ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗު މިސްކިތްމަގު އެންމެންގެ ގުޅުމުން ކާމިޔާބުކޮށްފިއެވެ. މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދިޔަ މިމެޗު މިސްކިތްމަގުން ކާމިޔާބުކޮށްފައި ވަނީ މޯލްޑިވިން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް މިސްކިތްމަގުން ގެންދިޔައީ 25-19، 25-15 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތްމަގުގެ ނިރްމަލާ އެވެ.
ލީގުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ 3 ޓީމެވެ. އެއީ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކްލަބާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
މިމުބާރުގެ އަންހެންޑިވިޝަނުގެ ދެވަނަ މެޗުގައި މިއަދު ހަވީރު މިސްކިތްމަގު ނިކުންނާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓީމާއި ދެކޮޅަށެވެ.
+1
+1
ޚިޔާލުތައް