މިހާރު ކުރިޔަށްދާ ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ގުރޫޕް ޑީ ގެ ފުރަތަމަ މެޗުގައިގެ ފަހު ވަގުތު ސްޕޭން ހައިރާންކޮށްލާފައި ގްރޫޕުގެ އެއްވަނަ ކްރުއޭޝިއާއިން ހޯދީ 1-0ން މޮޅުވެގެންނެވެ. ދެވަނަ މެޗުގައި ތުރުކީން ވަނީ ޗެކް ރިޕަބްލިކްގެ މައްޗަށް 3-0ން ކުރި ހޯދައި ގުރުޕްގެ އެއްވަނަ އަށް ވަނީ އަރާފައެވެ. މިގްރޫޕުގެ ގުރޫޕުގެ 3 ވަނަ ތުރުކީ އަށް ލިބެނީ 3 ޕޮއިންޓާއި ގެއްލުން 2 ގޯލުންނެވެ. ވުމާއެކު 3 ވަނަ ޓީމުތަކުގެ ގަދ 4 ގެ ޖާގައެއް ލިބުމުގެ ފުރުސަތު ހަންޏެވެ.
މެޗު ނިމެން ދަނިކޮށް ކްރޮއޭޝިއާގެ އިވާން ޕެރިސިޗް މިރޭ ސްޕެއިން ކޮޅަށް ޖެހި ގޯލާއެކު ގްރޫޕުގެ އެއްވަނަ ހޯދީ 2-1ން ސްޕޭން ބަލިކޮށްގެންނެވެ. ފަހަތުން އަރައއި އެންމެ ފަހުގެ ދެ ޔޫރޯ މުބާރާތުގެ ޗެމްޕިއަން ސްޕޭންގެ މައްޗަށް ކުރި ހޯދައި ގުރޫޕް ސްޓޭޖުން 7 ޕޮއިންޓާއެކު އެއްވެސް މެޗަކުން ބަލި ނުވެއެވެ. މެޗު ފެށިގެންނާއެކު ސްޕޭނުގެ ރީތި ކުރު ޕާސްތަކާއެކު އަލްވާރޯ މޮރޯއްޓާ ވަނީ ސްޕޭނަށް މެޗުގެ ލީޑު ނަގައިދީފައެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާގެ ނިކޮލާ ކަލިނިޗް ވަނީ މެޗް އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފު ފަހުބައިގައި ރެފްރީ ޕެނަލްޓީއެއް ދިނުމުން ކްރޮއޭޝިއާގެ ކުޅުންތެރިން މައްސަލަޖެއްސީ އެއިގެ ކުޑައިރުކޮޅެއް ކުރިން ދާދި އެއްގޮތް ހާދިސާއެއްގައި ކްރޮއޭީއާ ކުޅުންތެރިއަކު ސްޕެއިންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ސްޕެއިންގެ އޭރިއާ ތެރެއިން ވެއްޓުމުން ރެފްރީ ޕެނަލްޓީއެއް ނުދީ މިފަހަރު ސްޕެއިނަށް ޕެނަލްޓީއެއް ދިނުމުންނެވެ. ނަމަވެސް ރެފްރީގެ ނިންމުން ބަދަލުނުކޮށް، ސާޖިއޯ ރާމޯސް ޖެހި ޕެނަލްޓީ ކްރޮއޭޝިއާ ކީޕަރު ދިފާޢު ކުރިއެވެ. ސްޕެއިނުން މެޗުގެ
ގިނަ ވަގުތު އެމީހުންގެ ބާރުގެ ދަށުގައި މެޗު ކުޅެމުން ދިޔަނަމަވެސް ކައުންޓަރ އެޓޭކްގައި ކްރޮއޭޝިއާއިން ދިޔައީ ސްޕެއިނުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗު ނިމެން 2 މިނިޓަށް ވެފައި ވަނިކޮށް ކައުންޓަރ އެޓެކެއްގައި ކްރޮއޭޝިއާއިން އިވާން ޕެރިސިޗް ގޯލު ޖެހީ ސްޕެއިންގެ ކީޕަރ ޑެހެއަރ ގެ ކައިރިން ގޯލުގެ ހަނި ކަނަށް ބޯޅަ ވައްދާލައި ގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކްރޮއޭޝިއާގެ ޕެރިސިޗް (ޖ.4) އެވެ. މެޗު އެއްވަރުކޮށްގެން ވެސް ސްޕޭނަށް ގްރޫޕުގެ އެއްވަނަ ލިބެން އޮތްވާ ބަލިވުމުން 2 ވަނަ ޓީމުގެ ގޮތުގައި ގަދަ 16ގެ ފުރަތަމަ މެޗުގައި ވަރުގަދަ އިޓާލީއާއި ބައްދަލުރަން ޖެހުނީއެވެ.
ގްރޫޕް ޑީ ގެ ޕޮއިންޓް ޓޭބަލް
ކްރޮއޭޝިއާ ކމ.3 ފގ2+ ޕ 7
ސްޕެއިން ކމ.3 ފގ.3+ ޕ 6
ތުރުކީ ކމ.3 ފގ.2- ޕ 3
ޗެކް ރިޕަބްލިކް ކމ.3 ފގ.3- ޕ 1
މިމުބާރާތުގައި މިރޭ ކުޅެވޭނީ ގްރޫޕް އީ އަދި އެފް ގެ 4 މެޗެވެ. އެހިސާބުން ގްރޫޕް މެޗުތައް ނިމޭނެއެވެ.
ގްރޫޕް އީ ރޭގަނޑު 9:00 ގައި:
އިޓާލީ vs ރިޕްބްލިކް އޮފް އަޔަރލޭންޑް، އަދި ސްވިޑުން vs ބެލްޖިއަމް.
ގްރޫޕް އެފް، ރޭގަނޑު 12:00:
އައިސްލޭންޑް vs އޮސްޓްރީއާ، އަދި ހަންގޭރީ vs ޕޯޗުގަލް
ޚިޔާލުތައް