A wide advertisement which will be shown on all devices. (700 x 100)

ސިޓީ ކައުންސިލަށް ވާދަކުރަނީ ކޮންބައެއް؟

ސިޓީ ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުން.

ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަކުރަނީ ކޮންބައެއް ހެއްޔެވެ. މިއީ މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ބޮޑު ދެ ޕާޓީ އިން އަބަދުވެސް ގޮޑިތައް ކާމިޔާބުކުރާ ފުވައްމުލަކުގައި މިފަހަރުވެސް ތިން ޕާޓީ އަކުން ވާދަކުރާނެކަން އިއުލާން ކޮށްފައިވެއެވެ. އެއީ އެންމެ ބޮޑު ޕާޓީ ޕީޕީއެމް އާއި ދެވަނަ އަށް އެންމެ ބޮޑު އެމްޑީޕީގެ އިތުރުން މަހުޖަނު ގާސިމް އިބްރާހިމްގެ ޖުމްހޫރޫ ޕާޓީ އިންނެވެ. ފުވައްމުލަކުގައި މިހާތަނަށް އެމްޑީޕީ އަދި ޕީޕީއެމް ފިޔަވައި އެއްވެސް ޕާޓީއަކަށް އަދި މިނިވަން ކެންޑިޑޭޓަކަށްވެސް ލޯކަލް ކައުންސިލް އަދި މަޖިލިސް ގޮނޑިއެއްވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މީގެ ކުރީ ދެ ފަހަރެއްގެ ލޯކަލް ކައުންސިލުގައި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އިން ވާދަކުރިއެވެ. ނަމަވެސް އެ ދެޕާޓީ އަށްވެސް އެއްވެސް ގޮނޑިއެއް ނުލިބެއެވެ. މިހެން ކަމުން ފުވައްމުލައް މިއީ އެންމެ ބޮޑު ދެ ޕާޓީގެ ސިޓީއެއް ކަމަށް ބަލަން ޖެހެއެވެ. ލޯކަލް ކައުންސިލް އިންތިހާބުން އަބަދުވެސް ކުރި ހޯދަނީ އެމްޑީޕީއެވެ. މަޖިލިސް އިންތިހާބުން ކުރި ހޯދަނީ ޕީޕީއެމް އެވެ. މިހެން ކަމުން މިއީ ސަޕޯޓް ބޮޑީ ކޮން ޕާޓީއެއްގައިކަން ގޮތްނިންމަން އުނދަގޫވާ ސަބަބެކެވެ. މިހާހިސާބުން މިބަލާލަނީ މިފަހަރު ފުވައްމުލަކު ސިޓީގެ ކައުންސިލަށް ވާދަކުރުމަށް މިހާތަނަށް އިއުލާންކޮށްފައިވާ ފަރާތްތަކަށެވެ.

އުތުރު ދާއިރާ

އުތުރު ދާއިރާއަށް ޕީޕީއެމް އިން ވާދަކުރައްވާނެ ކަމަށް ޓިކެޓް ޔަގީން ކުރެވިފައިވަނީ ޖުމްހޫރީ ޕާޓީގެ ހަސަން އަތީގު (ބާބާ)، ދަޑިމަގު އާއި އެމްޑީޕީގެ ފަރާތުން އާމިނަތު ޒުހުދާ، ސެލްވިޔާ ދިގުވާނޑު އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޕްރައިމަރީ އަށް ތައްޔާރުވަމުންދަނީ މިހާރު އަތޮޅު ކައުންސިލްގެ މެމްބަރ ހަމަދު އަބްދުﷲ އައްސަރިޔާ، ދިގުވާނޑު އާއި ހޯދަޑު ކައުންސިލް މެމްބަރު މުހައްމަދު އަސްލަމް (ކަސްޓަމާ) އެވެ. މިދާއިރާއަށް ބެލެވޭ ގޮތުގައި ތިން ޕާޓީއިން ވާދަކުރާނެއެވެ.  

މެދު ދާއިރާ

މެދު ދާއިރާގެ ޓިކެޓް ޔަގީން ވެފައިވަނީ މިސްކިތްމަގު ކައުންސިލްގެ ރައީސް މުހައްމަދު ޟިރާރު (އެކޮއި) އަށެވެ. އެކޮއި ވާދަކުރަނީ އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ޕީޕީއެމް ޕްރައިމަރީގައި ވާދަކުރަނީ އާމިނަތު ޝެހެނާޒް، މާދަޑު ބޮޑުރާގެ އާއި މުހައްމަދު މާލިކު، މިސްކިތްމަގު އެވެ.  

ދެކުނު ދާއިރާ 

ދެކުނު ދާއިރާ އަށް ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން އިއްޔެ ބޭއްވި ޕްރައިމަރީ އިން ޓިކެޓް ޔަގީންކުރީ އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފްއެވެ. ޕީޕީއެމް އިން ވާދަކުރަނީ ދޫނޑިގަން ކައުންސިލް މެމްބަރ މުހައްމަދު ޝަޒީމް އަހްމަދު (ޝައްޓު) އެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !