A wide advertisement which will be shown on all devices. (700 x 100)

100% ރެކޯޑާއެކު އާޖެންޓީނާ ފައިނަލަށް

ސެމީ-ފައިނަލުގައި 4-0ން އެމެރިކާ ބަލިކުރި މެޗުގައި މެސީ 1 ގޯލު ޖަހައި 2 ގޯލު ޖެހުމަށް އެހީތެރިވެދިން. ފޮޓޯ: އީއެސްޕީއެން

މިއަދު ހެނދުނު ކުޅެވުނު ކޮޕާ އެމެރިކާ 2016 ސެންޓެނާރިއޯ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗުގައި 4-0ން އެމެރިކާ ބަލިކޮށް %100 ރެކޯޑާއެކު އާޖެންޓީނާ ފައިނަލަށް ދަތުރު ކޮށްފިއެވެ. ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ އާއެކު އެމެރިކާ ޓީމަށް ވަނީ އާޖެންޓީނާ ކައިރީ ހިފަހައްޓާނުލެވިފައެވެ.

މެޗުގެ ގެ ފުރަތަމަ ގޯލު މެޗުގެ 3 ވަނަ މިނިޓުގައި ލަވޭޒީ ޖެހީ މެސީގެ ޕާހަކުންނެވެ. ދެވަނަ ގޯލު މެސީ ޖެހީ ލިބުނު ހިލޭ ޖެހުމެއް ފުޅައް މަތިން އޮޅާލާފައި ގޯލުގެ މަތީ-ދުރު ކަނަށް ޖަހައިގެންނެވެ. މެސީ ގެ މިގޯލާއެކު އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. ކުރިން މިރެކޯޑް އޮތީ 54 ގޯލު ޖަހައިގެން ކުރީގެ ފޯވަޑް ގަބްރިއެލް ބަޓިސް ޓޫޓާއަށެވެ. މެސީގެ މިގޯލަކީ ގައުމީ ޓީަމށް ކާމިޔާބުކޮށް ދިން 55 ވަނަ ގޯލެވެ. މިމުބާރާތުގައި މެސީ ޖެހި 5 ވަނަ ގޯލާއެކު އެންމެ ގިނަ ގޯލުޖަހައގެން ގޯލްޑަށް ބޫޓަށް މެސީ ވާދަކުރާނީ ޗިލީގެ ކާލޯސް ބަކާއާ (6 ގޯލު) އެވެ.

ދެވަނަ ހާފުގައި އާޖެންޓީނާއިން ޖެހި ދެގޯލު ވެސް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ (ޖ.9) ހިގުއިން އެވެ. ފަހު ގޯލަކީ މެސީ ހިފައިގެން ގޮސް އިދިކޮޅު ގޯލް އޭރިއާ ތެރެއަށް ވަދެފައި މުޅިން ހުސްކޮށް ހިގުއިން އަށް ދިން ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

މެސީ އާއެކު އާޖެންޓީނާ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިފައި ނުވާކަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މިއީ 1993 ގެ ކޮޕާ އެމެރިކާއަށް ފަހު ބޮޑު މުބާރާތެއްގެ ތަށި އާޖެންޓީނާ ހޯދާނެ ފަހަރުކަމަށް ބެލެވެއެވެ. މެސީގެ ފުރަތަމަ މުބާރާތް ކަމަށްވާ 2005ގެ ފީފާ ޔޫތު ފުޓުބޯޅަ މުބާރާތް (20 އަހަރުން ދަށް) އޭނާ ގައުމަށް ކާމިޔާބުކޮށް ދިނީ 2 ފައިނަލް މެޗުގައި ދެގޯލުޖަހައި މުބާރާތުގެ ރަންބޫޓާ ވެސް އެކުގައެވެ. އެމުބާރާތް ވެސް ފެށީ މެސީ ބެންޗުގައި ބަހައްޓައިގެނެވެ.

މީގެ އިތުރުން އޭނާ ވަނީ 2008 ގެ އޮލިމްޕިކްސް ފުޓުބޯޅަ މުބާރާތް (23 އަހަރުން ދަށް) ވެސް އާޖެންޓީނާއަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ސީނިއާ ގައިމީޓީމަށް މެސިއާއެކު އަދި ވަނީ ބޮޑު މުބާރާތުގެ ތައްޓެއް ނުހޯދިފައެވެ.

ނަމަވެސް މެސީ އާއިއެކު ބާސެލޯނާ ވަނީ 8 ފަހަރު ލަ-ލީގާ، އަދި 4 ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީ އަތުން އާޖެންޓީނާ ވަނީ ބަލިވެފައެވެ.

މިއަދުގެ މެޗުން ބަލިވި އެމެރިކާ ޓީމަށް އާޖެންޓީނާގެ ގޯލަށް އެންމެ ހަމަލާއެއް ވެސް ދެވިފައެއް ނުވެއެވެ. މިބައްޔާއި މެދު އެމެރިކާ ޓީމުގެ މާބޮޑު ކަންބޮޑު ވުމެއް އޮތް ކަމަކަށް ނުބެލެވެއެވެ. އެޓީމުން ވެސް އާޖެންޓީނާ ގެ ކުޅުމަށް ތައުރީފުކުރިއެވެ. މުބާރާތުގެ 3 ވަނަ ހޮވާ މެޗުގައި އެމެރިކާ މިމަހު 26 ވަނަ ދުވަހު ބައްދަލުކުރަނީ މާދަމާ ޗިލީ އާއި ކޮލަމްބިއާ ބައްދަލުކުރާ ސެމީ ފައިނަލް ދެވަނަ މެޗުން ބަލިވާ ޓީމަކާއެވެ.

މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ މާދަމާ ހެނދުނު ޗިލީ އާއި ކޮލަމްބިއާ ބައްދަލުކުރާ ސެމީ ފައިނަލް ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !