ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު އިސްލާމިކް ބޭންކް ކަމަށްވާ އިސްލާމިކް ބޭންކު އޮފް މޯލްޑިވްސް (އެމްއައިބީ) އިން ފުވައްމުލަކުގައި އެބޭންކުގެ ގޮތްޕެއް ހުޅުވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ.
މިޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ޝަރުތު ފުރިހަމަވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ ބޭންކު މެނޭޖަރެއްގެ އިތުރުން ސީނިއާ އޮޕަރޭޝަންސް އޮފިސަރަކަށާއި، ފައިނޭންސިން އޮފިސަރަކަށާއި ހެޑް ޓެލާ އަކަށާއި ތިން ކަސްޓަމާ ސާވިސް ރެޕްރެޒެންޓޭޓިވް އިންނަށެވެ.
ފުވައްމުލަކުގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި މީގެ ކުރިން އެބޭންކުގެ ސީނިއާ މުވައްޒަފުންގެ ޓީމެއްވަނީ ފުވައްމުލަކަށް ޒިޔާރަތްކޮށްފައެވެ.
+1
+1
ޚިޔާލުތައް