އެމެޖެންސީ ހަރަކާތްތެރިވާނެ ޓީމެއް ފުވައްމުލަކުގައި އުފައްދައި އެޓީމްގެ ތަމްރީން އިއްޔެ ނިންމައިފިއެވެ.
ދިވެހި ރެޑް ކެރެސެންޓް ޏ.ބްރާންޗް އިން ކުރިއަށްގެންދިޔަ މިތަމްރީން ހަރަކާތުގައި 22 ބައިވެރިއަކު ތަމްރީން ފުރިހަމަކޮށްފައިވެއެވެ. ދިވެހި ރެޑް ކެރެސެންޓް ޏ.ބްރާންޗް އިން ވިދާޅުވީ އެމެޖެންސީ ރެސްޕޮންސް ޓީމް (އީއާރުޓީ) ގެ ނަމުގައި ހަރަކާތްތެރިވާ މިޓީމް އަކީ ކާރިސާތަކާއި އަދި އިމެޖެންސީ އެހެނިހެން ހާލަތްތަކުގައި ހަރަކާތްތެރިވާނެ ޓީމެއްކަމަށެވެ. އަދި މިޓީމް އަބަދުވެސް ތައްޔާރީހާލަތުގައި އޮންނާނެ ކަމަށެވެ.
ފުވައްމުލަކުގައި ދިވެހި ރެޑް ކެރެސެންޓް ޏ.ބްރާންޗް އިން ގިނަ ގުނަ ހަރަކާތްތަކެއް ހިންގަމުން ގެންދެއެވެ. އެގޮތުން ފަސްޓް އެއިޑް ދޭނެ ޓީމްތަކާއި އަދި އެހެނިހެން ޓީމްތައްވެސް ހަރަކާތްތެރިވަމުން ގެންދެއެވެ.
+1
+1
ޚިޔާލުތައް