A wide advertisement which will be shown on all devices. (700 x 100)

މަންދު ކޮލެޖްއިން ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ފަށާކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު މަންދު ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާ ކަމަށް މަންދު ކޮލެޖް އިން ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖް އިން ވިދާޅުވީ މިހުޅުވާލެވުނު ފުރުސަތުގެ ތެރެއިން އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މަންދު ކޮލެޖްއިން ރާއްޖޭގެ އަސްދަނޑިން ބޭރަށް ނުކުމެ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކާއި ގުޅިގެން މަތީ ތަޢުލީމުގެ އިތުރު ފުރުސަތުތަކެއް ހާސިލްކުރުމުގެ މަގު ތަނަވަސްކޮށްދީފައިވާކަމެވެ.

“ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުސަތު ހުޅުވިފައިވޭ އަދި މަންދު ކޮލެޖުގެ ޑިޕްލޮމާ އިން ބިޒްނަސް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް ޑިގްރީގެ ދެވަނަ އަހަރުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ” މަންދު ކޮލެޖް އިން ވިދާޅުވިއެވެ.

މަންދު ކޮލެޖް އިން އިތުރަށް ވިދާޅުވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ފެށޭ ކޯސްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުތަކަކީ ބެޗްލަރސް ޑިގްރީ، އެސޯސިއޭޓް ޑިގްރީ، ޑިޕްލޮމާ، އެޑްވާންސް ސެޓްފިކެޓް، އަދި ފައުންޑޭޝަން ފެންވަރުގެ ކޯސް ތަކެއްކަމަށެވެ. އަދި މިކޯސްތަކުގެ ތެރޭގައި ހިމެނެނީ ތަޢުލީމީ ދާއިރާ، ވިޔަފާރީގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އަދި ޝަރުޢީ ދާއިރާ ކަމަށެވެ.

މަންދު ކޮލެޖުގެ ހުރިހާ ކޯސް ތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ކޯސްތަކެކެވެ.

މިކޯސްތަކުގައި ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް މާލޭގެ މެއިން ކެމްޕަހުގައި އަދި މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ވަރޗުއަލް ކެމްޕަހުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މަންދު ކޮލެޖް ވަރޗުއަލް ކެމްޕަސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިދަރިވަރުންނަށް، އެދަރިވަރުންގެ ރަށުގައި ތިބެގެން ކިޔެވޭނެ ގޮތަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށްވެސް މަންދު ކޮލެޖް އިން ވިދާޅުވިއެވެ.

“މިފަހަރުގެ މި ފުރުސަތުގައި މަންދު ކޮލެޖްގެ ކިޔަވާ ހުރިހާ ދަރިވަރުންނަށް ހިލޭ 3ޖީ އިންޓަރނެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ދަރިވަރަކަށްވެސް އުރީދޫގެ ޑޮންގަލް އަކާއިއެކު ކޮންމެ މަހަކު 3ޖީ އިންޓަރނެޓް ހިލޭ ދޭގޮތަށް ވަނީ ހަމަޖެހިފައިވޭ، މަންދު ކޮލެޖުގެ މަގްސަދަކީ މި ހިދުމަތާއިއެކު ދަރިވަރުންގެ ކިޔެވުން އިތުރަށް ފުޅާވެގެންދިއުން، ހަމަ މިއާއެކު، ސެޕްޓެމްބަރު 15ގެ ކުރިން ކޯހުގައި ބައިވެރިވެ ފީ ދައްކާ ދަރިވަރުންނަށް 1000 ރުފިޔާގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވޭ” މަންދު ކޮލެޖް އިން ވިދާޅުވިއެވެ.

ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ފެށޭ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 19 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 23:30 ކުރިންނެވެ. އިތުރު މައުލޫމާތު ހޯދުމަށް މަންދު ކޮލެޖްގެ މާލެ ކެމްޕަސް، މަންދު ކޮލެޖުގެ ފޯނު 3330055 އަދި މަންދު ކޮލެޖުގެ ވެބްސައިޓް www.mandhucollege.edu.mv އިން ލިބެން ހުންނާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !