A wide advertisement which will be shown on all devices. (700 x 100)

100 ކްރޯޑް ލިބޭ މީހަކާ އިންނަން ބޭނުންވެގެން އުޅޭ އަންހެން ކުއްޖަކަށް މުކޭޝް އަމްބާނީ ރައްދު ދީފި

އާމްދަނީގެ ގޮތުގައި މަދުވެގެން 100 ކްރޯޑް ރުޕީސް ލިބޭ މީހަކާއި އިންނަން ބޭނުން ވެގެން ޕޯސްޓް ކޮށްފައިވާ އަންހެން ކުއްޖަކަށް ރިލަޔެންސްގެ ވެރިޔާ ބިލިއަނަރ މުކޭޝް އަމްބާނީ ދީފައިވާ ރައްދު ސޯޝަލް މީޑިއާގައި ހަލުވި ކަމާއިއެކު ދައުރުވާން ފަށައިފިއެވެ. ޕޫޖަ ޗޯހަން ނަމަކަށް ކިޔާ ރީތި ކުއްޖެއް ކަމަށް އަމިއްލަ އަށް ބުނެފައިވާ 25 އަހަރުގެ މިޒުވާނާ އަށް މުކޭޝް އަމްބާނީ ދިން ކަމަށް ސޯޝަލް މީޑިއާ ތަކުގައި އާންމުވެފައިވާ ޖަވާބު ވަރަށް ފުރިހަމައެވެ.

ދައުރުވަމުންދާ އެ ޕޯސްޓްގައިވާ ގޮތުން އެއަންހެން ކުއްޖާ އަކީ 25 އަހަރު ޒުވާން ރީތި ޒަމާނީ އަންހެން ކުއްޖެކެވެ. އޭނާ ބޭނުންވަނީ އަހަރަކު އާމްދަނީގެ ގޮތުގައި މަދުވެގެން 100 ކްރޯޑް ރުޕީސް ލިބޭ ފިރިހެނެކެވެ. އޭނާ އަކީ ދަހި މީހެއް ކަމަށް މީހަކު ފަހަރުގައި ބުނެފާނެ ކަމަށާއި އެކަމަކު 2 މިލިއަން ރުޕީސް އަހަރަކު ލިބޭ މީހަކު މެދުފަންތީގެ މީހަކަށް ވާނީ ކިރިޔާ ކަމަށް ވެއެވެ. އޭނާގެ އެ ހުށަހެޅުމަކީ އެހާ މަތީ ހުށަހެޅުމެއް ނޫން ކަމަށާއި އޭނާ ޕޯސްޓްކޮށްފައިވާ ފޯރަމުގައި 100 ކްރޯޑަށް ވުރެ މަތިން އަހަރީ އާމްދަނީ ލިބޭ ކިތައް މީހުން ތިބިތޯ ސުވާލުވެސް ކޮށްފައިވެއެވެ. އަދި އެހުރިހާ ފިރިހެނުން ތިބީ މީހުންނާއި އިދެގެންތޯ ވެސް ސުވާލު ކުރިއެވެ.

މިހުށަހެޅުމަށް މުކޭޝް އަމްބާނީ ބުނެފައިވަނީ އޭނާ އަކީ 100 ކްރޯޑަށްވުރެ މަތިން އާމްދަނީ ލިބޭ މީހެއް ކަމަށާއި އެފަދަ ސުވާލު އުފައްދާނެ ކިތަށް އަންހެން ކުދިން ތިބިތޯ ލަފާކޮށް ލާށެވެ. ޕްރޮޕެޝަނަލް އިންވެސްޓަރެއްގެ  ހައިސިއްޔަތުން އެ ދިރާސާ ކޮށްލަދެއްވާށެވެ. ވިޔަފާރިވެރި އެއްގެ ހައިސިއްޔަތުން އެއަންހެންކުއްޖާ އާއި އިނުމަކީ ރަގަޅު ނޫން ނިންމުމެއް ކަމަށް މުކޭޝް ބުނެފައިވެއެވެ. “ސަބަބު ވަރަށް ސާފު އަހަރެންނަށް ތަފްސީލު ދެވުނު ދެއްވާ” މުކޭޝް ޖަވާބުގައިވެއެވެ.

ތިބާ ތިއުޅެނީ ރީތިކަމާއި ފައިސާ އާއި ބަދަލުކުރުމަށް، ތިބާ ތި ފޯރުކޮށްދެނީ ރީތިކަން ބަދަލުގައި ފޯރުކޮށްދޭނީ ފައިސާ، އެކަމަކު މި ވިޔަފާރީގައި ވަރަށް ގެއްލުން ހުރި ކަމެއް އެބައެކުލެވޭ އެއީ ރީތިކަން ރީތިކަން ދުވަސްވާ ވަރަކަށް ގެއްލެމުން ނެތެމުންދާނެ އެކަމަކު ފައިސާ ރަގަޅު ސަބަބަކާއި ނުލާ މަދުވެގެން ނުދާނެ ކަމަށް މުކޭޝް ބުނެފައިވެއެވެ. 

ހަގީގަތަކީ އަހަރެންގެ ފައިސާ ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ނަމަވެސް ތިބާ ދުވަހެއް ދުވަހަކަށް ރީތި ވަމުނެއް ނުދާނެ، އިކްނޮމިކްސް ޕޮއިންޓްން ބަލަންޏާ އަހަރެން ދާނީ އެޕްރިސިއޭޓް (އަގުބޮޑުވަމުން) ނަމަވެސް ތިބާ ދާނީ ޑިޕްރިސިއޭޓް (އަގު ދަށްވަމުން)، އެއީ (ރީތިކަން) ތިބާގެ ހަމައެކަނި އެސެޓް ކަމަށް ވަންޏާ މީގެ ދިހަ އަހަރުފަހުން ތިބާގެ އަގު ވަރަށް ދަށްވާނެ ކަމަށް މުކޭޝްގެ ޖަވާބުގައި ވެއެވެ.

އަގު ދަށް ވަމުން ދަންޏާ އެންމެ ރަގަޅުވާނީ އަވަހަށް ވިއްކާލުން، އަގު ދަށް ވަމުން ދަންޏާ އެހާ ގިނަ ދުވަހު ގެންގުޅުމަކީ އެހާ ރަގަޅު ކަމެއްނޫން، ތިބާ އާއި ކާވެނިކުރުން ވެސް ދާނީ އެގޮތަށެވެ. 100 ކްރޯޑަށް ވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ މީހަކީ މޮޔައެއްނޫން އެފަދަ މީހުން ބޭނުންވާނީ ތިބާ އާއިއެކު ޑޭޓް ކުރުން ތިބާ އާއި އިންނާކަށް ނޫނެވެ. މީގެ އިތުރުން މެކޭޝް އަމްބާނީ ބުނެފައިވަނީ 100 ކްރޯޑް ލިބޭ މީހަކު ހޯދުމުގެ ބަދަލުގައި 100 ކްރޯޑް ލިބޭ މީހަކަށް ވުމަށް މަސައްކަތް ކުރުމަށް ލަފާ ދޭކަމަށެވެ. އޭރުން މުއްސަންޖަކު އިންނަން ހޯދަން ފަސޭހަވާނެކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !