A wide advertisement which will be shown on all devices. (700 x 100)

ރޯދަމަހުގެ އެލަވަންސަށް މިވަނީ ކިހިނެތްބާ؟

ރައީސް ޔާމީނުގެ ސަރުކާރުން މިއަހަރުގެ ރޯދަމަހާއި ކައިރިކޮށްފައި ބުނަމުން އައީ އެންމެން ވެސް ހިފަނީ އެއް ރޯދައެއް ކަމަށާއި އެކަމާއި ގުޅިގެން ދޭ އެލަވަންސް ވެސް ވާން ޖެހޭނީ އެންމެންނަށް އެއްވަރުގެ ހަމަހަމަ އެއްޗެއް ކަމަށެވެ. އެގޮތުން ޕަބްލިކް ފޯރަމް ތަކުގައި ސަރުކާރުގެ އިސް ފަރާތްތަކުން ބުނަމުން އައީ ރައީސް ޔާމީނު ބޭނުން ފުޅުވަނީ ހުރިހާ އެންމެނަނަށް އެއްވަރުގެ އެލަވަންސެއްގެ ގޮތުން މިއަހަރުން ފެށިގެން ކޮންމ ރޯދަމަހަކަށް 3000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ކަމަށެވެ. އަދި މިއަހަރު ގެ ރޯދަމަސް ފެށެންވާއިރަށް އެކަން އެގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖުލީހަށް ހުށަހެޅުނު ބިލަށް ވާހަކަ ދެއްކި ފަރާތްކުން އެއްވަރެއްގެ އެލަވަންސެއް ދިނުމަށް ތާއިދުކުރާ ކަން ހާމަކުރީ ކޮން ވިސްނުމެއްގައި ކަމާއި މެދު ސުވާލު އުފެދެއެވެ. އެހެނީ ރައްޔިތުންނަށް، ނުވަތަ ދަށް މުސާރަލިބޭ ވަޒީފާތަކުގައި ތިބި ގިނަބަޔަކު ހިތް ހަމަޖައްސުވަން މަތި އޮމާންކޮށްލީ ނޫން ބާވައެވެ؟ އެހެނީ އެ ތާއިދާއެކު ފަހަތުން ބުނަނީ އެކަން އެގޮތަށް ކުރުމަށް ހުރި ދަތި ތަކުގެ ވާހަކައެވެ. ނުވަތަ ނުވާނެ ކަމުގެ ހެކިތަކެއްވެ. ސަރުކާރާއި އިދިކޮޅު މެންބަރުންގެ ވެސް ވާހަކަ ހުރީ ހަމަ އެގޮތަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓްގައި ހިމެނިފައި ނެތް ފައިސާއަކުން އިނާޔަތަށް އިތުރުވާބައި ހަމަޖެއްސުމާއި، ދައުލަތުން މުސާރަދޭ މީހުންނަށް އިތުރުވާބައި ރައީސް ޔާމީނު ހަމޖައްސަވައި ދެއްވި ކަމުގައި ވިޔަސް އަމިއްލަ ކުންފުނި ތަކުގެ މީހުންނަށް އެކަން ހަމަޖެހޭނެ ގޮތެއް ނެތްކަމަށް ހާމަކުރިއެވެ.
ބިލްގެ ފުރަތަމަ ކިޔުމަށްފަހު ކޮމެޓީ މަރުހަލާގައި ބިލަށް ވަނީ އަސްލު މަފުޙޫމާއި އިދިކޮޅު އިސްލާޙުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ވަޒީފާއާއި ބެހޭ ގާނޫނުގައި ވާގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ކޮންމެ މުސްލިމަކަށް ލިބެން ޖެހޭ ރޯދަމަހުގެ އިނާޔަތް ބަދަލުވެގެން މިދިޔައީ ބައެއް މުސްލިމުންނަށް އިޚުތިޔާރީ އެއްޗެއްގެ ގޮތުގައެވެ. ކޮމެޓީން ފާސްކޮށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ބިލުގައިވާ ގޮތުން، ސަރުކާރުން ބާރުލާފައި ކުރިން ބުނަމުން އައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް 3000 ރުފިޔާގެ ރޯދަމަހުގެ އެލަވަންސް ބަދަލުވެފައި މިވަނީ ހަމައެކަނި ދައުލަތުގެ ވަޒީފާ އަދާ ކުރާ ދިވެހިންނަށެވެ. ކުރިޔަށްވުރެ ބޮޑަށް އެންމެންގެ މެދުން ހަމަހަމަކަން ގެއްލިގެންދާ އެއްޗެއްގެ ގޮތުގައެވެ. އެހެނީ އަމިއްލ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް މިއަހަރު އެލަވަންސް ކުރިއެކޭ އެއްގޮތަށް މުސާރައިގެ 3/1، އަދި ބިދޭސީ މުސްލިމުންނަށް ރޯދަ އެލަވަސްންސް ދިނުމާއި ނުދިނުން ކުންފުނީގެ މައްޗަށް އީޚުތިޔާރީ ކަމެއްގެ ގޮތަށް ދޫކޮށްލީއެވެ. ގިނަ ބިދޭސީ މުސްލިމުންނަށް އެލަވަންސުގެ އެއްވެސް މިންވަރެއް ލިބޭނެކަމަކަށް ޔަގީން ނުކުރެވޭ ގޮތަށް ދޫކޮށްލީއެވެ.

ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ރޯދަ މަސް ފެށުމުގެ ކުރިން، އެ މީހަކަށް ލިބޭ މުސާރައިގެ ތިން ބައިކުޅަ އެއްބައި ދޭންވާނެ އެވެ. އަދި މުސާރައިގެ ތިން ބައިކުޅަ އެއްބައި 2،000ރ. އަށް ވުރެ ކުޑަ ނަމަ ދޭން ޖެހެނީ 2،000ރ. ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. މުސާރައިގެ ތިން ބައިކުޅަ އެއްބައި 10،000ރ. އަށް ވުރެ ގިނަ ނަމަ، ދޭން ޖެހޭނީ 10،000 ރުފިޔާ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !