A wide advertisement which will be shown on all devices. (700 x 100)

އުނދަގުލުން އިނގިރޭސިންނަށް ލިބުނީ ގުރޫޕުގެ 2 ވަނަ

ވޭލްސްގެ ބޭލް (ޖ.11) މުބާރާތުގައި 3 ގޯލުޖަހައި ގޯލު ލިސްޓުގެ ކުރީގައި

މިހާރު ކުރިޔަށްދާ ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް ރޭ ނިމުނު އިރު އިނގިރޭސިންނަށް ލިބުނީ ގުރޫޕުގެ 2 ވަނައެވެ. މުބާރާތުގައި އަލަށް ކުޅުނު ސްލޮވާކިއާއިން އިނގިރޭސިންނާއި ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން 4 ޕޮއިންޓާއެކު ސޮލްވާކިއާއަށް ގުރޫޕުގެ 3 ވަނަ ލިބި ދެވަނަ ބުރުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. މިގްރޫޕުގައި ރޭ ދެން ރަޝިއާ ދެކޮޅަށް ކުޅުނު އިނގިރޭސި އިއްތިހާދަށް ނިސްބަތްވާ ވޭލްސް އިން ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލާފައި ރަޝިއާގެ މައްޗަށް 3-0ން ކުރި ހޯދައި ގުރޫޕްގެ އެއްވަނަ ހޯދާފައެވެ. މިނަތީޖާއާއެކު ރަޝިއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

ރޭގެ މެޗަށް އިނގިރޭސި ކޯޗް ރޮއީ ހޮޖުސަން ވަނީ 6 ބަދަލެއް ޓީމަށް ގެނެސްފައެވެ. ކުރިން ވޭލްސްގެ މައްޗަށް 2-1ން ކާމިޔާބު ހޯދި ޓީމުގައި ހިމެނުނު ކެޕްޓަން ވެންރޫނީ އާއި ހެރީ ކޭން އަދި ޑެލީ އަލީ ދެވަނ ހާފުގައި މޮޅުން މޮޅުވޭތޯ ނެރެން ޖެހުނެވެ. ގިނަ ހަމަލާތަކެއް (27 ހަމަލާ) އިދިކޮޅު ގޯލަށް ދިން ނަމަވެސް މެޗު ނިންމާލަން ޖެހުނީ ގޯލެއް ނުޖެހި 0-0ން ނެވެ.

މެޗުގެ ފަހު ހާފުގައި ސްލޮވާކިއާގެ ކުޅުން ވަރުގަދަވެ އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިން، މެއިން ކީޕަރު ޖޯ ހާޓަށް ދިން ޕާސް ސްލޮވާކިއާގެ ރޮބަޓް މެކް އަތުލައި ހުހަށް ހުރި ގޯލަށް ފޮނުވާލި ބޯޅަ ގޯލާއި އަމާޒު ނުވިއެވެ. ސްލޮވާކިއާއަށް މެޗު އެއްވަރުވުމުން 4 ޕޮއިންޓާއެކު ދެވަނަ ބުރުގެ އުއްމީދު ވަރަށް ބޮޑެވެ. ގްރޫޕްތަކުގެ 3 ވަނަތަކުން 4 ޕޮއިންޓް ލިބޭނެ ކަމަށް ބެލެވޭ މަދު ޓީމުތަކުގެ ތެރޭގައި ހިމެނި 3 ވަނަ ޖާގައެއް ލިބޭނެކަމަށް ބެލެވެއެވެ.

ރޭގައި ދެން ކުޅެވުނު ރަޝިއާ ވޭލްސެގެ މެޗު ފެށިގެން ނިމެންދެން ވެސް މޮޅަށް ކުޅެ ގިނަ ހަމަލާ ދެމުންދިޔައީ ވޭލްސްގެ ޓީމުންނެވެ. މިމެޗުގައި ރިއަލް މެޑްރިޑްގެ ފޯވަޑް ގެރެތު ބޭލް އާއި އާސެނަލްގެ ފޯވަޑް އާރޮން ރަމްސީގެ ހަމަލާތައް ފާހަނގަ ވިއެވެ. މެޗުގެ ފުރަތަމަ ގޯލު މެޗުގެ 11 ވަނަ މިނިޓްގައި ބޭލްގެ ޕާހަކުން ރަމްޒީ ޖަހައިދިން އިރު ދެވަނަ ގޯލު 20 ވަނަ މިނިޓުގައި ޖަހައި ދިނީ ޓޭލާ ޖެހީވެސް ބޭލް ހިފައިގެން ކުރިޔަށް ދިޔަ ބޯޅައެއް ރަޝިއާ ކުޅުންތެރިއަކު ސަލާމަތްކުރަން ޖައްސާލުމުން ޓޭލާއަށް ލިބިގެންނެވެ. މިއީ ޓޭލާ ގައުމީ ޓީަމށް ޖަހައިދިން ފުރަތަމަ ގޯލެވެ. ދެވަނަ ހާފުގައި ބޭލް ގޯލެއް ކާމިޔާބުކޮށް ދިންއިރު އޭނާ ވަނީ ރަޝިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ދީފައެވެ. މިގޯލާއެކު ބޭލް ވަނީ 3 ގޯލުޖަހައި މިމުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ގުރޫޕުން އެއްވަނަ ލިބުމުން ވޭލްސްގެ ކޯޗް ކޯލްމަން ހުރި ވަރަށް ހިތްހަމަ ޖެހިފައެވެ. ޚާއްސަކޮށް އިނގިރޭސި ޓީމު ހިމެނޭ ގުރޫޕެއްގެ ކުރި އެމީހުނަށް ލިބުމުންނެވެ.

ގްރޫޕް ބީގެ ޕޮއިންޓް ޓޭބަލް

ވޭލްސް    ކމ.3 ފގ.3+ ޕ 6

އިންގްލޭންޑް ކމ.3 ފގ.1+ ޕ 5

ސްލޮވާކިއާ  ކމ.3 ފގ.0 ޕ 4

ރަޝިއާ   ކމ.3 ފގ.4- ޕ 1

މިމުބާރާތުގައި މިރޭ 4 މެޗު ކުޅޭނެއެވެ. ފުރަތަމަ ގްރޫޕް ސީގެ ދެމެޗު 9 ޖަހާއިރު ކުޅެއިރު 12 ޖަހާއިރު ކުޅޭނީ ގްރޫޕް ޑީ ގެ ދެމެޗުވެ.

ގްރޫޕް ސީ:

ޔުކްރޭން vs ޕޮލޭންޑް، އަދި އުތުރު އަޔަލޭންޑް vs ޖަރުމަން.

ގްރޫޕް ޑީ:

ތުރުކީ vs ޗެކް ރިޕަބްލިކް، އަދި ސްޕެއިން vs ކްރޮއޭޝިއާ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !