A wide advertisement which will be shown on all devices. (700 x 100)

ޓްރެކިން ޑިވައިސް ނުވަތަ އޮތްތަން އަންގާދޭ އާލާތެއް

ޓްރެކަރ އާލާތުން ފަސޭހަކަމާއެކު ގެއްލޭ އެއްޗެހި ވީތަނެއް ދެނެގަނެވޭ.

އިންސާނުންގެ ތަބީއަތު ހުންނަ ގޮތުން ގެންގުޅޭ އެއްޗެހި ބޭއްވޭތަން ނޭނގުމާއި، އެހެން މީސްމީހުނާއި ހަވާލުކުރެވޭ ތަކެތި ވީތަނެއް ނޭނގުމާއި، އަދި ދަތުރު ގެންދާ ދަބަސް، ފޮށި ފަދަ ތަކެތި ވީނުވީ ގޮތެއް ނުވަތަ ބޭއްވުނު ތަނެއް ނޭނގި ކަންބޮޑުވުންތަކާއި ކުރިމަތިލަން ޖެހޭ ފަހަރުތައް ދިމާވަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް، ޓެކްނޮލޮޖީގެ އެހީގައި މިހާރު މިވަނީ މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދޭނެ އާލާތެއް ތައްޔާރުކޮށްފައެވެ.

“ޓްރެކަރ” ނަމުން ނަންދެވިފައިވާ މިއާލާތަކީ ލާރި ފޮއްޗެއް ވަރުގެ ކުޑަ އާލާތެކެވެ. މީގައި ހިމެނޭ ހިމެނޭ ޖީޕީއެސް ޕްރޮގްރާމުން އެއެއްޗެއް އޮތްތަނެއް އަންގާދެއެވެ.

މިއާލާތް މަސައްކަތް ކުރަނީ ބްލޫޓޫތު މެދުވެރިކޮށް އެއާލާތާއި ފޯނު ގުޅުވާލައިގެންނެވެ. މިއާލާތަށް ލިތިއަމް ކުޑަ ބެޓްރިއެއް ލައްވަންޖެހެއެވެ. އަދި ބޭނުންކުރާ ސްމާޓް ފޯނަށް ގޫގްލް ޕްލޭ ނުވަތަ އެޕްލް ސްޓޯރ އިން ހިލޭ ލިބޭ މީގެ އެޕްލިކޭޝަން ޑައުލޯޑްކުރަން ޖެހެއެވެ.

އަދި ‘ޓްރެކަރ’ ފޮށި ނުވަތަ ދަބަހުގެ ޖީބެއްކަހަލަ ތަނެއްގައި ބޭއްވުމުން އެދަބަސް ހުރި ތަނެއް ޖީޕީއެސް މެދުވެރިކޮށް ފޯނުން ބަލާލެވެއެވެ. ހަމައެގޮތަށް ގެންގުޅެ ތަޅުދަނޑި ފަތީގައި މި ޑިވައިސް ހަރުކޮށްފައި ބޭއްވުމުން ތަޅުގަނޑި ބޭއްވުނު ތަނެއް ނޭނގިގެން ހޯދަން ޖެހޭ ހާލަތްތަކުގައި ފޯނުން ފަސޭހަކަމާއެކު ތަޅުދަނޑި އޮތްތަނެއް ބަލާލެވެއެވެ. އަދި ޓްރެކަރ އެޕްލިކޭޝަންގައި ހިމެނޭ “ރިންގަރ” އަށް ފިތާލުމުން އެލާމްވާން ފަށައެވެ. މިއާއެކު ފަސޭހަކަމާއެކު ތަނޅުދަނޑި ހޯދާގަނެވެއެވެ.

މީގެ އިތުރުން އެއަރޕޯރޓް ފަދަ ތަންތަނުގައި ފޮށި ބަހައްޓާފައި ހަނދާންނެތި ދުރަށް ދެވޭނަމަ ވެސް ‘ޓްރެކަރ’ އިން އެލާރޓްތަކެއް ފޯނަށް ފޮނުވާނެއެވެ. އަދި ހަނދާންނެތި މާދުރަށް ދެވިއްޖެ ނަމަ ޓްރެކަރ ޑިވައިސް ހިމެނޭ ފޮށި އެންމެ ފަހުން ބެހެއްޓިފައިވާ ތަން، ޓްރެކަރ އެޕްލިކޭޝަން ނެޓްވޯކުގެ، ‘ކްރައުޑް ޖީޕީއެސް’އިން ފެންނަން ހުންނާނެއެވެ.

ބައެއް ހާލަތްތަކުގައި ފޯނު ބޭއްވޭތަން ނޭގި ‘ޓްރެކަރ ޑިވައިސް އަތުގައި، ތަޅުދަނޑިފަތީގައި އޮތްނަމަ ފޯނު އޮއްތަނެއް ވެސް ބެލޭ ގޮތަށް ހުރެއެވެ. އެއީ ޓްރެކަރ ޑިވައިސްގައި ހިމެނޭ ‘ރިންގަރ އަށް ފިތާލުމުން ފޯނު ރިންގުވާން ފަށައެވެ. އެއާއެކު ފޯނު ހޯދަން ފަސޭހަ ވެގެންދެއެވެ.

މިއާލާތް މިހާރު އިންޓަނެޓް ވިޔަފާރީގެ ތެރެއިން ފަސެހަކަމާއެކު ލިބެން އެބަހުއްޓެވެ. އަގު އުޅެނީ ގާތްގަޑަކަށް 450 ރުފިޔާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !