ފުވައްމުލަކުގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް ޑެވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ދިވެހި ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއްކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގުޅިގެން ފުވައްމުލަކުގައި ފުޓްބޯޅަ އެކަޑަމީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް ފިސްޑާއިން ހާމަކޮށްފިއެވެ.
އެގޮތުން، ފުޓްބޯޅަ އެކަޑަމީއަށް ޝައުގުވެރިވާ ދަރިވަރުންނާއި އަދި ބެލެނިވެރިންނާއި އެކު ބާއްވާ ބައްދަލުވުމެއް އަންނަ ބުދަދުވަހު އޮންނާނެކަމަށް ފިސްޑާއިން ހާމަކުރެއެވެ. މިއެކަޑަމީގައި ބައިވެރިވުމަށް ޝައުގުވެރިވާ 6 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ބެލެނިވެރިންނާއިއެކު އަންނަ ބުދަދުވަހު 20:30 އަށް ޒުވާނުންގެ މަރުކަޒަށް ވަޑައިގެންދެއްވުމަށް ފިސްޑާއިން އެދިލައްވައެވެ.
މިއެކަޑަމީގެ ބޭނުމަކީ ފުވައްމުލަކުގައި ފުޓްބޯޅަ ދިރުވާ އާލާކުރުމާއި ޒުވާން ކުޅުންތެރިން އުފެއްދުންކަމަށް ފިސްޑާއިން ހާމަކުރެއެވެ.
ޚިޔާލުތައް