A wide advertisement which will be shown on all devices. (700 x 100)

ނެޓްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ބުރެއް ފުވައްމުލަކުގައި ބާއްވަނީ

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ސްޕޯރޓްސް ކައުންސިލްގެ ރައީސް ޝާފީ ކުޅިވަރު ހަރަކާތެއްގެ ތެރެއިން ވާހަކަދައްކަވަނީ. ފޮޓޯ އަތޮޅު ކައުންސިލް

ޒުވާން ނެޓްބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ބުރެއް ފުވައްމުލަކުގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ. ފުވައްމުލަކު އަތޮޅު ކައުންސިލުން އިއުލާން ކޮށްފައިވާ ގޮތުން އަންނަ މޭ މަހު 10 ން 17 އަށް ފުވައްމުލަކުގައި ބޭސިކް ނެޓްބޯޅަ ކޯޗިން ކޯހެއް ހިންގުމަށް ހަމަޖެހިފައި ވެއެވެ. އެކައުންސިލާއި ނެޓްބޯޅަ އެސޯސިއޭޝަނާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 

އެންމެ ކުރިން ނަން ނޯޓުކުރާ 35 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މި ކޯޗިންގ ކޯހުގައި ބައިވެރި ކުރެވެނީ އުމުރުން 30 އަހަރުން ދަށުގެ ފަރާތްތަކަށް އެކަންޏެވެ. މިކޯހުގައި ބައިވެރިވާ އެދޭ ފަރާތްތަކުން މެއި މަހުގެ 2 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކައުންސިލްގެ އިދާރާގައި ނަން ނޯޓުކުރުމަށް އިއުލާން ކޮށްފައި ވެއެވެ.

ނެޓްބޯޅަ ކޯޗުކަމާއި ރެފްރީކަމަކީ އަންހެނުންނަށް ޚާއްސަކަމެއް ކަމަށް ފުވައްމުލަކުގެ ގިނަ ބަޔަކަށް ގަބޫލުކުރެވިފައި ވާކަމަށް ބެލެވެއެވެ. އެހެނީ ފުވައްމުލަކުގައި ގިނަ ދުވަސްތަކެއް ކުރީއްސުރެ ފޯރިއާއެކު ކުޅެމުން އަންނަ ނެޓްބޯޅާގައި ފިރިހެން ކޯޗެއް އަދި ރެފްރީއެއް ވެސް ނެތްކަމެވެ. ނަމަވެސް މާލޭގައި ފިރިހެން ކޯޗުންނާއި ރެފްރީން ވެސް ނެޓްބޯޅަގައި އާއްމުކޮށް ފެންނަމުން ދެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !