A wide advertisement which will be shown on all devices. (700 x 100)

ނާއިބު ރައީސްގެ މަގާމަށް ޖަމީލު އަބުރާ ގެނައުމަށް އަދާލަތު ޕާޓީއިން ގޮވާ ލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށްފަހު މަގާމުން ދުރުކުރެވިފައިވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމަށް އިއާދަ ކުރުމަށް އަދާލަތު ޕާޓީއިން ގޮވާލައްވައިފިއެވެ.

އަދާލަތު ޕާޓީއިން މިހެން ގޮވާލައިފައި ވަނީ ޖަމީލް މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ރިޝްވަތުގެ ބައެއް އަމަލުތައް ހިންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާތީ އެވެ.

އުމަރު ކުރެއްވި ޓްވީޓެއްގައިވާ ގޮތުން ޖަމީލް މަގާމުން ދުރުކުރަން ނެގި ވޯޓުގައި، ފަހުން ނައިބު ރައީސްކަމުގައި ހުންނެވި އަދި މިހާރު ހައްޔަރުކޮށްފައިވާ އަހުމަދު އަދީބު އަތުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ރިޝްވަތު ނަގައިފަ އެވެ.

ގާނޫނާ ޚިލާފް ކަންކަމުގެ ނަތީޖާތަކަކީ ބާތިލް އެއްޗަކަށްވާތީ ޖަމީލް ވަކިކުރަން ނެގި ވޯޓަކީ ބާތިލް ވޯޓެއްކަން އުމަރު ހާމަ ކުރައްވާފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ. އަދި ނައިބު ރައީސަކު ނެތި ގިނަ ދުވަސްތަކެއް ވެފައިވާތީ އާއި ކުރިމަތިވެދާނެ ގާނޫނީ ހުސްކަމަކުން އަރައިގަތުމަށް ސަލާމަތް ކުރަން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ނައިބު ރައީސްގެ މަގާމަށް ޖަމީލް އައްޔަންކުރަން އެ ކޯޓަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !