A wide advertisement which will be shown on all devices. (700 x 100)

ރެޑްބުލް ކެޗް ދަ ފެރީ ރޭހުގެ ގަދަ ދިހައަކަށް ޏ.އޭއީސީގެ ދަރިވަރެއް

ރެޑްބުލް ކެޗް ދަ ފެރީ ރޭހުގައި ރަވާހް ދުވަނީ. ފޮޓޯ: ރެޑްބުލް

ރެޑްބުލް ކެޗް ދަ ފެރީ ރޭހުގެ ގަދަ ދިހައަކަށް ޏ.އޭއީސީގެ ދަރިވަރަކު ހިމެނިއްޖެއެވެ.

އިއްޔެ މޭލެ، ހުޅުމާލެ އަދި ވިލިގިލީގައި ކުރިއަށް ގެންދިޔަ ރެޑްބުލް ކެޗް ދަ ފެރީ ރޭހުގެ ގަދަ ދިހައެއްގެ ވަނައެއް ކާމިޔާބުކުރީ ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ދަރިވަރު އުމުރުން 16 އަހަރުގެ ރަވާހް މުހައްމަދު އެވެ. ރަވާހު
މިރޭހުގައި ދުވެފައިވަނީވެސް އޭއީސީ ރަމްޒުކޮށްދޭ ގޮތަށް އެސުކޫލްގެ ޖާރޒީ ގައެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުދަގޫ މެރަތަން ރޭހުގައި ގަދަ ދިހައަކަށް ހޮވިފައިވާ އެންމެ ހަގު ދުވުންތެރިޔަކީވެސް ރަވާހުއެވެ. މިއީ ރަވާހުގެ ފުރަތަމަ މެރަތަން ރޭހެވެ. ދިވެހިރާއްޖޭގެ މަޝްހޫރު މެރަތަން ދުވުންތެރިޔާ އަހްމަދު އާތިފް ބުނެފައިވަނީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 16 އަހަރުގެ ރަވާހު އޭނާގެ ފުރަތަމަ ދިގު ދުވުމުގައި ރަވާހް ރަނގަޅު ކާމިޔާބެއް ހޯދައިފި ކަމަށާއި ބުރަކޮށް މަސައްކަތް ކޮށްފިނަމަ ޗެމްޕިއަނަކަށް ވާނެ ކަމަށެވެ.

ކެޗް ދަ ފެރީ ރޭހުގައި ފުރަތަމަ ދުވެފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް އިން ފެށިގެން އެރަށްވަށާ 6.29 ކިލޯ މީޓަރެވެ. މިދުވުމުގައި 1.6 ކިލޯ މީޓަރު އަތިރިމަތީގައި ދުވަން ޖެހެއެވެ. އެއަށްފަހު ފެރީގައި މާލެ އައިސް މާލެ ވަށާ އެއްބުރުކަމަށްވާ 5.8 ކިލޯ މީޓަރު ދުވުމަށްފަހު ފެރީގައި ވިލިގިއްޔަށްގޮސް އެރަށްވަށާ 1.6 ކިލޯ މީޓަރ ދުވަން ޖެހެއެވެ. އަދި އެއަށްފަހު ހުޅުމާލެއަށް ގޮސް 450 މީޓަރުގެ ސްޕްރިންޓެއް ޖެހުމަށްފަހު ރޭސް ނިންމާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް އަށެވެ.

މިރޭހުގައި އެއްވަނަ ހޯދީ އެމްއެންޑީއެފް އަދި ގައުމީ އެތުލެޓިކްސް ޓީމްގައިވެސް ހިމެނޭ ހުސައިން ފަޒީލް އެވެ. ރަވާހު ހިމެނެނީ މުބާރާތުގައި ވާދަކުރި އެންމެ ހަނގު ދުވުންތެރިންގެ ތެރޭގައެވެ. މިއީ ފުވައްމުލަކަށް ނިސްބަތްވާ އެތުލީޓަކުން މިފަދަ ދުވުމެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަނގަކުރެވެއެވެ.

ފުވައްމުލަކު ސުކޫލްތަކުގެ އެތުލީޓުންނަކީ ގައުމީ ފެންވަރުގައިވެސް ރަނގަޅު ކާމިޔާބީތައް ހޯދަމުންދާ ދަރިވަރުންތަކެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !