A wide advertisement which will be shown on all devices. (700 x 100)

އަންނަ އަހަރު ހަލް އިންޝުއަރެންސް މަޖުބޫރުވަނީ

އެލައިޑް އިންޝުއަރެންސް ކުންފުނިން ކުރިއަށް ގެންދާ ހަލް އިންޝުއަރެންސް ޕްރޮމޯޝަންގެ އިޝްތިހާރެއް. ފޮޓޯ: އެލައިޑް އިންޝުއަރެންސްގެ ވެބްސައިޓް

މިއަހަރު އަމަލު ކުރަން ފެށުނު، ކަނޑުގައި ދުއްވާ އުޅަނދުގެ ސަލާމަތާ ބެހޭ ގަވާއިދުގެ ދަށުން ކަނޑުގައި ދުއްވާ އުޅަނދު ފަހަރުތަކަށް މިވަނީ އިތުރު ުކަންތައްތަކެއް ފުރިހަމަ ކުރަން ޖެހިފައެވެ. އެގޮތުން ހަލް އިންޝުއަރެންސަކީ އެގަވާއިދުގެ ދަށުން ރާއްޖޭގެ ސަރަހައްދުތަކުގައި ދުއްވާ ނުވަތަ އަޅަފައި ބާއްވާއިގެން އޮޕަރޭޓްކުރާ ހުރިހާ އުޅަނދަކުން ހަލް އިންޝުއަރެންސް އަންނަ އަހަރު ފެށުމުގެ ކުރިން ނަގަންޖެހެއެވެ. މިކަމުގެ ސަބަބުން ފުވައްމުލަކުގައި ކުރާ މަސްވެރިކަމަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް ފުވައްމުލަކުގެ މަސްވެރިންނަކީ ފަތިހު ކަނޑަށް ނިކުތުމަށްފަހު ހެދުނު މަސްވެރިކަން ނިންމާ ރަށަށް އަރާ ބައެކެވެ. އެއަށްފަހު އިރުއޮއްސޭ ދަޅަ އަށް ކައްޓެޅި ބޭނުމަށް ނިކުމެއެވެ. މިދެ ވައްތަރުގެ މަސްވެރިކަމުން ވެސް ލިބޭ އާމްދަނީ ދަށެވެ. އެހެންކަމުން ހަލް އިންޝުއަރެންސް އޮޑިދޯނި ފަހަރަށް އިތުރު ބުރައަކަށް ވެދާނެކަމަށް ގަބޫލުކުރާ އޮޑިވެރިން ވެސް މަދެއް ނޫނެވެ.

އާންމު ގޮތެއްގައި ހަލް އިންޝުއަރެންސް އަށް ނަގަނީ އުޅަނދުގެ އަގުގެ 2 އިން ސައްތަ އެވެ. އެގޮތުން ދެމިލިއަނުގެ އޮޑިއަކަށް އިންޝުއަރެންސް އަށް 40 ހާސް ރުފިޔާ އަހަރަކު ދައްކަން ޖެހެއެވެ. އަދި ދެ ލައްކައިގެ ޑިންގީ އަކަށް 4 ހާސްރުފިޔާ އިންޝުއަރެންސަށް ދައްކަން ޖެހިދާނެއެވެ. މިއަދަދު ތަކަކީ ފުވައްމުލަކުގެ މަސްވެރިންނަށް އެހާ އުފާވެރި ޚަބަރަކަށް ނުވި ނަމަވެސް، އިންޝުއަރެންސް ކުރުމުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެވެއެވެ.

އަދި ހަމަ އެއާއިއެކު، އިންޝުއަރެންސް ކުންފުނިތަކުން ދަނީ އޮޑިވެރިން ހިތްހަމަ ޖެއްސުމަށް ތަފާތު ޕްރޮގުރާމުތައް ހިންގަމުންނެވެ. އެގޮތުން، އެލައިޑް އިންޝުއަރެންސް ކުންފުނިން، ފުވައްމުލަކަށް ޚާއްސަ ކައްޓެޅި ބޭނުމުގެ މުބާރާތެއް މިމަހު 19 ވަނަ ދުވަހު އޮންނާނެ ކަމަށް އިއުލާން ކުރުމަށްފަހު މިހާރު އިއުލާން ކޮށްފައި ވަނީ ހަލް އިންޝުއަ ކޮށްގެން މާކިއުރީ އައުޓްބޯޑް އިންޖީނު ލިބޭ ޕްރޮމޯޝަނެކެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އެޕްރީލް މަހުގެ ނިޔަލަށް ކަމަށް އެލައިޑް އިންޝުއަރެންސް ކުންފުނިން ހާމަ ކުރެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !