A wide advertisement which will be shown on all devices. (700 x 100)

މެސީގެ ހެޓްރިކާއެކު ފަހުމެޗުން އާރޖެންޓީނާއަށް ވޯލްޑްކަޕުގެ އޮޓޮމެޓިކް ޖާގައެއް

މެސީ ވަނީ ރޭގެ މެޗުގައި އާޖެންޓީނާ ސަލާމަތްކޮށްދީ ހެޓްރިކަކާއެކު ގައުމީ ޓީމު ވޯލްޑްކަޕަށް ކޮލިފައިކޮށްދީފައެވެ. ފޮޓޯ: ޓެލެގްރާފް

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގެ ފަހު މެޗުން އާރޖެންޓީނާއަށް އޮޓޮމެޓިކް ޖާގައެއް ކަށަވަރުކޮށްފިއެވެ. ދެކުނު އެމެރިކާގެ ކޮލިފިކޭޝަން މެޗުތަކުގެ ފަހު ބުރު ރޭފަތިހު ކުޅެވުނު އިރު އާރޖެންޓީނާ އޮތީ ކޮލިފައި ނުވެދާނެ ކަމުގެ ބިރު ކުރިމަތިވެފައެވެ. ރޭގެ މެޗަށް އާޖެންޓީނާ ނިކުތް އިރު އެޓީމު އޮތީ 25 ޕޮއިންޓާއެކު ތާވަލުގެ 6 ވަނާގައެވެ. 

އޮތޮމެޓިކު ޖާގަ 4 ޓީމަކަށް ލިބޭއެިރު 5 ވަނަ ޖާގައަށް އޮޝެނިއާ ޕްލޭ އޯފެއް ކުޅެން ފުރުސަތުލިބެއެވެ. ނަމަވެސް ރޭގެ މެޗުގައި އާޖެންޓީނާގެ މަޝްހޫރު ތަރި ލިއޮނެލް މެސީ ހެޓްރިކާއެކު 6 ވަނާއގައި އޮތް ޓީމު ތާވަލުގެ 3 ވަނައަށް ކުރިއަރައި، އަންނަ އަހަރުގެ ވޯލްޑްކަޕްގެ އޮޓޮމެޓިކް ޖާގަ ޔަގީން ކުރީ ގިނަ ދިވެހިންތަކަކާއި ފުޓުބޯޅައަށ ްލޯބިކުރާ ގިނަފަރާތްތކެއް ހިނުތުންވުނެ ގެނެސްދެމުންނެވެ.

ދިހަ ޓީމު ވާދަކުރާ ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފިކޭޝަން ގައި ކުޅެނީ ކޮންމެ ޓީމެއްވެސް ހޯމް އެންޑް އަވޭ އުސޫލުން ބައްދަލުކޮށް އެންމެ ގިނަ ޕޮައިންޓް ހޯދާ 4 ޓީމަކަށް އޮޓޮމެޓިކް ޖާގަ ލިބޭ ގޮތަށެވެ. 

ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ލީގުގެ ކުޅުން ރޭ ނިމުމުއިރު އެއްވަނާގައި ބްރެޒިްލ އޮތީ 41 ޕޮއިންޓާއެކުއެވެ. ދެވަނަ 31 ޕޮއިންޓްން އުރުގުއޭ އަށް ލިބޭ އިރު 3 ވަނަ އާޖެންޓީނާއަށް ލިބެނީ 28 ޕޮއިންޓުންނެވެ. އަދި 4 ވަނަ ކޮލަމްބިއާއަށް ލިބެނީ 27 ޕޮއިންޓުންނެވެ. ޕްލޭ އޯފްގެ ޖާގަ (5 ވަނަ) ޕެރޫ އަށް ލިބެނީ 26 ޕޮއިންޓުންނެވެ.

1. ބްރެޒިލް: ޕޮއިންޓް  41  ގޯލް ތަފާތު 30+

2. އުރުގުއޭ: ޕޮއިންޓް:  31 ގޯލް ތަފާތު 12+

3. އާރޖެންޓީނާ؛ ޕޮއިންޓް 28  ގޯލް ތަފާތު 3+

4. ކޮލަމްބިއާ: ޕޮއިންޓް 27  ގޯލް ތަފާތު 2+

5. ޕެރޫ: ޕޮއިންޓް 26  ގޯލް ތަފާތު 1+

6. ޗިލީ: ޕޮއިންޓް 26  ގޯލް ތަފާތު 1-

 ރޭ ޗިލީ އާއި ބްރެޒިލް ބައްދަލުކުރި މެޗު 3-0 ބްރެޒިލް މޮޅުވެ ޕެޜު ކޮލަމްބިއާ މެޗު 1-1ން އެއްވަރުވުމުން އަންނަ އަހަރުގެ ވޯލްޑް ކަޕް ހުވަފެން ޗިލީއަށް ބޭކާރުވީއެވެ. ރޭގެ މެޗުގައި 2-0 ގެ ތަފާތުން ބަލި ވިނަމަވެސް ޗިލީއަށް ފުރުސަތު އޮތީހެވެ. އެއާއެކު މިހާރު ޔޫރަޕްގެ ލީގުތަކުގައި ކުޅޭ މަޝްހޫރު އަރުތޫލް ވިދާލް އެލެކްސް ސަންޗޭޒް ފަދަ ގިނަ ކުޅުންތެރިނަށް މިވަނީ 2018 ގެ ވޯލްޑް ކަޕާއި އަލްވަދާޢު ކިޔަން ޖެހިފައެވެ. 

ޕެރޫއަށް ޕްލޭ އޯފްގައި އޮތީ ފަސޭހަ ދެ މެޗެކެވެ. އެއީ އޯޝަނިއާގެ ޗެމްޕިއަން ނިއުޒީލޭންޑާއި ދެކޮޅަށް ހޯމް އެންޑް އަވޭ އުސުލުން ކުޅޭ ދެ މެޗެވެ. މި ޕްލޭ އޯފްގެ ތާރީޚަށް ބަލާއިރު މުޅިންވެސް ކާމިޔާބު ހޯދާފައިވަނީ ދެކުނު އެމެރިކާގެ ޓީމުތަކުންނެވެ. ދެކުނު އެމެރިކާގެ ފުޓުބޯޅައާއި އޭޝިއާ އަދި އޯޝެނިއާގެ ފުޓުބޯޅައާއި ރަނގަޅަށް ވާދަކުރެވޭ ތަނެއް އަދި ނުފެނެއެވެ.

މީގެއިތުރުން ރޭ ވަނީ ކޮލިފިކޭޝަންގެ ބޮޑުބައެއް ނިންނާލާފައެވެ. އެގޮތުން ޔޫރަޕާއި ދެކުނު އެމެރިކާ އަދި އޭޝިއާގެ ވެސް މައިގަނޑު ކޮލިފިކޭޝަން ތައް ނިމުނީއެވެ. ދެން އޮތީ ޕްލޭ އޯފްގެ ޖާގަތަކަށް ކުޅޭ ބުރުތަކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !