A wide advertisement which will be shown on all devices. (700 x 100)

ފަރަށްއެރި ބޯޓް ފުންކުރުމަށް 15 ދުވަހުގެ ނޯޓިސް ދީފި

މިދިޔަ ހޮނިހިރު ދުވަހު، ފުވައްމުލަކުގެ ފެނާއި ނަރުދަމާ އަށް ބޭނުންވާ ސާމާނު ހިފައިގެން އަންނަނިކޮށް ފުވައްމުލަކު ފަރަށް އެރި އެންޖީއޯސީ ސަން ނަމަކަށް ކިޔާ އާގުބޯޓް ފުންކުރުމަށް 15 ދުވަހުގެ ނޯޓިސްއެއް ޓްރާންސްޕޯރޓް އޮތޯރިޓީ އިން ދީފިއެވެ. 

ފުވައްމުލަކު ފަރަށް އެރި އެންޖީއޯސީ ސަން ނަމަކަށް ކިޔާ ބޯޓު 15 ދުވަހުގެ ތެރޭގައި ފުންކުރަން ބޯޓުގެ ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސް އަށް ނޯޓިސް ދީފައިވާނެ ކަމަށް ޓްރާންސްޕޯރޓް އޮތޯރިޓީ އިން ހާމަކުރެއެވެ. 

އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ 5،700 ޓަނުގެ މުދާ ހުރި ބޯޓު ފުންކުރުމަށް ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެއްގެ ޓީމެއް މިރޭ ފުވައްމުލަކަށް ދާނެ ކަމަށެވެ. ވަހީދު ވިދާޅުވި ގޮތުގައި، ބޯޓު އޮތްތަނުގެ ގޮތުން 15 ދުވަހުގެ ތެރޭގައި ފުންކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑައެވެ.

ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ވެސް ހާއްސަ ސަރަހައްދެކެވެ. އެގޮތުން މަޝްހޫރު “ހުރަސްފަރުގަނޑު” އޮންނަނީ ބޯޓު ފަރަށް އެރި ދިމާލުގަ އެވެ. އެކަމަކު ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ. ތިމާވެއްޓާއި ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ފަރަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ފަރަށް އަރާ ބޯޓްފަހަރު ޖޫރިމަނާ ކުރަމުން ގެންގޮސްފައިވެއެވެ.

‎ބޯޓުގެ ރާއްޖޭގެ އެޖެންޓް ބުނީ އެ ބޯޓުގައި ހިލަ އާއި ހިލަވެއްޔާއެކު 5700 ޖަމްބޯ ބޭގް އެބަހުއްޓެވެ. ‎ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !