A wide advertisement which will be shown on all devices. (700 x 100)

އެޗްއާރުސީއެމްގެ ޢައުލަބިއްޔަތުން މީޑިއާ ކުއްވެރިކުރުމަކީ ދެރަކަމެއް: ހިސްޓޯ

ޝިފާޤް މުފީދު (ހިސްޓޯ )

އެޗްއާރިސީއެމްގެ ޢައުލަބިއްޔަތުން މީޑިއާ ކުއްވެރިކުރުމަކީ ދެރަކަމެއް ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނާއިބް ރައީސް ޝިފާޤް މުފީދު (ހިސްޓޯ ) ވިދާޅުވެއްޖެއެވެ.

ހިސްޓޯ މިހެން ވިދާޅުވީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ޚަބަރު ފަތުރާފައިވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށްބުނެ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވުސް (އެޗްއާރުސީއެމް) އިން އެކަން ކުށްވެރި ކުރުމުން އެކަމާއި ފާޑު ވިދާޅުވެ ކުރެއްވި ޓުވިޓެއްގައިއެވެ.

” އެޗްއާރިސީއެމްގެ އޮޑިޓް ރިޕޯޓްގައި ވާ ކަންކަން،އެ ރިޕޯޓްގައި ވާ ގޮތަށް މީޑިއާ އިން ހާމަކުރުމުން އެޗްއާރިސީއެމްގެ ޢައުލަބިއްޔަތުން މީޑިއާ ކުއްވެރި ކުރުމަކީ ދެރަކަމެއް ” ހިސްޓޯ ވިދާޅުވިއެވެ.

އިތުރަށް ހިސްޓޯ ވިދާޅުވިގޮތުގައި އެޗްއާރިސީއެމްގެ ޑިރެކްޓަރ އަކަށް މީހަކު އައްޔަން ކުރުމުގައި، މެމްބަރުން ބޭއިންސާފު ވެފައިވާކަމަށް ތުޙުމަތުކޮށް ޝަކުވާ ހުށައަޅައިފައި ވަނިކޮށް، އެ އިއުލާން ބާތިލް ކޮށްފި ކަމަށާއި، މެމްބަރުންގެ މައްޗަށް ކުރެވޭ މިފަދަ ތުހުމަތުގައި އަސްލެއް ނުވާނަމަ ބާތިލް ކުރާކަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

” ކޮމިޝަން ގެ މެމްބަރުންނަށް ކުރެވޭ މިފަދަ ތުޙުމަތުތަކުގައި އަސްލެއް އޮތަސް، ނެތަސް ރަނގަޅު ގޮތަކީ އެސީސީ އަށް ފޮނުވުން، އިއުލާން ބާތިލް ކުރުމަކީ އިއުތިރާފެއް” ހިސްޓޯ ވިދާޅުވިއެވެ.

އަދި މިފަދަ ކަންތައް ހިނގުމުން އޮޑިޓް އޮފީހާއި އެކި އިދާރާތަކުންނާއި، މީޑިއާ އިން މިވާހަކަ ދެއްކުމުން، އެކަން ކުއްވެރި ކުރަމޭ ކިޔާފައި ބަޔާން ނެރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް ހިސްޓޯ ވިދާޅުވިއެވެ.

ހިސްޓޯ ފަހަކަށް އައިސް އެޗްއާރުސީއެމްގެ ބައެއް ކަންތައްތަކަށް ފާޅުގައި ފާޑުވިދާޅުވަމުން އަންނަކަން ފާހަނގަކޮށްލެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !