A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަހުން ވާހަކަ ދެއްކި ގޮތް ނޭގުނު މީހުން ކޮބައި ބާ؟

ކަނޑުވިކަމަށް ބުނާ މީހުން - އަދި ސަލާމަތްކުރި ބައެއް މީހުން: ސަލާމަތްކުރި ދޯނި މީހުން ނަގާފައިވާ ފޮޓޯ އެއް

މީގެ ދުވަސް ކޮޅެއް ކުރިން (ޖޫން 27، 2015 ގައި) ކަނޑުވެފައިވާ “ފުވައްމުލަކު ބަހުން ވާހަކަ ދައްކާ” ބަޔަކު ކ.ދުވާފަރު މަސް ދޯންޏަކުން ސަލާމަތްކުރީ މާލެއަތޮޅު އޮތް މަސްކަނދެއް ކައިރިންނެވެ. ހައިރާން ކުރުވަނިވި ގޮތަކަށް ސަލާމަތްވި އެމީހުންގެ ގްރޫޕުގައި 6 މީހުން ހިމެނޭ ކަމަށް ވެއެވެ. ކަނޑުވި މީހުންގެ ފަރާތުން އެއީ ކޮންބައެއްކަން އެއްވެސް ފަރާތަކަށް ހާމަކޮށްފައެއް ނުވެއެވެ. ޚުދު އެމީހުން ސަލާމަތްކުރި މަސްދޯނީގެ މީހުންނަށް ވެސް އެއީ ކޮން ބައެއްކަން ނޭގެއެވެ. ނޭގުނު ކަމުގައިވިޔަސް ކަނޑުވެފައިވާ ބަޔަކަށް ވާތީ ސަލާމަތް ކުރީއެވެ.

އެމީހުން ސަލާމްތަކުރި ދޯނީގެ ފަޅުވެރިން ބުނިގޮތުގައި ކަނޑުވެފައިވާ އެ ހަ މީހުން ދޯންޏަށް ނަގައި ކޯސްޓްގާޑަށް ގުޅަން އުޅުމުން އެކަމަށް އެމީހުން ބޭނުން ނުވިކަމަށް ސަލާމަތްކުރި ދޯނީގެ މީހުން މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ. އެހެންވެ ސަލާމަތީ ފަރާތްތަކަށް ނާންގާ ކަމަށެވެ. އެޚަބަރު މީޑިއާއަށް އެނގި ދޯނި ބަދަނރު ކުރި ވަގުތު ކޮންމެވެސް ވަރަކަށް މީޑިއާ އެތަނަށް ދިޔައެވެ. ނަމަވެސް ދޯނި މާލެ އައިސް ތޮށިގަނޑުގައި ޖެހުމާއިއެކު “އެމީހުން” ފައިބައިގެން ދިޔައިރު މީޑިއާއަށް މީހުން ވެސް ތިބީ ކަނޑުވި މީހުންނަކީ ކޮބައިކަން ނޭގިފައެވެ. އެއިގެ ތެރެއިން އެކަކު އެއްދުވަސް ފަހުން ދޯނި ފަޅުވެރިއަކަށް މާލޭ މާރުކޭޓް ސަރަހައްދުން ފެނުނު ނަމަވެސް އަނގައިން ވެސް ނުބުނެ “ނޭގޭ ކަމަށް ހަދައި” ދިޔައީކަމަށް ފެނުނު މީހާ މީޑިއާއަށް މައުލޫމާާތު ދީފައި ވެއެވެ.

ދޯނި މީހުން މައުލޫމާތު ދިންގޮތުގައި “އެމީހުން” (ހާލުގައި ޖެހުނު މީހުން) ބުނި ގޮތުން އެމީހުން ދަތުރުކުރި ލޯނޗު ގަދައިގައި ޖެހި ދެފަޅި ވެ އެމީހުން ކަނޑުވީ އެވެ. އެކަމަކު އެކަމުގެ މައުލުމާތު އެނގޭ އިތުރު އެއްވެސް ފަރާތެއް ނެތެވެ. ސަލާމަތީ ފަރާތްތަކަށް ލޯޗެއް ފަޅައިގެންގޮސް ބަޔަކު ކަނޑުވި ކަމަށް ނުވަތަ ގެއްލިގެން ވެސް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އަދި މީޑިއާގައި ވެސް އެވާހަކަ ދެކެވިފައެއް ނުވެއެވެ.

ނަމަވެސް ސަލާމަތް ކުރެވުނު މީހުން ތިބީ ލޯނޗު، ދޯނިފަހަރުގެ ގޮނޑިތަކުގެ ސީޓުގެ ގޮތުގައި ބޭނުންކުރާ ވައްތަރުގެ ސަތަރި ޖަހާފައިވާ އިސްޕަންޖުގައި ގަނޑުތަކުގައެވެ. އަދި އެއިގެ ފޮޓޯތަކެއް ވެސް ސަލާމަތްކުރި މީހުން ނެގިއެވެ. އެއިގެ ތެރެއިން އެކަކު ހުރީ މަސްކަނދަށް އަރައެވެ. ދެމީހަކު ބޮއެއްގައި އެލިގެންތިއްބާ ސަލާމަތްކުރިއެވެ. އަދި އެއިގެތެރެއިން ބައެއް މީހުންގެ ޙާލު ރަނގަޅު ނުވުމުން ދޯނީގެ ގެގަޑުގެ ތެރޭގައިވާ އެނދުތަކުގައި ބާއްވައިގެން ކޮންމެވެސް ވަރަކަށް ފަރުވާ ވެސް ދީފައި ވެއެވެ. އެމީހުން ސަލާމަތްކުރީ އެދުވަހުގެ އިރު އޮއްސުނު ވަގުތުގައި ކަމަށް ދޯނީގެ މީހުން ބުންޏެވެ. “އެމީހުންގެ ވާހަކަތަކުގައި ސިއްރުކަމެއް ހުރިކަން ފާހަނގަ ކުރެވޭ ކަމަށް ދޯނީގެ މީހުން ބުންޏެވެ. (ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !