A wide advertisement which will be shown on all devices. (700 x 100)

ފިސްޑާ ތިންވަނަ މެޗުން ބަލިވެ ގްރޫޕްގެ ފަހު ޖާގައަށް ވާދަކުރަނީ

ފިސްޑާ އާއި ޕޮލިސް ކްލަބު ބައްދަލު ކުރި މެޗުގެ ކޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބުގެ ޖާޒީ ނަމްބަރ 2 އިންތޯސް، ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބާއްވާ އަލްމުދިޝް ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ވާދަކުރަމުންދާ ފުވައްމުލަކު ދެޓީމުގެ ތެރެއިން މާދަޑު ފިސްޑާ ޓީމަށް ތިންވަނަ މެޗުވެސް ގެއްލިއްޖެއެވެ. 

މިއަދު އާދީއްތަ ދުވަހު ޕޮލިސް ކްލަބާއި ވާދަކޮށް ފިސްޑާ ޓީމު ބަލިވެފައި ވަނީ 3-0 ސެޓުން ނެވެ. މިމެޗުގެ ސެޓްތައް ޕޮލިސް ކްލަބުން ގެންގޮސްފައިވަނީ 24 – 26 އާއި 13 – 25 އާއި 19 – 25 އިންނެވެ. މިމެޗުގެ ކޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބުގެ ޖާޒީ ނަމްބަރ 2 އިންތޯސް އެވެ.

މިމުބާރާތުގެ ފުވައްމުލަކުން ބައިވެރި ދެޓީމުންވެސް ތިންމެޗު ކުޅެފައިވާ އިރު ފިސްޑާ ޓީމު މޮޅުވެފައިވަނީ އެއްމެޗުން އަދި މިސްކިތްމަގު ޓީމު މޮޅުވެފައިވަނީ ދެ މެޗުންނެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިދެޓީމު ވާދަކުރަނީ މާދަމާ 20:30 ގައެވެ.

ކުރިއަށް ހުރި މެޗުތައް

16 ނޮވެމްބަރ 2016 – 20:30 މިސްކިތްމަގު އގ – ފިސްޑާ

ނިމުނު މެޗުތަކުގެ ނަތީޖާ

މިސްކިތްމަގު އގ – މޯލްޑިވިއަން ރސ، 3-0 ސެޓުން މިސްކިތްމަގު
މިސްކިތްމަގު އގ – ކ.ޕޯލް ސްޓަރ، 3-1 ސެޓުން މިސްކިތްމަގު
ފިސްޑާ– މޯލްޑިވިއަން ރސ، 3-0 ސެޓުން މޯލްޑިވިއަން
ފިސްޑާ – ކ.ޕޯލް ސްޓަރ، 3-1 ސެޓުން ފިސްޑާ
މިސްކިތްމަގު އގ – ޕޮލިސް ކުލަބް، 3-1 އިން ޕޮލިސް ކްލަބު

ފިސްޑާ – ޕޮލިސް ކުލަބް، 3-0 އިން ޕޮލިސް ކްލަބު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !