A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލްގެ ރައީސާއި އަތޮޅު ކޮމާންޑަރ ބައްދަލުކުރައްވައިފި

ފުވައްމުލަކު އަތޮޅު ކޮމާންޑާ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސާއި ބައްދަލު ކުރެއްވި ބައްދަލުވުމުގެ ތެރެއިން

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ފަލާޙް ޝަރީފް އާ ފުވައްމުލަކު އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާން އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

ފުވައްމުލަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުވައްމުލަކުގެ މަގުތައް ފުލުހުންނާ ގުޅިގެން ސާވޭ ކުރުމާއި ބެހޭގޮތުން ވާހަކަ ދެކެވުނު މިބައްދަލު ވުމުގައި ފުވައްމުލަކު އަތޮޅު ކޮމާންޑަރގެ އިތުރުން ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި ފުވައްމުލަކު އަތޮޅު ކައުންސިލް މެމްބަރަކު ބައިވެރިވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެއިތުރުން ކުށްމަދު އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ހިންގަމުންދާ ތަފާތު ހަރަކާތްތަކާއި ކުރިއަށް އޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ބެހޭގޮތުންނާއި ކުށްމަދު އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް އަތޮޅު ކައުންސިލާ ފުލުހުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުވައްމުލަކު އަތޮޅު ކޮމާންޑަރ ވަނީ މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ވިޔަފާރި ވެރިންނާއި ވެސް ބައްދަލު ކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !