A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް ވޯލްޑްކަޕް 2016: އީރާނާއި ރަޝިއާ ސެމީ ފައިނަލަށް

އީރާނާއި ޕެރަގުއޭ ބައްދަލުކުރި މެޗްގެ ތެރެއިން، ފޮޓޯ:ފީފާ ވެބްސައިޓް

ކޮލަމްބިއާގެ މިހަރު ކުރިއަށްދާ ފީފާ ފުޓްސަލް ވޯލްޑްކަޕް 2016 ގައި ރޭފަތިހު ކުޅެވުނު ދެމެޗުން އީރާނާއި ރަޝިއާ މޮޅުވެ ސެމީފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ. އީރާން ސެމީ ފައިނަލަށް ދަތުރުކުރީ ފެރަގުއޭ އާއި ވާދަކޮށް 3-3 އިން އެއްވަރު ވުމުން އިތުރުވަގުތުގެ ދެވަނަ ހާފް ނިމެން 30 ސިކުންތަށްވުރެ ކުރުވެފައި ވަނިކޮށް އިސްމާއީލް ޕޯ ކާމިޔާބު ކޮށްދިން ލަޑާއިއެކު ގައެވެ.

ރަޝިއާ ސެމީ ފައިނަލަށް ދަތުރުކޮށް ފައިވަނީ ސްޕެއިން އާއި ވާދަކޮށް 6-2 އިން މޮޅުވެގެނެވެ. މިމެޗް ފެށިގެން 2ވަނަ މިނިޓްތެރޭގައި ރަޝިއާއިން ލީޑް ނެގިނަމަވެސް، ސްޕެއިން އިން 2 ވަނަ މިނިޓްގެ ކުޅުން ނުނިމެނީސް އެއްވަރުކޮށް ފަސްވަނަ މިނިޓްގެ ކުޅުން ނުނިމެނީސް އިތުރު ލަޑެއްޖަހާ ލީޑް ނެގިއެވެ. ނަމަވެސް، ރަޝިއާ އިން ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު 2 ގޯލް ޖަހާ ލީޑް ނެގިއެވެ. އަދި ދެވަނަ ހާފްގައި އިތުރު 3 ގޯލް ކާމިޔާބުކޮށް ތަފާތު ފުޅާ ކުރިއެވެ.

ޕެރަގުއޭ އާއި އީރާނު ބައްދަލުކުރި މެޗް ފެށިގެން ފުރަތަމަ ލީޑް ނެގީ ޕެރަގުއޭ އިންނެވެ. ނަމަވެސް، އޭގެ 2 މިނިޓް ފަހުން އީރާނު ގޯލެއް ޖަހާ އެއްވަރުކުރިއެވެ. އީރާނުގެ ގޯލަށްފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕެރަގުއޭ އިން ދެވަނަ ފަހަރަށް ލީޑް ނެގިއެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން 22 ވަނަ މިނިޓާއި 35 ވަނަ މިނިޓްގައި ގޯލް ޖަހާ އީރާނުން ލީޑް ނެގިއެވެ. ޕެރަގުއޭ އިން މިމެޗް ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އިތުރު ލަޑެއްޖަހާ އެއްވަރު ކުރިން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެހާފް ކުޅެ ދެވަނަ ހާފްގެ އެންމެ ފަހު 30 ސިކުންތްގެ ތެރޭގައި އީރާނުން ޖެހި ލަޑުންނެވެ.

މިނަތީޖާ އާއިއެކު ސެމީ ފައިނަލުގައި އީރާނާއި ބައްދަލުކުރާނީ ރަޝިއާއެވެ. މިމެޗް އޮންނާނީ 28 ވަނަ ދުވަހު ފަތިހު 5:00 ގައެވެ. މިމުބާރާގުގެ ދެމެޗު މިރޭ ދަންވަރުވެސް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އާޖެންޓީނާ އާއި މިސްރެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޕޯޗްގަލް އާއި އާޒަރުބައިޖާނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !