A wide advertisement which will be shown on all devices. (700 x 100)

މީޑިއާއިން އޮޅުވާލަނީ، ހަގީގީ މައުލޫމާތު ކަމާއިބެހޭ އިދާރާއިން ހާމައެއް ނުކުރޭ!

ފުވައްމުލަކުގައި ދެ ކުދިން ބުލެކްމެއިލްކޮށް ހަށިވިއްކާ ކަމަށް ބުނެ ނޫސްތަކުގައި އެންމެ ގަދަޔަށް ދެކެވޭ އެއްވާހަކައެވެ. ނަމަވެސް ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތް ކަންހިނގާގޮތާއި މުޅިން ތަފާތެވެ. ނޫސްތަކުގައި ރިޕޯތްކުރާގޮތުން ކަމުގެ ސީރިއަސްކަމާއި ހަގީގަތްމުޅިން އޮޅިގެންދެއެވެ. މިމައްސަލާގައި ޝާމިލްވާ ފަރާތްތައްވެސް ނޫސްތަކުން ރިޕޯޓްކުރާ ގޮތާއި ހާސްބައި ތަފާތެވެ. އެގޮތުން ނޫސްވެރިއެއްކަމަށްބުނެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ފަރާތަކީ ނޫސްވެރިއެއްގެ ގޮތުގައި އަހަރުތަކެއް ކުރިން ހަރަކާތްތެރިވިފަރާތެކެވެ. ނަމަވެސް މިއަދު އޭނާއަކީ ޓެކްސީ ޑްރައިވަރެކެވެ. ދެން އޮތީ ނަން މަޝްހޫރި ވިޔަފާރިވެރިޔަކު އޭނާގެ ސްޓޫޑިއޯގައި މިކަމުގައި ޝާމިލްވާ ކުއްޖަކު ގެންގުޅު ކަމަށްބުނާ ވާހަކައެވެ. ނަމަވެސް ކަށަވަރުވެފައިވާ ގޮތުގައި މިމައްސަލާގައި ޝާމިލްވާ އެއްވެސް ކުއްޖަކު އެބުނާ ސްޓޫޑިއޯއެއްގައި މަސައްކަތް ނުކުރާކަމެވެ.

“ފުވައްމުލަކު ދެ އަވަށެއްގެ ދެމެދުގެ ބައެއްގެ މެދުގައި އޮތް ދެކޮޅުވެރިކަމެއް” ކަމަށްބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން ފުވައްމުލަކުގެ ގިނަބަޔަކަށް ސިހުމެއްގެނައި ހަބަރަކަށް ވެގެންދިޔައެވެ. ސަބަބަކީ ރަށުތެރޭގައި އެގޮތަށް ވާހަކަދެކެވުމުން ނުދާކަމަށެވެ. ނަމަވެސް ނޫސްވެރިޔާއަށް މައުލޫމާތު ދިން ފަރާތުން މައްސަލައިގެ ފޯކަސް އެހެން ފަރާތަކަށް އަނބުރާލުމަށް ދިން މައުލޫމާތުތަކެއް ކަމަށް ވެދާނެއެވެ.

ދެން އޮތީ މިމައްސަލައާއި ގުޅޭ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ފުރިހަމަ މައުލޫމާތު ނުލިބޭ ވާހަކައެވެ. ފުލުހުން ކޮންމެވެސް ވަރަކަށް މައުލޫމާތު ހާމަ ކުރިކަމުގައިވިޔަސް ކަމާއި ބެހޭ އެހެން އިދާރާތަކުން ފުރިހަމަ މައުލޫމާތު ހާމަނުކުރުމުގެ ނަތީޖާއެއްގެ ގޮތުން މީޑިއާތަކުން އެބަޔަކު ހިތައް އެރިގޮތަކަށް މައުލޫމާތު ފަތުރަމުން ގެންދިޔުމެވެ. މިހެންކަމުން މިފަދަ މައްސަލަތަކުގައި އެންމެ ފުރިހަމަ މައުލޫމާތު ހާމަކުރަން އެބަޖެހެއެވެ. ބައެއް މީޑިއާތަކުން ބުންޏޭ، ބުންޏޭ ފަދަ މައުލޫމާތުތައް ހާމަކުރަމުންދިޔުމުން ފުވައްމުލަކުގެ ގިނަ ބައެއްގެ މެދުގައި އެކަމުގެ ނުތަނަވަސްކަން އުފެދި ތަފާތު ހިޔާލުތައް ފާޅުކުރަމުން އެބަގެންދެއެވެ. މިހެންކަމުން ކަމާއި ބެހޭ މުއައްސަސާތަކުން ހަގީގަތްހާމަކުރަން އެބަޖެހެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !