A wide advertisement which will be shown on all devices. (700 x 100)

ނާއިބު ރައީސް އިސްތިއުފާ ދެނީ…؟

ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން އިސްތިއުފާ ދެއްވުމަށް ތައްޔާރުވަމުންދާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ. އެމަނިކުފާނު ދިރުއުޅުއްވާ ހިލާލީގޭގައި ހުރި އެމަނިކުފާނުގެ އަމިއްލަފުޅު ބައެއް ތަކެތި ބަންދު ކުރައްވާފައިވާ ކަަމަށްވެސް ވާހަކަ ދެކެވެމުން ދާއިރު އެމަނިކުފާނު މިއަދު ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަންނަވާ ޚަބަރުވެސް ވަނީ އާންމުވެފައެވެ.

ނާއިބު ރައީސް އިސްތިއުފާ ދެއްވުމަށް ވިސްނަވަމުންދާ ވާހަކަ މީޑިއާއަށް ތިލަވެފައިމިވަނީ ނާއިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރު 30 އަހަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެ އަދި އެ އިސްލާހު ރައީސް ތަޝްދީގް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ނައިބު ރައީސް ޖަމީލަށް އެމަނިކުފާނުގެ މަގާމުގެ ޒިންމާ އަދާނުކުރެއްވޭ ކަމަށާއި އެމަނިކުފާނު އިސްތިއުފާ ނުދީފިނަމަ އިތުބާރުނެތް ކަމުގެ ވޯޓު ނަގާނެކަމަށް ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުންވެސް ވިދާޅުވަމުން ގެންދަވަނިކޮށެވެ. އެގޮތުން ހެންވޭރުގެ ޒުވާނުން ސޯސަންމަގުގައި ރޭ ބޭއްވި ތަރާވީހުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ މެމްބަރު ޝުޖާއު ވިދާޅުވީ އެމަނިކުފާނު (ނާއިބު ރައީސް) މިރެއިން މިރެއަށް ވެސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ދެން އޮންނާނެ ގޮތަކީ ރައްޔިތުންގެ މަޖިލިސް ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ކަމަށެވެ.

ނާއިބު ރައީސް ޖަމީލުގެ ބަދަލުގައި އަދީބު އެމަގާމަށް ގެންނަން ނިންމާފައިވާ ކަަމަށްވެސް މެމްބަރު ޝުޖާއު ވިދާޅުވިއެވެ. އަދީބު ނާއިބު ރައީސް ކަމަށް ހަމަޖައްސަން ނިންމާފައި ވަނީ، ގިނަ އަދަދެއްގެ ޒުވާނުންގެ ވެސް އެދުމުގެ މަތިންކަމަށާއި މިޖުލައި މަހު 26 (މިނިވަން ދުވަހުގެ) ކުރިން އަދީބު ނާއިބު ރައީސްގެ މަގާމަށް ގެންނާނެ ކަމަށް ރޭގެ ގެ ރަތާވީހުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !