A wide advertisement which will be shown on all devices. (700 x 100)

ފުޓުބޯޅަ ކުޅުންތެރިން މާސްކުގައި

ފުޓުބޯޅަ ކުޅުންތެރިން މާސްކުގައި

ޔޫރަޕުގެ ބޮޑެތި ލީގުތައް ނިމެމުން ދާއިރު މާސްކްގައި ކުޅޭ ކުޅުންތެރިންނަކީ ފާހަގަކޮށްލަން ޖެހޭ ބައެކެވެ. ފުޓުބޯޅަ ކުޅޭ އިރު މާސްކު އެޅުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް މާސްކްގައި ކުޅޭ ކުޅުންތެރިންނަކީ ފާހަނގަކޮށްލެވޭ ފަދަ، ޓީމަށް މުހިންމު އަދި ކުޅިބަލާ މީހުން ޝައުގުވެރިވާ ފަދަ ކުޅުމެއް ދައްކަމުން ދާބައެކެވެ.
އެގޮތުން މި ނިމޭ ސީޒަނުގައި ފާހަނގަކޮށްލެވޭ ކުޅުތެރިންގެ ތެރޭގައި ބެޔާން މިއުނިކްގެ ލެވެންޑޯސްކީ އާއި ޗެލްސީގެ ގޯލް ކީޕަރު ޕީޓަރ ޗެކް، މިޑްފިލްދަރ ސެސް ފެބްރިގާސް އަދި ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ހިމެނެއެވެ.
މީގެ އިތުރުން ވެސް މާސްކް އަޅައިގެން ކުޅެފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި، ޕައުލޯ މަލްޑިނީ، ޗެލްސީގެ ފެނާންޑޯ ޓޯރޭޒް، ޖޯން ޓެރީ، ޑެމްބާ ބާ، ރަމިލްރޭސް، ޕެރިސް ސެއިންޓް ޖާމެންގެ ބްރެޒިލިއަން ވިންގު ނީނެ، އިނގިރޭސި ވިލާތުގެ ޕޯލް ގެސްކޮއިން، ތުރުކީގެ ސާވެޓް ސެޓީން، ކްލާސް ހަންޓްލަރ، ޑެންމާކުގެ ނިކްލަސް ބެޓްނަރ، އާސެނަލްގެ ތިއޯ ވޯލްކަޓް، ވިގަން އެތްލެޓިކްގެ މެކް އާރތަރ، ޔުވެންޓަސްގެ ޑާވިޑް، އެތްލެޓިކޯ މެޑްރިޑުގެ މަންޒުކިޗް، ޝާލްކޭގެ މެޒެލްޓަރ، ބެޔާން ލެވަކޫސަންގެ ރޮބިން ޑަޓް، އޭސީ މިލާންގެ ޕަޒޯ، ބާސެލޯނާގެ ކުރިގެ ކެޕްޓަން ކާލޯސް ޕުޔޯލް އަދި ލާޒިއޯގެ ގޯލްކީޕަރު މާޗެއްޓީ ހިމެނެއެވެ.

މިކުޅުންތެރިން މާސްކުގައި ކުޅެނީ ކީއްވެ؟
މާސްކުގައި ކުޅެން ކުޅެން ހުއްދަ އޮންނަނީ ސަލާމަތީ ގޮތުން ބޭނުންކުރެވޭ މާސްކަކަށް ވެފައި މާސްކް އަޅާ ކުޅުންތެރިޔާ ކުޅެން ބޭނުންވުމާއި އެކުޅޭ ގައުމެއް ނުވަތަ ޓީމަކުން އެފަދަ ކުޅުންތެރިޔަކު ލައްވާ ކުޅުވަން ބޭނުން ވެއްޖެ ޙާލަތެއްގައި އެކަންޏެވެ. މަތީގައި އެފާހަނގަ ކުރެވުނު ކުޅުންތެރިންގެ އިތުރުން އެހެން ކުޅުންތެރިން ވެސް މާސްކުގައި ކުޅެނީ އެކުޅުންތެރިޔަކަށް ލިބިފައިވާ އަނިޔާއަކަށް ސަލާމަތީ ގޮތުންނެވެ. އަދި އެކުޅުންތެރިންނަކީ ޓީމަށް އެހާ މުހިންމު ކުޅުންތެރިންނަށް ވެފައި އެކުޅުންތެރިން ވެސް ކުޅެން ބޭނުން ވެގެންނެވެ. މިފަދަ ކުޅުންތެރިންނަށް ކުޅިބެލުންތެރިން ގެ ޚާއްސަ ސަމާލުކަމެއް ވެސް ލިބެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !