މިރޭ ފުވައްމުލަކުގައި ބާއްވާ، މޯލްޑިވުސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ) ގެ ޖަލްސާ އާއި ދިމާކޮށް އެމްޖޭއެމް އިން ވަރަށް މުހިންމު ބެލެނިވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބެލެނިވެރިންގެ ބައްދަލުވުމަކީ 2017 ވަނަ އަހަރުގެ ދަރިވަރުންގެ ޔުނިފޯރމް ބަދަލްކުރުމާއި ގުޅޭގޮތުން ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
“17 ވަނަ އަހަރުގެ ދަރިވަރުންގެ ޔުނިފޯރމް ބަދަލްކުރުމާއި ގުޅޭގޮތުން ބާއްވާ ވަރަށް މުހިންމު ބައްދަލުވުމެކަށް މިރޭ 18 އޯގަސްޓް 2016 ވަނަ ދުވަހު 20:30ގައި ސްކޫލްގައި އޮންނާނެއެވެ. ވީމާ ހުރިހާ ބޭފުޅުންވެސް މި ބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދެމެވެ” އެމްޖޭއެމް އިން މިއަދު ބެލެނިވެރިންނަށް ފޮނުވި ސްލިޕްގައި ވެއެވެ.
މީގެ އިތުރުން އެއްވެސް ސަބަބަކާއި ހުރެ ބައްދަލުވުމަށް ވަޑައިގެންނެވެން ނެތްނަމަ އެކަން ކްލާސް ޓީޗަރަށް އެންގެވުމަށް އެ ސްލިޕްގައި ވެއެވެ.އަދި އެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ސްލިޕްކޮޅުގެނެސް ކުލާސް ޓީޗަރާއި ހަވާލުކުރުމަށް ވެސް އެދިފައިވެއެވެ.
2017 ވަނަ އަހަރު ޔުނިފޯރމް ބަދަލުކުރުމާއި ގުޅޭ ގޮތުން، ވަރަށް މުހިންމުގެ ބައްދަލުވުމެއްކަމަށް ބުނެ ކުލިއަކަށް މިރޭ ބައްދަލުވުމެއް ބާއްވަން އެމްޖޭއެމް ސްކޫލުން މި ނިންމީ މިރޭ 21:00 ގައި މިސްކިތްމަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި އޮނަނަ އެމްޔޫއޯ ގެ ޖަލަސާއަށް ބެލެނިވެރިން ދިޔަ ނުދިނުމަށްޓަކައި ކަމަށް މިކަލް ނޫހަށް ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ވަނީ ތުހުމަތުކުރައްވާފައެވެ.
ޚިޔާލުތައް