްއެންޔޫއިން ފުވައްމުލަކުގައި ނަރުހުން ތަމްރީނު ކުރަން ފަށަނީ

ގައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސެއިން، ކޮލް އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން، ފުވައްމުލަކުގައި ނަރުހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޔުނިވަރސިޓީން މިއަދު ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓްރީ އާއެކު އެމްއެންޔޫއިން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، މިހާރު ނާރސިން ކޯސް ހިންގާ މާލެއާއި 4 ކެމްޕަހުގެ އިތުރުން ފުވައްމުލަކާއި ރ.އުނގޫފާރުގައި ނާސިން ކޯސް ފެށުމަށް ވަނީ ނިންމާފައެވެ.

ހެލްތު މިނިސްޓްރީއާއި އެމްއެންޔޫ އާއި ދެމެދު މިއަދު ވި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެމްއެންޔޫއިން 3000 ނަރުހުން ތަމްރީނު ކުރުމަށް ދެފަރާތުން ވަނީ އެއްބަސް ވެފައެވެ. މިހާރު ގައުމީ ޔުނިވަރސިޓީގައި ނާސިން ކޯހަށް އަށް ދަރިވަރުން ނަގަނީ ޖެނުއަރީ އާއި ޖޫން ސެމެސްޓަރގައި އެކަންޏެވެ. މިދެ ސެމެސްޓަރގައި ދަރިވަރުންގެ ޓްރެއިންނިން ފަށައިގެން 5 ކެމްޕަހުގައި ކޮންމެ ސެމެސްޓަރަކު ގާތްގަޑަކަށް 100 އެއްހާ ދަރިވަރުން ތަމްރީނު ކުރެވި ވަޒީފާއަށް ނެރެވޭ ކަމަށް ގައުމީ ޔުނިވަރސިޓީން ހާމަކުރެއްވިއެވެ.

ނަމަވެސް މިއަދުގެ އެއްބަސް ވުމާއެކު އިތުރަށް، މާރޗް އަދި ސެޕްޓެމްބަރު މަހުގައި ނާރސިން ކޯހަށް ދަރިވަރުން ނަގާނެ ކަމަށާއި، އެގޮތުން އަހަރަ 500 ދަރިވަރުން ވަޒީފާއަށް ނެރެވޭނެ ކަމަށް ވެއެވެ. މިޕްރޮގްރާމުގެ ދަށުން ތަމްރީނު ކުރަނީ ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ނަރުހުންނެވެ.

ފުވައްމުލަކުގައި ވަޒީފާ އަދާކުރަމުން މިހާރު ވެސް އެމްއެންޔޫގެ ނާސިން ޑިގްރީ ކޯހުގައި ދަރިވަރުން ކިޔަވަމުން އާދެއެވެ. އެކަމަކު އެދަރިވަރުން ކްލާހަށް ހާޒިރުވާން ޖެހެނީ އައްޑޫ ކެމްޕަހަށެވެ.

އެމްއެންޔޫގެ ކޯސްތައް ފުވައްމުލަކުގައި ފަށައިގެން ކުރިޔަށްގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ފުވައްމުލަކުގެ ގިނަބަޔަކު އެދިގެން ތިބި މިންވަރަކާ ގާތަކަށް ވެސް ގައުމީ ޔުނިވަރސްޓީގެ ހަރަކާތްތައް ފުވައްމުލަކުގައި ފުޅާވެގެން ގޮސްފައެއް ނުވެއެވެ.

ފުވައްމުލަކުގައި މަތީ ތައުލީމުގެ ކޯހެއް ފުރަތަމަ ހިންގާފައި ވަނީ 2002 ނުވަތަ 2003 ވަނަ އަހަރު އެޑްވާންސްޑް ސެޓްފިކެޓް އިން ޓީޗިން ޕްރައިމަރީ އެވެ. އެޕްރޮގްރާމުގައި ފުވައްމުލަކުގައި އެދުވަސްވަރު (ޏ.އޭއީސީގައި) ތިބި ތަމްރީނު ނަހަދާ ޓީޗަރުންގެ ގިނަބަޔަކު ބައިވެރިވެ ތަމްރީނު ވެގެން ދިޔައެވެ. އެއިގެ ފަހުން މެދުކެނޑުމަކަށް ފަހު ފުވައްމުލަކުގައި އިންގްލިޝް ފޯރ ފާރދަރ ސްޓަޑީޒް ކޯހެއް 2006 ވަނަ އަހަރު ހިންގުނެވެ. ދެން 2010 ވަނަ އަހަރު އެޑްވާނސްޑް ސެޓްފިކެޓް އިން މެނޭޖްމެންޓް ކޯހެއް ވެސް ހިންގާފައި ވެއެވެ. މިހުރިހާ ކޯހެއްގައި ވެސް ކިޔަވައިދީފައި ވަނީ ޏ،.އޭއީސީގެ ކްލާސްރޫމްތަކުގައެވެ.

އަދި އެއިގެ ފަހުން ފުވައްމުލަކު ފުރަތަމަ އަތޮޅު ކައުންސިލްގެ ދައުރުގައި ގައުމީ ޔުނިވަރސިޓީ އާއއެކު ވެވުުނު އެއްބަސްވުމެއްގެ ދަށުން ގައުމީ ޔުނިވަރސިޓީގެ “ކަޮލް އައުޓްރީޗް ސެންޓަރު” ހުޅުވާފައި ވެއެވ. އެސެންޓަރު ހުޅުވާފައި ވަނީ 13 އޭޕްރީލް 2014 ގައެވެ. އެއާއެކު މެދުކެނޑުމެއްނެތި، ނަމވެސް މަދުމަދުން ކަނޑައެޅޭ ކޯސްތަކެއް ހިންގަމުން ގޮސްފައިވެއެވެ. އެގޮތުން ސެކަންޑަރީ ދިވެހި ޓީޗިން އާއި ބެޗެލަރ އޮފް ޕްރައިމަރީ ޓީޗިން، ދެކޯހެއް މިހާރުވެސް ކުރިޔަށް ގެންދެއެވެ.

ނާރސިން ކޯހަކީ ފުވައްމުލަކުގެ ވެސް ގިނަ ކުދިންތަކެއް ކޮންމެ ސެމެސްޓަރަކު ވެސް ޖާގަ ހޯދުމަށް އެދި މާލޭގައި ކިއު ޖައްސަމުން އަންނަ، ޔުނިވަރސިޓީއަށް ވެސް ބާރުބޮޑު ކޯހެކެވެ. އެގޮތުން ނާރސިން ޕްރޮގްރާމް ފުވައްމުލަކުގައި ފެށުމަކީ ގިނަބަޔަކަށް އެފުރުސަތު ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެކެވެ.

ގުޅޭ ލިޔުން

https://mikalnews.com/news/72

https://mikalnews.com/news/8

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !