A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލުން ކުއްޔަށްދީފައިވާ ގެސްޓް ހައުސްގެ ތެރެއިން ބަނގުރަލާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ވިލަގްޒާ ރިޓްރީޓް ގެސްޓް ހައުސް. ފޮޓޯ: ވިލަގްޒާ ފޭސްބުކް ޕޭޖް

ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިއަކާއެކު ފުވައްމުލަކު އަތޮޅު ކައުންސިލުން ކުއްޔަށްދީފައިވާ ގެސްޓްހައުސްއެއްގެ ތެރެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއްގެ އިތުރުން 42 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.
މިކަލް ނޫހަށް އެގިފައިވާ ގޮތުގައި ހައްޔަރުކުރި ހަތަރަު މީހުންގެ ތެރޭގައި “ވިލަގްޒާ ރީޓްރީޓްގެ” އޯނަރ އަބްދުﷲ ޙާލިދު (ސައުދު)ވެސް ހިމެނެއެވެ. އަދި ފުލުހުން އެމީހުން ހައްޔަރުކޮށްފައިވަނީ “ވިލަގްޒާ ވޭލި” ނަމަކަށް ކިޔާ ގެސްޓްހައުސްއެއްގެ ތެރޭގައި ހުރި ހަޓެއްގެ ތެރެއިންނެވެ. އަދި އެގެސްޓް ހައުސްއަކީ އަދި ހިދުމަތްދޭން ނުފަށާ މަރާމާތު ކުރަމުންދާ ތަނެކެވެ. އެތަނަކީ އަތޮޅު ކައުންސިލްގެ އިމާރާތެކެވެ. އަދި “ވިލަގްޒާ ވޭލި” އަކީ ވެސް ސައުދު ކުއްޔަށް ހިފައިގެން އުޅޭ އިމާރާތެކެވެ.
“އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، 2014 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 01:48 ހާއިރު އާއްމު ފަރާތަކުން ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ގުޅާ ޏ.ފުވައްމުލަކު އަތޮޅު ކައުންސިލްގެ އަތޮޅުގޭގެ އިމާރާތުގައި އަލަށް ހަދަމުންދާ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަޔަކު މީހުން ބަނގުރާ ބޯން ތިބިކަމަށް ދިން މައުލޫމާތަކާ ގުޅިގެން ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަންގައި އަތޮޅުގޭގެ ގެސްޓް ހައުސް ހަދަމުންދާ ސަރަޙައްދުގައިހުރި ހަޓެއްގެ ތެރެއިން” ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މީހުންނާއި އެ މީހުންތިބި ސަރަހައްދު ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 އެމް އެލްގެ ފުޅިއެއް އެމީހުން ތިބި ހަޓުގެ ތެރޭގައި ހުރި މޭޒެއްގެ ދަށުން ފެނިފައިވާ ކަމަށާއި އަދި އިތުރަށް ބަލާފާސް ކުރަމުން ދަނިކޮށް ބަނގުރާ ބޭނުން ކޮށްފައި ހުރި ކަމަށް ބެލެވޭ ތަށިތަކަކާއި ފުޅިތަކެއް ވަނީ ފެނިފައެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 38 އަހަރުގެ މީހާ ފިޔަވައި ދެންތިބި 3 މީހުންގެ ޔޫރިން ވަނީ ބަނގުރާ ބޭނުންކޮށްގެން ހުރިކަމަށް ޕޮޒިޓިވް ވެފައެވެ. އަދި 38 އަހަރުގެ މީހާ ބަންދުގައި ބަހައްޓަށް ނުފެންނަކަމަށް ނިންމައި ދެން ތިބި 3 މީހުން މިނިސްްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގް ކުރިއަށް ގެންދިއުމަށް 3 ދުވަހުގެ ބަންދުގެ މުއްދަތެއް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންވަނީ ދީފައެވެ.
މިމައްސަލަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހްގީގް ކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !