A wide advertisement which will be shown on all devices. (700 x 100)

ކަރަންޓް ކެނޑޭނެ މުއްދަތު އިތުރު ކޮށްފި

ފުވައްމުލަކު އިންޖީނުގޭގެ އިންޖީނެއްގެ މަރާމާތުގެ މަސައްކަތުގައި. ފޮޓޯ: ފެނަކަ-ފުވައްމުލައް

މުވައްމުލަކުގެ ކަރަންޓް މައްސަ ހައްލުނުވެ އިތުރަށް ދެމިގެން ދާނެކަމަށް ފެނަކަ-ފުވައްމުލަކުން މީގެ ކުޑައިރުކޮޅެއް ކުރިން އާއްމުކޮށްފިއެވެ. ފެނަކައިގެ-ފުވައްމުލައް ފޭސްބުކު ޕޭޖުގައި އާއްމު ކުރި ގޮތުގައި 1 ނަމްބަރު އިންޖީނަށް ދިމާވި މައްސަލަ ހައްލުވަންދެން ކުރިން ޢާމުކޮށްށްފައިވާ ތާވާލާއި އެއްގޮތަށް ކަރަންޓް ކަނޑަމުން ދެވޭނެ ކަމަށެވެ. 

ކުރިން އެ އިންޖީނުގެ އާއްމްކޮށްފައިވާ ގޮތުގައި 2 ނަމްބަރު އިންޖީނަށް ދިމާވި މައްސަލައެއްގައި ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ދެގަޑިން ދެގަޑިން ކަރަންޓް ކަނޑަމުން ދެވޭނެއެވެ.

30 ޖުލައި އިން ފެށިގެން ފުވައްމުލަކުގެ ކަރަންޓަށް ދިމާވި މައްސަލަހައްލު ނުކުރެވި މިހާރު މިވަނީ 5 ދުވަހެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިނު ގޮތުގައި ފުވައްމުލަކަށް ކަރަންޓު ދިނުމަށް މިހާރު ބޭނުން ކުރަނީ 1 މެގަ ވޮޓްގެ 2 ޖެނެރޭޓަރާއި 1.2 މެގަވޮޓްގެ ޖެނެރޭޓަރަކެވެ. 

މިފަހަރުގެ ކަރަންޓް މައްސަލަ ދިމާވީ ފުރަތަމަ 1.2 މެގަވޯޓްގެ އެންމެ ބޮޑު އިންޖީނަށެވެ. އެއީ 2 ނަމްބަރު އިންޖީނުކަމަށް ވެއެވެ. ނަމަވެސް މި އަދު ފެނަކައިން ބުނެފައިވަނީ 1 ނަމަބަރު އިންޖީނަށް ވެސް މައްސަލަ ދިމާވެފައިވާ ކަމަށެވެ.

ފުވައްމުލަކުގައި ކަރަންޓް ނެތުމުގެ ސަބަބުން މިހަފުތާގައި ގައުމީ ޔުނިވަރސިޓީން ބޭއްވުމަން ހަމަޖެހިފައިވާ ބްލޮކް ކްލާސްތަކަށް ވެސް ދަތިތަކެއް ދިމާވެގެން އުޅޭ ކަމަށް ބުނެ ބައެއް ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުމުގެ ޝުޢޫރު ފާޅުކުރަމުންނެވެ.   

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !