A wide advertisement which will be shown on all devices. (700 x 100)

ފާއިތުވި އަހަރު އޭލެވެލްގެ ގަދަ 10 ގައި ފުވައްމުލަކުގެ 10 ދަރިވަރުން

ފާއިތުވި އަހަރު މަތީ ސާނަވީން މަތީ ވަނަތައް ހޯދި ފުވައްމުލަކުގެ ދަރިވަރުން. ގްރެފިކްސް: މިކަލް ނިއުސް

ފާއިތުވި އަހަރު އޭލެވެލް ގަދަ 10 ގައި ފުވައްމުލަކުގެ 10 ދަރިވަރުން ހިމެނިއްޖެއެވެ. ރޭ ދަރުބާރުގޭގައި ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުގެ ގަދަ 10 އަށް އިނާމު ދިނުމުގެ ޖަލްސާގައި ފުވައްމުލަކަށް ނިސްބަތްވާ 10 ދަރިވަރުން ވަނީ އިނާމު ހާސިލުކޮށްފައެވެ. އެއިގެތެރެއިން ފަޚުރުވެރި އެއްވަނަ ފުވައްމުލަކުގެ ދެ ދަރިވަރަކު ވަނީ ޙާސިލުކޮށްފައެވެ. މީގެ އިތުރުން ދެވަނާގައި އެއް ދަރިވަރަކު، 4 ވަނާގައި 2 ދަރިވަރުން، 5 ވަނާގައި އެއް ދަރިވަރަކު އަދި 8 ވަނާގައި 4 ދަރިވަރުން ހިމެނިފައި ވެއެވެ.

މަތީ ސާނަވީން މިފަހަރު އެއްވަނަ ހޯދި 28 ދަރިވަރުންގެ ތެރޭގައި ހިމެނޭ ފުވައްމުލަކު ދެ ދަރިވަރުންނަކީ ވެސް މާލޭގެ ސީއެޗްއެސްސީން ތައުލީމު ޙާސިލުކުރި ދެ ދަރިވަރުންނެވެ. ހުރިހާ މާއްދާއަކުން އޭފާސް ހޯދައިގެން އެއްވަނަ ހޯދައި ރައީސުލް ޖުމްހޫރިއްޔާގެ ސްކޯލަރޝިޕް ހާސިލުކުރި ދެ ދަރިވަރުންނަކީ ހަސަން ނޫޙު ނޫރުވާދީ /ޏ.ފުވައްމުލައް އަދި ކަރަމް އިބްރާހިމް ޢަލީ، މުބާޙު މަންޒިލް ޏ.ފުވައްމުލައް އެވެ.

ހަަތަރު އޭފާހާއި 1 ބީފާސް ހޯދައިގެން ދެވަނަ ހޯދީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ތައުލީމު ޙާސިލުކުރި އާއިޝަތު ނުހާ ސޯލިޙު، ހަވާ ޏ. ފުވައްމުލައް އެވެ.

ހަތަރުވަނަ ހޯދި 34 ދަރިވަރުންގެ ތެރޭގައި ހިމެނުނީ ފުވައްމުލަކުގެ 2 ދަރިަވރުންނެވެ. އެއީ މިފަހަރު އޭލެވެލް އިމްތިޙާނުން ޏ.އޭއީސީއަށް އެންމެ މަތީ ނަތީޖާއެއް ހާސިލްކުރެވުނު ހިސާބެވެ. ތިން އޭފާހާއި 2 ބީފާސް ހޯދައިގެން 4 ވަނަ ހާސިލުކުރީ ޏ.އޭއީސީގެ ދަރިވަރު އަޙުމަދު ޔާނިއު އަރީފު ޏ. ލީން އާއި ސީއެޗްއެސްސީގެ ދަރިވަރު ނަދާ މުޙައްމަދު އިބްރާހިމް ޏ. ހިކިފިނިފެންމާގެ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ ސީއެޗްއެސްީގެ ދަރިވަރު އާއިޝަތު ލީޝާ، ޏ. ސޫރަޖްވިލާ ވަނީ 5 ވަނަ ހޯދާފައެވެ.

މަތީ ސާނަވިން 2015 ވަނަ އަހަރު 8 ވަނަ ހާސިލުކުރި  ފުވައްމުލަކުގެ 4 ދަރިވަރުންނަކީ، ފާތިމަތު ނަޝްވާ، ޏ. ހިޔަމަ (ސީއެޗްއެސީ)، މަރިޔަމް އައްބާސް، ޏ. ޝާރާޒް (ސީއެޗް އެސްސީ)، މަރިޔަމް އަނީސް، ޏ. ބޮންތި (ޏ.އޭއީސީ) އަދި ޒުލޭޚާ ޝޫނާ، ޏ.ބޭބީ ހައުސް (ޏ.އޭއީސީ) އެވެ.

މިނަތީ ޖާއަށް ބަލާ އިރު ފާއިތުވި އަހަރު ޏ.އޭއީސީިން މަތީ ސާނަވީ ފުރިހަމަ ކުރި 40 ހެއްހާ ދަރިވަރުންގެ ތެރެއިން ގަދަ 10ގައި ހިމެނުނީ އެމަރުކަޒުގެ 3 ދަރިވަރުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !