A wide advertisement which will be shown on all devices. (700 x 100)

މަސް ރޭހުން އެއްވަނަ ބްލޫ ޓީމަށް

ދަޑިމަގު ޢީދު ފޯރި 2017 - މަސް ބޭނުމުގެ ރޭސް. ފޮޓޯ: އާއިޝަތު އިބްރާހިމް އެފްބީ ޕޭޖު

މިއަހަރު ފިތުރު އީދުގައި ދަޑިމަގު އަވަށުން ރާވައިގެން ކުރިޔަށް ގެންދާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ މަސް ރޭސް ބްލޫ ޓީމުން ކާމިޔާބުކޮށްފިއެވެ. މިއަދު ޢީދު ނަމާދަށް ފަހު ބޭއްވުނު މަސް ރޭހުގައި 5 ޓީމަކުން ބައިވެރިވެފައި ވެއެވެ. މިއީ ޢީދު ކުޅިވަރުގެ ގޮތުގައި މަސް ބޭނުމުގެ ރޭހެއް ފުވައްމުލަކުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.

މަސްރޭހުގައި ބައިވެރިވި ޓީމުތަކަކީ ރެޑް ޓީމު (ރާޑޯ ޓީމު)، ބްލޫ ޓީމު (ހުސެއިން ޓީމު)، ޕާރޕްލް ޓީމު (އިރުޓޯ ޓީމު)، ގްރޭ ޓީމު (ނަބިއްލޭ ޓީމު) އަދި ވައިޓް ޓީމު (ފެޑެރޭޝަން ޓީމު) އެވެ. މަސް ރޭހަކީ ފުވައްމުލަކުގައި އާއްމު ރޭހަކަށް ނުވަނީ ރަށުގެ ވަށއިގެން މާކަނޑު އޮވެ، ފަޅެއް ނެތުނުން ފަރުމަސް ބޭނުން އެހާ ފަސޭހަ ނުވާތީ ކަމަށް ބެލެވެއެވެ.

މަސް ރޭހުން އެއްވަނަ ހޯދި ޓީމު ކަނޑައެޅީ އެންމެ ގިނަ މަސް ބޭނި ޓީމަށް ބަލައިގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިދިޔަ އަހަރު ކުރީކޮޅު އެލައިޑު އިންސުއަރެންސުން ވަނީ “ކައްޓެޅި ފޯރި” ގެ ނަމުގައި ފުވައްމުލަކަށް މަޝްހޫރު ކައްޓެޅި ބޭނުމުގެ ރޭހެއް ބާއްވާފައެވެ. މީގެ އިތުރުން 2011 ގައި ވެސް ވަނީ ކައްޓެޅި ބޭނުމުގެ ރޭހެއް ބާއްވާފައެވެ.

ގުޅޭ ލިޔުން

ކައްޓެޅި މުބާރާތި ޗެމްޕިއަންކަން “މުށިމަސް” ޓީމް ހުވާފި

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !