A wide advertisement which will be shown on all devices. (700 x 100)

ރަށުތެރެޔަށް ކުނި އެޅުން ހުއްޓާލަމާ؟

އަލީ ޙުޒާމް ހަސަން

ފުވައްމުލަކަކީ މުޅި ރާއްޖެއިންވެސް އެންމެ ރީތި އެންމެ ނަލަ އެއް ރަށެވެ. ފުވައްމުލަކުގެ ބިން ރަނގަޅުކަމާއި ފެހިކަމުގެ ވާހަކަޔާއި، ފުވައްމުލަކުގެ ގުދުރަތީ ރީތި ކަމުގެ ވާހަކަޔަކީ މުޅި ދިވެހި ރާއްޖޭގެ މީހުންވެސް ދައްކާ ވާހަކައެކެވެ. ފުވައްމުލަކުގައި އޮންނަ ތުނޑިއަކީވެސް ރީތި ކަމުގެ ލާމަސީލު ތުނޑިއެކެވެ.

ފުވައްމުލަކުގެ މި ރީތިކަން ދެމަހައްޓަން އަޅުގަނޑުމެން ފުވައްމުލަކު ރައްޔިތުންގެެސް ވަރަށް ބޮޑު ޒިންމާއެއް އެބައޮތެވެ. ތަންތަނަށް ކުނި އެޅުމުގެ އާދަ އަޅުގަނޑުމެން ތެރޭގައި އާންމުވެފައި ވުމުގެ ސަބަބުން މި ރީތިކަން ދަނީ އުނިވަމުންނެވެ. ފުވައްމުލަކުގެ ރީތި މާހައުލުތަކަށް މީހުން ގޮސް އުޅޭ އިރު އެތަންތަނަށް ކުނި އެޅުމުގެ ސަބަބުން އެތަންތަން ވަރަށް ބޮޑަށް ނުތާހިރުވެ އެތަނުގެ ރީތި ކަމުން ލިބޭ ހިތްހަމަޖެހުންވެސް ކުޑަވެގެން ދެއެވެ. މީގެ އިތުރަށް ޕްލާސްޓިކު ފަދަ އެއްޗެހި ތަންތަނަށް އެޅުމުން އެތަންތަނުގައި އުޅޭ ސޫފާސޫއްޕަށާއި ގަސްގަހާ ގެއްސަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

ވީމާ އަޅުގަނޑުމެން އެންމެންވެސް، އަޅުގަނޑުމެންގެ ކޮނޑުގައި އެޅުވިފައިވާ އިޖްތިމާޢީ ޒިންމާ އުފުލާ، ތަންތަނަށް ކުނިއަޅައި ހަޑިކުރުން ހުއްޓާލަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ފުވައްމުލަކަކީ އަބަދުވެސް ރީތި ނަލަ ތަނެއްގެ ގޮތުގައި ދަމަހައްޓަމާ ހިނގާށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • 😁😁

    👍