A wide advertisement which will be shown on all devices. (700 x 100)

ޤުރުއާނާއި ސައިންސް ފޯރަމް 2017 ގެ ނަމުގައި ޏ.އޭއީސީގެ ދަރިވަރުން ފޯރަމެއް ބާއްވައިފި

ޤުރުއާނާއި ސައިންސް ފޯރަމް 2017 ނިންމާލުން - ފޮޓޯ: ވީޑިއޯ ކެޕްޗަރޑް- ގާޑިއަން އެސޯސިއޭޝަން

‘ޤުރުއާނާއި ސައިންސް ފޯރަމް 2017’ ގެ ނަމުގައި ޏ.އޭއީސީގެ ދަރިވަރުން މެދުވެރިކޮށް ގާޑިއަން އެސޯސިއޭޝަނުން ސައިންސްގެ އެކި ދާއިރާތަކަށް މަޝްވަރާ ކުރުމުގެ ފޯރަމެއް ބާއްވައިފިއެވެ. މިފޯރަމް ބާއްވައިފައި ވަނީ މިމަހު 22 ވަނަ ދުވަހު ޏ. އަތޮޅު ތައުލިމީ މަރުކަޒުގެ ހޯލުގައެވެ.

ޤުރުއާނާއި ސައިންސްގެ ނަމުގައި ދަރިވަރުން ހުށަހަޅައި ދިން ފޯރަމްގައި ސައިންސްގެ އެކި ދާއިރާތަކަށް ޤުރުއާނުގެ އަލީގައި ބަލާލާފައި ވެއެވެ. އެގޮތުން ފިންގަރ ޕްރިންޓްގެ ކުޅަދުންވަންތަކަން އިންސާނުންނަށް އެނގިގެން ދިޔަ ގޮތާއި، ޖިއޮލޮޖިކަލް ގޮތުން ދުނިޔެ އުފެދިފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މަތީ ފަށަލަ ހިފެހެއްޓިފައިވާ ގޮތް ޤުރުއާނުގެ އާޔަތްތަކުގެ އެހީގައި ބަޔާން ކޮށްދީފައިވެއެވެ.

މިކަލް ނޫހައި ވާހަކަ ދައްކަވަމުން ގާޑިއަން އެސޯސިއޭޝަނުގެ ކޯޑިނޭޓަރު މުހައްމަދު ހުސޭން ވިދާޅުވީ، މިއީ ގިނަ ދުވަސްތަކެއްގެ ތަމްރީނު ތަކަކަށް ފަހު ދަރިވަރުން ހުށަހަޅައި ދިން ފޯރަމެއް ކަމަށެވެ. މިދަރިވަރުން ވަނީ އެކުދިން ހުށަހަޅައި ދިން މައުޟޫ ތަކަށް ފުޅާ ދާއިރާއެއްގައި އިލްމުވެރިންނާއި ކުރިން މަޝްވަރާކޮށްފައި ކަމަށެވެ.

މިއި އެ އެސޯސިއޭޝަނުގެ ފަރާތުން މިހާތަނަށް، އެންމެ ބޮޑު ހޭދައެއް ކޮށްގެން ކުރިޔަށް ގެންދިޔަ ހަރަކާތް ކަމަށް ވެސް މުހައްމަދު ހުސެއިން ހާމަކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިފޯރަމް މިއަށްވުރެ ވެސް ފުޅާކޮށް ކުރިޔަށް ގެންދިއުމަށް ވިސްނާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޓީވީއަކުން މިފޯރަމް ލައިވް ކުރުމަށް މިފަަރުވެސް ތައްޔާރުވި ކަމަށާއި ނަމަވެސް ކަންތައް ދިމާކުރި ގޮތުން މިފަހަރު އެކަން ނުވީކަމަށެވެ. އެހެން ނަމަވެސް ކުރިޔަށް ހުރި މިފަދަ ފޯރަމްތައް ޓީވީން ލައިވް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ގާޑިއަން އެސޯސިއޭޝަނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ކުރިޔަށް ގެންދިޔަ މިފޯރަމަށް އާއްމުންނާއި ފުވައްމުލަކުގައި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ވެސް ހުޅުވާލެވިފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !