A wide advertisement which will be shown on all devices. (700 x 100)

ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގަށް

ފުވައްމުލައް ސިޓީ ކައުންސިލްގެ ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގު އ.ގ ޓީމަށް. ފޮޓޯ: ފވމސީޓީ ކައުންސިލް

ފުވައްމުލަކު ސިޓީގައި ބޭއްވި ވެޓަރަންސް ކަޕްގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ.

ރޭ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ އައިޑިއަލް ސްކޫލްގެ މައްޗަށް 7-1 އިން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމްގެ އަހްމަދު ސައީދު (އައްމަޓީ)، އަހްމަދު ސައީދު (ކުޑޭ) ގެ އިތުރުން އެޓީމްގެ ގޯލްކީޕަރ އިބްރާހިމް މުހައްމަދު އެވެ. މީގެ އިތުރުން އައިޑިއަލް ސްކޫލްގެ އަބްދުﷲ ސައީދު އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް ފުވައްމުލައް ގެ އިބްރާހިމް އަބްދުލް ޖަލީލް އެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ އައިޑިއަލް ސްކޫލްގެ އަބްދުﷲ ރާއިޒް އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަލީ ރަވާއު އިބްރާހިމް މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ފެއެއަރ ޕްލޭ ޓީމަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް ފުވައްމުލައް ޓީމެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ދިހަ ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ފަސް ހާސް ރުފިޔާ ދީފައިވެއެވެ.

ސިޓީ ކައުންސިލުން އިންތިޒާކޮށްގެން މިމަހު 18 ވަނަ ދުވަހު ފުޓްސަލް އަންހެން އަދި ފިރިހެން ޓީމްތައް ބައިވެރިވާ މުބާރާތެއްވެސް ފެއްޓުމަށް ހަމަޖެހިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !