A wide advertisement which will be shown on all devices. (700 x 100)

ފްލެޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އެރ

ފުވައްމުލަކުގައި ތަރައްގީ ކުރަމުންދާ ފްލެޓްތަކަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ. ކުރިން މިމަހު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 8 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ ގިނަ ބަޔަކު ފޯމް ނެގި ނަމަވެސް މުއްދަތު ހަމަވި އިރު، ގިނަ ފަރާތްތަކަކުން ފޯމް ހުށަހަޅާފައި ނުވާތީ އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ފުވައްމުލަކު އަތޮޅު ކައުންސިލުން ބުނި ގޮތުގައި ފްލެޓްތަކަށް ހުޅުވާލުމުން 1،000 އަށް ވުރެ ގިނަ ފޯމް ނަގާފައިވެ އެވެ.

ފުވައްމުލަކުގައި ތަރައްގީކުރާ 200 ފްލެޓްގެ ތެރެއިން 150 ޔުނިޓް ހާއްސަކޮށްފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. އަދި 20 ފްލެޓް ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އިރު ބާކީ ހުރި 30 ފްލެޓް ރިއަލް ސްޓޭޓް އުސޫލުން ވިއްކަން ވަނީ ނިންމައިފަ އެވެ. ފުވައްމުލަކުގައި ހަދާ ފްލެޓް ލިބޭ ފަރާތްތަކާ އެ ތަންތަން މި އަހަރު ނިމުމުގެ ކުރިން ހަވާލުކުރަން ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !