A wide advertisement which will be shown on all devices. (700 x 100)

ދިރާސީ އާއަހަރަށް ފުވައްމުލަކުގެ ސްކޫލްތައް ތައްޔާރީ ކިހާ ވަރަކަށް ބާ؟ 2

ފުވައްމުލަކުގެ ސަރުކާ 4 ސްކޫލް.

ތައުލީމީ އާއަހަރު ފެށެން ވާއިރަށް ފުވައްމުލަކު ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ތައްޔާރުކުރެވިފައި ކަމަށް އެސްކޫލްތަކުން މައުލޫމާތު ދެއްވައެވެ. އެގޮތުން ރަށުގައި ހިމެނޭ ސަރުކާރުގެ 4 ސްކޫލުގެ ވެސް އާބާތުރަ ފިލުވައި، އައު އަހަރުފެށެން ވާއިރަށް ކިޔަވައިދުމުނަށް ތައްޔާރު ކުރެވިފައިވާ ކަމަށް އސްކޫލްތަކުން މައުލޫމާތު ދެއްވިއެވެ. ފުވައްމުލަކުގެ ހުރިހާ ސްކޫލެއްގައި ވެސް 2017 ވަނަ އަހަރު ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. މިދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި 104 ދުވަހު ކިޔވައިދޭއިރު ކިޔެވުން ފެށޭނީ ޖެނުއަރީ 8 ވާ އާދީއަތަ ދުވަހު އެވެ. އަދި ކިޔެވުން ނިމޭނީ 8 ޖޫން ވާ ބުރާސްފަތި ދުވަހު އެވެ.

މިރިޕޯރޓް މިވަނީ ދެބަޔަކަށް ބަހާލެވިފައެވެ. ފުރަތަމަ ބައިގައި ބަލައިލާނީ ފުވައްމުލަކު ސްކޫލާއި ޏ.އޭއީސީގެ ތައްޔާރީ ތަކަށެވެ. ދެވަނަ ބައިގައި ހޭޒް އަދި އެމްޖޭއެމްގެ ތައްޔާރީތަކަށެވެ.

ރަށުގެ އުތުރުން އެމްޖޭއެމް: 

މަދަރުސަތުއް ޝައިޚު މުހައްމަދު ޖަމާލުއްދީން އަކީ ރަށުގެ އުތުރު ސަރހައްދުގެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ. ފާއިތުވި އަހަރު އެއް ސެޝަނުގައި ކިޔަވައިދޭން ފެށި މިސްކޫލުގައި މިއަހަރު ވެސް ކިޔަވައިދޭނީ އެއް ސެޝަނަށެވެ. އެލްކެޖީއިން ފެށިގެން ގްރޭޑް 7 އާއި ހަމަޔަށް ކިޔަވައިދޭ މިސްކޫލުގައި މިއަހަރު 557 ދަރިވަރުން ކިޔަވަމުންދާނެއެވެ. މިދަރިވަރުންނަށް ކިޔަވައި ދިނުމުގައި 36 މުދައްރިސުންނާއިއެކު ޖުމްލަ 60 ހާ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްޖޭއެމުން މައުލޫމާތު ދެއްވިއެވެ.

ތައުލީމީ އައު އަހަރު ފެށުމަށް ތައްތާރުވުމުގެ ގޮތުން އެސްކޫލުގެ ހުރިހާ ޓީޗަރުން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ސްކުލަށް ނިކުންނަށް ފަށާފައެވެ. ތައުލީމީ އައު އަހަރު އމާދަމާ ފެށޭއިރު ދަރިވަރުނަށް މަރުހަބާ ކިޔުމުގެ ގޮތުން އެސްކޫލުގައި ކުޑަކުދިންގެ ޕާކެއް ތައްޔާރުކޮށް ސްކޫލުގެ އިމާރާތްތަކުގައި ކުލަ ލައި ޒީނަތްތެރި ކުރެވިފައި ވާކަމަށް ވެއެވެ. އެމްޖޭއެމްގެ ޕްރިންސިޕަލަކީ އާރިފާ އަބްދުލް މަޖީދެއެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލަކީ ޒިދުނާ ވަޙީދުއެވެ.

ކީސްޓޭޖް 3 ގެ ގްރޭޑް 7 އަށް މުޅިން އާ ފޮތްބަޔަކާއެކު ކިޔެވުން ފެށުމަށް ތައްޔާރުވަމުން ދާއިރު ދަރިވަރުންނަށް ޓެކުސްޓް ފޮތްތައް ވަނީ ދޫކޮށް ނިމިފައެވެ. އަދި ކުދިންގެ ސްޓޭޝަނަރީ ވައުޗަރު މިދިޔަ އަހަރު ސްކޫލް ބަންދުވިއިރު ވަނީ ދޫކޮށްފައެވެ.

އެމްޖޭއެމް ވަނީ މާދަމާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެސްކޫލުން މައުލޫމާތު ދެއްވިއެވެ.

ރަށުގެ އެންމެ ބޮޑު ޕްރަމައިމަރީ ސްކޫލް: 

ހާފިޒް އަހުމަދު ސްކޫލު (ހޭޒް)ގެ ކިޔެވުން ހަމަޖެހިފައިވާ ގޮތުން 2017 ވަނަ އަހަރު އެސްކޫލުގެ ކިޔެވުންވެސް އެއްދަންފަޅިއަށް ބަދަލުކުރެވިގެން ދާނެއެވެ. އެލްކޭޖީ އިން ފެށިގެން ގްރޭޑް 7 އާއި ހަމަޔަށް ކިޔަވައިދޭ އެސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދެވެނީ ހެނދުނު 6:45ން މެންދުރު ފަހު 3:00 އަށް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވިއެވެ. އެސްކޫލުގެ ސެޝަން ތަންކޮޅެއް ދިގު ކަމަށް ފެންނަނީ ޕްރީ ސްކޫލް ކުދިންގެ ސެޝަންތައް ތަންކޮޅެއް ލަހުން ފަށާފައި ނިންމާލާ ވަގުތު ލަސްވެގެންދާތީ ކަމަށް ވެއެވެ. ހޭޒްގެ 2017 ވަނަ އަހަރު ހޭޒްގައި 814 ދަރިވަރުންނާއި 50 ހާ މުދައްރިސުން އެބަތިއްބެވެ. އަދި މިކުދިންނަށް ކިޔަވައިދިނުމުގެ ޓީޗަރުންނާއެކު ޖުމްލަ 87 މުވައްޒަފުން އެކިއެކި ކަންކަމުގައި ހަރަކާތްތެރި ވަމުން ދެއެވެ.

ދިރާސީ އާއަހަރަށް ތައްޔާރުވުމުގެ ގޮތުން، ފާއިތުވި ބުދަ ދުވަހުން ފެށިގެން އެސްކޫލުގެ ޓީޗަރުންވެސް ވަނީ ވަޒީފާއަސް ނިކުތްނަން ފަށާފައެވެ. ބައެއް ޓީޗަރުންގެ މެޑިކަލް ލީވް ފަދަ ކަންކަމާ ހެދި ބުދަ ދުވަހު ނުނިކުމެވުނު ކަމުގައިވިޔަސް ސްކޫލުގެ ކިޔެވުން ފެށެންވާއިރަށް، ނުކުންނާނެ ކަމަށް އެސްކޫލުން ހާމަކުރެއްވިއެވެ. އާ އަހަރަށް އެސްކޫލް ވެސް ވަނީ އާބާތުރަ ފިލުވައި ޒީނަތްތެރި ކުރެވިފައިކ ަމަށާއި އައު އިމާރާތުގެ ބައެއް ފަރުނީޗަރު ލިބުމުގައި ލަސްތަކެއް ވާކަމަށް ވެއެވެ. ނަމަވެސް ހުރިހާ ދަރިވަރުންނަށް ވެސް 8 ޖެނުއަރީގައި ކިޔެވުން ފެނިގެންދާނެ ކަމަށާއި ސްކޫލް ފެނިގެންދާނީ ވަރަށް ރީތި ކިޔަވާހިތްވާ ފަދަ ސްކޫލެއްގެ ގޮތުގައި ކަމަށް ވެއެވެ.

ހޭޒްގައި އައު ކަރިކިއުލަމްގެ ދަށުން މިއަހަރު ގްރޭޑް 7 ގެ ދަރިވަރުން ކިޔަވާނީ މުޅިން އައު ފޮތްތަކަކުންނެވެ. އަދި މީގެ ދެދުވަހެއް ކުރިން ފޮތްތައް ވަނީ ސްކޫލުން ދޫކުރަން ފަށާފައި ކަމަށް އެސްކޫލުގެ އިންފޮމޭޝަން އޮފިސަރ އަޒްލިފާ މައުލޫމާތު ދެއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !