A wide advertisement which will be shown on all devices. (700 x 100)

ތިޖޫރީގައި ރައްކާކޮށްފައި ހުރި އެހެންމީހެއްގެ ފައިސާތަކެއް ނެގި މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ޖާގައެއް ނެތް – ޕީޖީ

ވާދީ ކުންފުނީގެ ފިހާރައެއް

ވާދީ ހާއްޑްވެއަރ 1 ފިހާރައިގެ ތިޖޫރީގައި ހުރި ދޫނޑިގަން ނިއާ ނިޒާރު އަޙުމަދުގެ ފައިސާއާއި ބައެއް ތަކެތި އެފިހާރައިގެ އޯނަރު ވަގަށް ނެގި ކަމަށް ބުނެ ފުލުހުންނަށް 2014 ވަނަ އަހަރު މާރޗުމަހު ހުށަހެޅުނު މައްސަލަ ތަހުގީގުކޮށް އެފައިސާއާއި ލިޔެކިޔުންތައް ފިހާރައިގެ އޯނަރު ނެގިކަމަށް އެއް ބަސްވެފައި ވީކަމުގައި ވިޔަސް އެއީ ޖިނާއީ މައްސަލެއް ގޮތުގައި ބަލައި ނުގަންނަން ޕްރޮސެކިއުޓަރ ޖެނެލް އޮފީހުން ނިންމާފިއެވެ.

މިމައްސަލައިގެ ކަންތައްތައް ހިގާފައިވާ ގޮތަށް ބަލާއިރު އެއީ ވިޔަފާރީގެ މުއާމަލާތާއި ގުޅޭ ގޮތުން ހިނގާފައިވާ ކަމެއްކަމަށް ވާތީ، ޖިނާއީ ދައުވާ ކުރެވެން އޮތް ކަމެއް ނޫންކަމަށް މައްސަލަ ހުށަހެޅި ނިޒާރު އަޙުމަދަށް ފުލުހުން ވަނީ ނިމުނު އޮގަސްޓް މަހު އަންގާފައެވެ. 

ނަމަވެސް އެމައްސަލަ ފުލުހުންގެ އޮފީހުގައި ފައިލް ކުރެވިފައިވާ ކަމަށް ވަނީ އަންގާފައެވެ.

ގާނޫނީ ވަކީލަކު ހާމަކުރި ގޮތުން އެމައްސަލާގައި ދެން ކުރެވެން އޮންނާނީ މަދަނީ ދައުވާއެކެވެ. މައްސަލަ ހުށަހެޅި ފަރާތަށް އެނާގެ ހައްގު ހޯދުމަށް ސިވިލް ކޯތަށް ނުވަތަ މެޖިސްޓްރޭޓް ކޯޓަކަށް އަދިވެސް މައްސަލަ ވައްދައިގެން ކާމިޔާބު ވެސް ކުރެވިދާނެކަމަށެވެ. އެހެނީ ދައުވާ ލިބޭ ފަރާތުން އެކަމަށް އެއްބަސް ވެފައިވާނަމަ ދަޢުވާ ސާބިތު ކުރަން ފަސޭހަވުމާއި މަދަނީ ދައުވާ ސާބިތު ކުރުމަށް ޖިނާއީ ދައުވާތަކަށް ވުރެ ފަސޭހަވާނެތީ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

ކުރިން ފުޅާ ދާއިރާއެއްގައި ތަފާތު ވިޔަފާރި އާއި ބޭރު ދަތުރުފަތުރު ކުރާ ކާގޯ ބޯޓުތައް ދުއްވި ވާދީ ކުންފުނީގެ ވިޔަފާރިތައް ހީނަރުވެ ބައެއް ވިޔަފާރިތައް މިހާރު ވަނީ ހުއްޓާލާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !