A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ އެންމެ މޮޅު ޔުނިވަރސިޓީ އަކި ކޮބާ؟

އޮކްސްފޯރޑް ޔުނިވަރސިޓީ - މިއަހަރުގެ ދެ ވަނަ އަށް އެންމެ މޮޅު ޔުނިވަރސިޓީ

މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖެގައި ހުރީ ޖުމްލަ ދެ ޔުނިވަރސިޓީއެވެ. އުމުރުގެ ގޮތުން ވަރަށް ހަނގު އެ ދެ ޔުނިވަރސިޓީއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމިކު ޔުނިވަރސިޓީއެވެ. މި ދެ ޔުނިވަރސިޓީން ވެސް ދިވެހިން ބޭނުންވާ ހުރިހާ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވިފައެއް ނެތެވެ. ރާއްޖޭގައި ދެ ޔުނިވަރސިޓީއެއް ހުރި ކަމުގައި ވިޔަސް ދުނިޔޭގެ މަޝްހޫރު މޮޅު ޔުނިވަރސިޓީ އަކުން ތައުލީމު ހާސިލުކުރުމަކީ ކޮންމެ ދަރިވަރަކަށް ވެސް ލިބޭ މަތިވެރި ޝަރަފެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ޓައިމްސް ހަޔަރ އެޑިއުކޭޝަނުން މިއަހަރު ނެރުނު ދުނިޔޭގެ އެންމެ މޮޅު 24 ޔުނިވަރސިޓީގެ ލިސްޓުގައި ފާހަނގަ ކޮށްފައިވާ ގޮތުން އަދިވެސް ދުނިޔޭގައި ރަސްކަން ކުރަމުން ދަނީ އިނގިރޭސިބަހުން ކިޔަވައިދޭ ޔުނިވަރަސިޓީތަކެވެ. އެގޮތުން މިއަހަރުގެ ލިސްޓުން ފާހަނގަ ކުރެވެނީ އެންމެ ގަދަ 24ގެ ތެރެއިން 16 ޔުނިވަރސިޓީއަކީ އެމެރިކާގެ ޔުނިވަރސިޓީތަކެވެ. އަދި 6 ޔުނިވަރސިޓީ އަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ތަކެވެ. އަނެއް ދެ ޔުނިވަރސިޓީ އަކީ ކެނެޑާ އަދި ސްވިޒަރލޭންޑްގެ ދެ ޔުނިވަރސިޓީއެވެ.

ގަދަ 10 ޔުނިވަރސިޓީގެ ލިސްޓަށް ބަލާއިރު އެމެރިކާގެ 6 ޔުނިވަރސިޓީ އަދި އިނގިރޭސިވިލާތުގެ 3 ޔުނިވަރސިޓީއަކާއި ސްވިޒަރލޭންޑްގެ ޔުނިވަރސިޓީ އަކުން ޖާގަ ހޯދާފައި ވެއެވެ. މިޔުނިވަރސިޓީތައް މިންކުރުމުގައި ބަލާފައިވާ ކަންތައްކުގެ ތެރޭގައި ކިޔަވައިދިނުމާއި ދިރާސާކުރުން އަދި އެހެން ޔުނިވަރސިތީތަކުން އެ ޔުނިވަރސިޓީގެ ނަން ބޭނުންކޮށްފައިވާ މިންވަރު ހިމެނެއެވެ. މިއިން ކޮންމެ ބަޔަކަށް %30 މާކްސް ދީފައިވާއިރު އަނެއް %10 މަސައްކަތުގެ ދާއިރާގައި އެ ޔުނިވަރސިޓީގެ ގުރެޖުއޭޓުން ހިމެނޭ މިންވަރާއި ބައިނަލް އަގުވާމީ ގޮތުން އެ ޔުނިވަރސިޓީއެއްގެ ގުޅުން، ފަދަ ކަންކަމަށް ބަލާފައި ވެއެވެ.

މިއަހަރު (2016)ގެ އެންމެ މޮޅު 12 ޔުނިވަރސިޓީ

1 ވަނަ: ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ،- އެމެރިކާ، ކިޔަވައިދިނުމަށް 95.2 މާކްސް ރިސާރޗް ހެދުމަށް 97.6 މާކްސް ޖުމްލަ:95.2 މާކްސް

ކެލްޓެކް ގެ ނަމުން ރަމްޒު ކުރެވޭ މި ޔުނިވަރސިޓީން ވަނީ ގިނަ ދާއިރާތަކުން ކުރިހޯދާފައެވެ. މިޔުނިވަރސިޓީ ބޮޑަށް މަޝްހޫރު ވެގެން ގޮސްފައި ވަނީ އެ ޔުނިވަރސިޓީގެ ސައިންސާއި އިންޖިނިއަރިން ކޯސްތަކުންނެވެ. މަތީ ތައުލީމު ހާސިލކުރަން އެދޭ ކޮންމެ ކުއްޖަކުވެސް މިޔުނިވަރސިޓީގެ ޑިގްރީއަކަށް މިއަދު އެދެނީ އެއިގެ ފަހުން ދުނިޔޭގެ ކޮންމެތަނަކުންވެސް ވަޒީފާއާއި މެދު އޮންނަ ޔަގީންކަން ބޮޑުކަމާ ހެދިވެސް މެއެވެ.

2 ވަނަ: ޔުނވަރސިޓީ އޮފް އޮކްސްފޯޑް، އިނގިރޭސިވިލާތް، ކިޔަވައިދިނުމަށް 86.5 މާކްސް، ރިސާރޗް ހެދުމަށް 98.9 މާކްސް، ޖުމްލަ:94.2 މާކްސް

މިއީ ދިވެހިންނަށް ވެސް އާ ޔުނިވަރސިޓީއެއް ނޫނެވެ. އޮކްސްފޯޑް ޔުނިވަރސިޓީގެ އޯލެވެލް އަދި އޭލެވެލް އިމްތިހާނު ވެސް ރާއްޖެއިން ގިނަ ދުވަސްތަކެއް ވަންދެން ހެދިއެވެ. ނަމަވެސް މިހާރު ހަދަނީ ކެމްބަރިޖް އޯލެވެލް އަދި އޭލެވެލް އިމްތިހާނު އޮކްސްފޯޑު ޔުނިވަރސިޓީންނެވެ. އޮކްސްފޯޑު ޔުނިވަރސިޓީ އުފެދިފައި ވަނީ މީލާދީ ގޮތުން 1096 ވަނަ އަހަރު އެވެ. މިއީ ދުނިޔޭގެ އެންމެ ދޮށީ ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީ އިން އިނގިރޭސި ވިލާތުގެ 26 ބޮޑުވަޒީރުންނަކީ މިޔުނިވަރސިޓީން ތައުލީމު ހާސިލު ކުރި ދަރިވަރުންނެވެ.

3 ވަނަ: ސްޓެންފޯޑް ޔުނވަރސިޓީ، އެމެރިކާ، ކިޔަވައިދިނުމަށް 92.5 މާކްސް، ރިސާރޗް ހެދުމަށް 98.9 މާކްސް، ޖުމްލަ:93.9 މާކްސް

މިއީ އެމެރިކާގައި ހުރި ކެމްޕަސް އެންމެ ބޮޑު އެއް ޔުނިވަރސިޓީ އެވެ. ސެންފްރެންސިސްކޯ ގެ މަޝްހޫރު ސިލިކަން ވެލީ ކައިރިގާއި ކެމްޕަސް ހުރުމުގެ ފައިދާ ކިތަންމެހާ ވެސް ރަނގަޅަށް އެ ޔުނިވަރސިޓީއަށް ކުރާ ކަމަށް ވެއެވެ. އެމެރިކާގެ ކުރީގެ ރައީސް ހާބާރޓް ހޫވަރ އަކީ މި ޔުނިވަރސިޓީގެ ފުރަތަމަ ބެޗުގެ ދަރިވަރެކެވެ.

4 ވަނަ: ކެމްބްރިޖު ޔުނވަރސިޓީ، އިނގިރޭސިވިލާތް، ކިޔަވައިދިނުމަށް 88.2 މާކްސް، ރިސާރޗް ހެދުމަށް 96.7 މާކްސް، ޖުމްލަ:92.8 މާކްސް 

މިއީވެސް ދިވެހިންނަށް ފަސޭހަ ނަމެކެވެ. ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ޖީސީއީ އޯލެވެލް އަށް މިހާރު ހަދަނީ މިޔުނިވަރިޓީގެ އިމްތިހާނެވެ. އޮކްސްފޯރޑް ޔުނިވަރސިޓީ ހާ ގިނަ ދުވަސް ނުވި ކަމުގައި ވިޔަސް މިއީ ވެސް ދުނިޔޭގެ ނިސްބަތުން ގިނަ ދުވަސް ވީ، 800 އަހަރު ވީ ޔުނިވަރސިޓީއެކެވެ. މިޔުނިވަރސިޓީގައި 100 އަށް ވުރެ ގިނަ ލައިބްރަރީ ހުރި އިރު 15 މިލިޔަނަށް ވުރެ ގިނަ ފޮތް ހުރިކަމަށް ވއެވެ. 

5 ވަނަ: މެސަޝޫސެޓްސް ޔުނިވަރިޓީ، އެމެރިކާ، ޖުމްލަ މާކްސް 92.0

6 ވަނަ: ހާވަރޑް ޔުނިވަރސިޓީ، އެމެރިކާ. ޖުމްލަ މާކްސް 91.6

7 ވަނަ: ޕްރިންސްޓަން ޔުނިވަރސިޓީ. އެމެރިކާ، މާކްސް 90.1

8 ވަނަ: އިމްޕީރިއަލް ކޮލެޖް ލަންޑަން. އިނގިރޭސިވިލާތް، މާކްސް 89.1

9 ވަނަ: ސްވިސް ފެޑެރަލް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެޓް ޒިއުރިކް، ސްވިޒަރލޭންޑް، މާކްސް 88.3

10 ވަނަ: ޔުނިވަރސިޓީ އޮފް ޗިކާގޯ، އެމެރިކާ، މާކްސް 87.9

11 ވަނަ: ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީ، އެމެރިކާ، މާކްސް 87.6

12 ވަނަ؛ ޔޭލް ޔުނިވަރސިޓީ، އެމެރިކާ، މާކްސް 87.4

ދުނިޔޭގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ޔުނިވަރސިޓީން ޖާގަ ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އޭލެވެލް އިމްތިހާނުން 1 ވަނަ ހޯދައިގެން ވެސް ރާއްޖޭގެ ބައެއް ދަރިވަރުންނަށް މިފަދަ ޔުނިވަރސިޓީ ތަކުން ޖާގަ ނުލިބިފައިވާކަން ފާހަނގަ ކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !