A wide advertisement which will be shown on all devices. (700 x 100)

ރަމަޟާންމަހާ ދިމާކޮށް ޚާއްޞަ އޮޕަރޭޝަނެއް, ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ފަށައިފި

ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަން - ފޮޓޯ :ޕޮލިސް

ފުވައްމުލަކަކީ މިހާރަށްވުރެ ކުށް މަދު އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ރަމަޟާންމަހާ ދިމާކޮށް ޚާއްޞަ އޮޕަރޭޝަނެއް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި އޮޕަރޭޝަންއަކީ ފުވައްމުލަކަކީ މިހާރަށްވުރެ ކުށް މަދު، ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މި އޮޕަރޭޝަންގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން ފުވައްމުލަކުގެ އެކި ސަރަޙައްދު ތަކުގައި ގްރޫޕްތައް ހަދައިގެން ތިބޭ މީހުންނަށް ނަސޭހަތްތެރިވެ، ތުހުމަތުކުރެވޭ މީހުން ބަލައިފާސްކުރުމާއެކު މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް އިތުރު އޮޕަރޭޝަންތައް ހިންގުމާއި މާރާމާރީއާއި ވައްކަން ހިނގާ މިންވަރު މަދު ކުރުމަށް ރަށުތެރެ ބެލެހެއްޓުމުގައި އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !