A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގައި ނެރުނު އެންމެ މަތީ އަދަދުގެ ނޫޓަކީ 1000 ރ. ނޫނީ 5000 ރ. ބާ؟

ރާއްޖޭގެ އައު 5000 ރުފިޔާގެ ނޫޓު.

ރާއްޖޭގައި ނެރުނު އެންމެ މަތީ ނޫޓަކީ ކިހާވަރެއް ހެއްޔެވެ؟ 5000 ރުފިޔާ ހެއްޔެވެ؟ ނުވަތަ 1000 ރުފިޔާ ހެއްޔެވެ؟ މި ދެ އަދަދަކީ ވެސް އާއްމުން އަތަށް ދޫކުރެވިފައިވާ ނޫޓުގެ އަދެއް ނޫނެވެ. ނަމަވެސް މި ދެ އަދަދު ވެސް ވަނީ ރާއްޖޭގެ ފައިސާގެ ގޮތުގައި ޗާޕުކުރެވިފައެވެ.

ވިޔަފާރީގައި ބޭނުންކުރާ ގޮތަށް ތައްޔާރުކުރެވިފައިވާ އެންމެ މަތީ އަދަދަކީ 1000 ރުފިޔާގެ ނޫޓެވެ. ނަމަވެސް ފުރަތަމަ ރާއްޖޭގެ ނޫޓު “ޕޮލިމަރ” ކަރުދާހުގައި ތައްޔާރުކޮށްގެން ނެރުނު ފުރަތަމަ ނޫޓަކީ 5000 ރުފިޔާގެ ނޫޓު ކަމަށް ޕޮލިމަރ ނޫޓްގެ ވެބްސައިޓުން ބުނެއެވެ. އަދި މިއީ ރާއްޖޭގެ ނޫޓު ސީރީސްގެ އެންމެ މަތީ އަދަދުގެ ނޫޓުކަމަށް ވެސް އެސައިޓުން ހާމަކުރެއެވެ.

އެކަމަކު ފަސްހާސް ރުފިޔާގެ ނޫޓަކީ ޚާއްސަ ނޫޓެކެވެ. އެއީ ވިޔަފާރީގައި ބޭނުން ކުރަން ތައްޔާރު ކުރެވުނު ނޫޓެއް ނޫނެވެ. އެއީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ ޚާއްސަ ރަސްމިއްޔާތާއި ގުޅުވައިގެން ނެރެވުނު ހަނދާނީ ނޫޓެކެވެ. މިނޫޓުގެ އަނެއް ޚާއްސަ ކަމަކީ މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ގަވަރުނަރު (ގޮރުނުދޯރު)ގެ ސޮޔާއެކު، ދެސޮއި ހިމަނައިގެން ނެރެފައިވާ ނޫޓަކަށް ވުމެވެ. މިޚާއްސަ ނޫޓު ނެރެފައި ވަނީ 26 ޖުލައި 2015 ވަނަ އަހަރުގެ ތާރީޚުގައެވެ.

މިހާރު ބޭނުން ކުރާ، އައު ފައިސާ ރާއްޖޭގައި ނެރެފައި ވަނީ 2015 ވަނަ އަހަރު އޮކްޓޯބަރު މަހުއެވެ. މިބައިގައި ހިމެނޭ ނޫޓު ތަކަކީ 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 5000 ރުފިޔާ އަދި 1000 ރުފިޔާގެ ނޫޓެވެ.

އެއްހާސް ރުފިޔާގެ ނޫޓު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އެމްއެމްއޭގައާއި ބޭންކުތަކާއި ބޮޑެތި ކުންފުނިތަކުގައި ކަމަށް ވެއެވެ. ވުމާއެކު އާއްމުންނާއި ހަމަޔަށް 1000 ރުފުޔާގެ ނޫޓު އައިސްފައެއް ނުވެއެވެ.

ފައިސާގެ ސާމްޕަލް ނޫޓު ވިއްކާ ޕޮލިމަރގެ ވެބްސައިޓުން ރާއްޖޭގެ ނޫޓު ސާމްޕަލް ސީރީސް އެއްކޮށް 10- 1000ށް) އާއްމުކޮށް ވިއްކަން ހުރީ 125 ޔޫރޯއަށެވެ. އަދި 5000 ރުފިޔާގެ ނޫޓުގެ ސާމްޕަލް ވިއްކަން ހުރީ 975 ޔޫރޯ އަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !