A wide advertisement which will be shown on all devices. (700 x 100)

“އެމްޑީޕީއާއި އެކު ކުރިއަށް” ފުވައްމުލަކުގައި ވެސް ކުރިއަށްދަނީ…

އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމުގެ ޕްރޮގުރާމް ފުވައްމުލަކުގައި ކުރިއަށްދަނީ...

“އެމްޑީޕީއާއި އެކު ކުރިއަށް” ނަމުގައި މެންބަރުން އިތުރުކުރުމަށް އިދިކޮޅު އެމްޑީޕީ އިން  ފަށާފައިވާ ހަރަކާތް ފުވައްމުލަކުގައި ވެސް ފެށިގެން ކުރިއަށް އެބަދެއެވެ.

މިހަރަކާތުގއި ޕާޓީއަށް އަލަށް ވަންނަ މެމްބަރުންގެ  މެމްބަރޝިޕް ފޯރމް ފުރުމާއި އަދި އިގިލީގެ ނިޝާން ނުޖަހިއި  ކުރިން  ޕާޓީއަށް ވަދެފައި ތިބި ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ އިގިލީގެ ނިޝާން ޖެހުމަށްފަހު އަލުން ޕާޓީއަށް ވަނުމަށް ފޯރމް ފުރުމަށް ކުރިއަށް ގެންދާ ހަރަކާތްތެއް ކަމަށް އެމްޑީޕީއިން މައުލޫމާތު ދެއްވައެވެ. މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު އެމްޑީޕީ މައި ހަރުގޭގައި އެވެ،

ކުރިން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮއްފައިވާ މެމްބަރުންގެ އިގިލީގެ ނިޝާން ޖެހުމަށް އިލެކްޝަން ކޮމިޝަނުން ލާޒިމްކުރުމާއި ގުޅިގެން އެމްޑީޕީގެ ދަފަތަރުގައި ހިމެނޭ ގިނަ އަދަދެއްގެ މެމްބަރުން މިހާރު ވަނީ ދަފްތަރުން އުނިވެފައެވެ .

 އެމްޑީޕީއިން މިކަންތަށް ސިފަކުރަނީ އެމްޑީޕީގެ ދަފްތަރު ، ޕީޕީއެމްގެ ދަފްތަރަށް ވުރެ ބޮޑުވީމަ އިލެކްޝަން އާއި ޕީޕީއެމް އިން ހިންގާ ޖަރީމާއެއްގެ ގޮތުގައިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !