A wide advertisement which will be shown on all devices. (700 x 100)

މޯލްޑިވިއަންގެ ދަތުރުތަށް އިތުރު ކުރުމުން އަދި ހިތްހަމައެއް ނުޖެހޭ!

މޯލްޑިވިއަންގެ ފްލައިޓެއް ފުވައްމުލަކު އެއާޕޯޓުން ނައްޓާލަނީ - ފޮޓޯ: ސިފާހު

ރަމަޟާން މަހާ ދިމާކޮށް ފުވައްމުލަކާއި އައްޑޫ ސިޓީ އަށް ދަތުރުކުރާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެފައިވާތީ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މޯލްޑިވިއަން އިން ކުރަމުންދާ ދަތުރުތަށް އިތުރު ކުރުމަށް އެ އާލައިނުން މިހާރު ވަނީ ނިންމާފައިއެވެ.

މިއީ ރަށައް ދާން ބޭނުންވެފައިތިބި މީހުންނަށް ވަރަށް އުފާވެރި ހަބަރެކެވެ. ރަމަޟާންމަސް ފަދަ ބާރުބޮޑު ދުވަސްވަރެއް ގައި ފުވައްމުލަކަށް ދާން ޓިކެޓެއް ހޯދުމަކީ އެހާމެ އުދަގޫ ކަމެކެވެ. ޓިކެޓެއް ނުލިބިއްޖެނަމަ މި ޖެހެނީ ޗާންސަކަށް އެއާޕޯޓަށް ދާށެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ކޮންމެއަކަސް މޯލްޑިވިއަން އިން ފުވައްމުލަކަށް އިތުރު ދަތުރުތަކެއް ކުރަން ނިންމުމަކީ މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމެއްކަމަށް އުއްމީދުކުރެވެއެވެ.

އެހެންނަމަވެސް، ކުރިމަތިވަމުން އަންނަ ރަމަޟާންމަހާއި ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތަށް އިތުރު ކުރިކަމުގައި ވިޔަސް ފުވައްމުލަކު ރައްޔިތުން ބުނަމުން ގެންދަނީ ދަތުރުތަށް އިތުރު ކުރުމުން އަދި ހިތްހަމައެއްނުޖެހޭ ކަމަށެވެ. “ދަތުރު އިތުރުކުރުމަށްވުރެ ޓިކެޓްގެ އަގުހެޔޮ ކުރިއްޔާ ތިޔަށްވުރެ ރަނގަޅުވާނެ” ފުވައްމުލަކު ރައްޔިތަކު ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރު ފާޅުކޮށްފައިވެއެވެ. އިތުރެބައެއް މީހުން ސޯޝަލް މީޑީއާގައި ހާމަކޮށްފައިވާ ގޮތުގައި 100 ވަރަކަށް ދަތުރު ފުވައްމުލަކަށް އިތުރުކުރުމަށް ވުރެ ޓިކެޓްގެ އަގު ހެޔޮކުރުން މާ ރަނގަޅުވާނެ ކަމަށާއި އަދި މިހާރުގެ ޓިކެޓްގެ އަގުތަށް ހުރި ގޮތުން ފުވައްމުލަކަށް ދަތުރުކުރުމަށް ވުރެ އަވައްޓެރި އިންޑިއާ ނުވަތަ ލަންކާއަށް ވެސް އަގުހެޔޮކޮއް ދެވޭ ކަމަށް ބުނެފައިވެއެވެ.

ކޮންމެއަކަސް މޯލްޑިވިއަން އިން ފުވައްމުލަކަށް ކުރާ ދަތުރުތައް އިތުރު ކުރިކަމުގައި ވިޔަސް ފުވައްމުލަކު ރައްޔިތުން އަދި ހިތްހަމައެއް ނުޖެހެއެވެ. މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ދިރިއުޅޭ ފުވައްމުލަކު ރައްޔިތުން ބޭނުންވަނީ ދިވެހިންގެ ގައުމީ އެއާލައިނުން ފުވައްމުލަކަށް ކުރާ ދަތުރުތަކުގެ އަގު މިހާރަށް ވުރެ ހެޔޮވުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !